ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ދެވަނަ ބުރުގައި ޝަރުތު ހަމަވި މީހުންގެ ތެރެއިން ފްލެޓް ދޫކުރުމަށް މިހާރު ހަމަޖެހިފައި ވަނީ ދެ ކެޓަގަރީން ދާއިމީ ލިސްޓުގައިވާ 40 މީހަކަށެވެ. އިއްޔެ ފުވައްމުލައް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި މިކަން ހާމަކޮށްފައި ވެއެވެ.
ދެވަނަ ބުރުގައި ފްލެޓް ދޫކުރުމަށް އޭ ކެޓަގަރީއަށް (ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްސަ ކުރެވުނު) އިއުލާން ކުރެވިފައިވަނީ 35 ފްލެޓަށެވެ. އަދި ބީ ކެޓަގަރީއަށް އިއުލާން ކުރެވިފައި ވަނީ 5 ފްލެޓަށެވެ. މިދެކެޓަގަރީއަށް ވެސް އިއުލާންކުރި އަދަދަށްވުރެ ގިނައިން ކުރިމަތިލާފައި ވެއެވެ. މީގެއިތުރުން ފުރަތަމަ ބުރުގައި ދެ ކެޓަގަރީން ވެސް ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ފްލެޓާއި ހަވާލުނުވެ ދޫކޮށްލާފައި ވެއެވެ. އެފަރާތްތަކުްނ ފްލެޓްތައް ދޫކޮށްލީ ސިޓީ ކައުންސިލުން ދެވަނަ ބުރަށް ފޯމުލާން ހުޅުވާލި ފަހުން ކަމަށް މައުލޫމަތު ލިބެއެވެ.
ފާއިތުވި އޭޕްރީލް މަހު ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާންކުރި ކެޓަގަރީ އޭއަށް 209 ފަރާތަކުން ޝަރުތު ހަމަވެ ދާއިމީ ލިސްޓުގައި ވެއެވެ. އެއީ ދެވަނަ ބުރުގެ ވަގުތީ ލިސްޓު ފެބްރުއަރީ 2020 ގައި ޝަކުވާއަށް އާއްމު ކުރުމަށްފަހު އެކުލަވާލާފައިވާ ލިސްޓެކެވެ. ކެޓަގަރީ ބީ (ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވުނު) ގެ ދާއިމީ ލިސްޓުގައި 16 ފަރާތެއް އެވެ.
ދެވަނަ ބުރުގައި ޝަރުތު ހަމަވި ފަރާތްތަކަށް އޭ ކެޓަގަރީއިން ޕޮއިންޓް ލިބިފައި ހުރީ 19-47 އާއި ދެމެދުން ޖުމްލަ 206 މީހެކެވެ އެވެ. އަދި ބީ ކެޓަގަރީން ޕޮއިންޓް ލިބިފައި ވަނީ 22-45 އާއި ދެމެދުން ޖުމްލަ 25 މީހަކަށެވެ.
ދެވަނަ ބުރުގެ ފުލެޓް ލިބޭ މީހުން ކަނޑައެޅުމަށް ގުރުއަތުނެގުން 16 އޭޕްރީލް ބޭއްވުމަށް މަސައްކަތްކުރި ނަމަވެސް އެކަން ހުއްޓާލަން ޖެހުނީ ޝަކުވާއަކާއި ގުޅިގެން ހުއްޓުވާފައެވެ. އެ ޝަކުވާއަކަށް ވެފައިވަނީ އިއުލާން ކުރި އަދަދަށް ވުރެގިނަ މީހުންނަށް ފްލެޓް ދޭން ސިޓީ ކައުންސިލުން ނިންމުމުން ކަމަށްވެއެވެ.
މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން އިއްޔެ ނެރުނު އިއުލާނުގައި ވާގޮތުން ފުރަތަމަ ބުރުގެ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓާއި ހަވާލުނުވުމުގެ ސަބަބުން ބާކީހުރި ފްލެޓްތަކުގެ ލިސްޓަށް ކެޓަގަރީ އޭ އިން އިތުރުވި 33 ފްލެޓާއި، ބީ ކެޓަގަރީން ހަވާލުނުވެ ދޫކޮށްލި 7 ފްލެޓާއި އެކު ދެވަނަ ބުރުގެ ލިސްޓް ތަރުތީބުކުރީ ގިނަ ފަރާތްތަކަކުން ދެވަނު ބުރުގައި ފްލެޓަށް އެދިފައި ވާތީ އެފަރާތްތަކަށް ކަނދައޅާފައިވާ އުސޫލުގެ ތެރެއިން ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެއެވެ.

ފުވައްމުލަކުގައި ދެބުރިއަށް ގާއިމުކުރެވިފައި ހައުސިން ޔުނިޓްތަކުގެ މިނިސްޓަރ ސިޓީ ކައުންސިލާއި ހަވާލު ކުރައްވަނީ
ފްލެޓްތައް ދޫނުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާތީއާއެކު، ފްލެޓް ބޭނުންވި މީހުންނަށް އަވަހަށް އެފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބެލެެވެއެވެ. އެގޮތުން ސިޓީ ކައުންސިލުން މަސައްކަތް ކުރީ ފުރަތަމަ ބުރުން ހަވާލުނުވި 33 ފްލެޓާއި، ކުރިން ވިޔަފާރި އުސޫލުން ވިއްކުމަށް ކަނޑައަޅާފައި ހުރި 8 ފުލެޓާއިއެކު އޭ ކެޓަގަރީން ޖުމްލަ 76 (76=8+33+35) ފްލެޓު އެއްކޯސް ދެވަނަ ބުރުގައި މީހުންނަށް ދޫކޮށްލުމަށެވެ. އަދި ބީ ކެޓަގަރީގެ ވެސް ފުރަތަމަ ބުރުން ހަވާލުނުވި 7 ފްލެޓާއި ބާކީ ހުރި 5 ފްލެޓާއެކު ޖުމްލަ 12 ފްލެޓް ކަނޑައެޅިފައިވާ އުސޫލުން ހާމަކަން ބޮޑު ގޮތެއްގައި ޕޮއިންތްދެވި ޝަކުވާއަށް ވެސް ފުރުސަތު ދިނުމަށް ފަހު ދޫކޮށްލުމަށެވެ.
ނަމަވެސް ހުށަހެޅުނު ޝަކުވާއަށް ބެލުމަށްފަހު ހައުސިން މިނިސްޓްރީން ފާހަގަކުރެއްވީ، އެގޮތުގައި ގާނޫނީ މައްސަލަތަކެއް ހުރިކަމަށެވެ. އެގޮތުން އެޓާނީ ޖެނެރަލް އޮފީހުން ލަފާދީފައި ވަނީ، ސިޓީ ކައުންސިލުގެ ކުރީގެ ނިންމުމާއި އެއްގޮތަށް ފްލެޓްތައް ދޫކުރުމުން ގާނޫނީ މައްސަލަތަކެއް ދިމާވެދޭނެ ކަމަށެވެ. އެއާއެކު ދެވަނަ ބުރުގައި އިއުލާން ކުރި އަދަަދަށް ފްލެޓް ދޫކުރުމަށް ފަހު ބާކީ ހުރި ފްލެޓްތަކަށް އަލުން އިއުލާން ކުރުމަށް ކަމަށްވުމުން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އޭޖީ އޮފީހުގެ ގާނޫނީ ލަފަޔާއި އެއްގޮތަށް އޭ ކެޓަގަރީން 35 ފްލެޓް އަދި ބީ ކެޓަގަރީން 5 ފްލެޓް ދޫކުރުމަށް ނިނަމާފައެވެ. އަދި ބާކީހުރި ފްލެޓްތަކަށް ވަރަށް އަވަހަށް އިއުލާން ކުރާނެކަން އިއްޔެ ވަނީ ހާމަކޮށްފައެވެ.

ފުވައްމުލައް ސިޓީ ފްލެޓް އެޕްލިކޭޝަނަށް ޕޮއިންޓް ލިބިފައިވާ ގޮތް
ސިޓީ ކައުންސިލްގެ މިނިންމުމާއެކު އޭކެޓަގަރީން މިބުރުގައި ފްލެޓްގެ ޔަގީންކަން ލިބެނީ 47-41 އަށް ޕޮއިންޓް ލިބިފައިވާ 14 މީހުންނާއި 40 ޕޮއިންޓްން އެއްވަރުވެފައިވާ31 މީހުންގެ ގެތެރެއިން ގުރުއަތުން ހޮވޭ 21 މީހުންނަށެވެ.
ބީ ކެޓަގަރީން ފްލެޓް ލިބޭނީޝަރުތު ހަމަވި 25 މީހުންގެ ތެރެއިން 45-53 އަށް ޕޮއިންޓް ލިބިފައިވާ 5 މީހުންނަށެވެ. އެ 5 މީހުންނަކީ:
- އަހުމަދު ޝިފާޢު، ކިނާރާ/ޅ.ނައިފަރު 45 ޕޮއިންޓް
- އަހުމަދު ޝާހީން، ވީނސްވިލާ/ގދ.ފަރެސްމަތޮޑާ 37 ޕޮއިންޓް
- މުހައްމަދު އަބްދުއް ސަމަދު، ޔެލޯސީ/ގދ.ގައްދޫ 37 ޕޮއިންޓް
- މުހައްމަދު ޝާރިޙު، ސަތަރުގެ/ސ.މަރަދޫފޭދޫ 37 ޕޮއިންޓް
- އާއިޝަތު ނުޒުހާ އަމްޖަދު، އައްސޭރި/ގދ.ފަރެސްމާތޮޑާ 35 ޕޮއިންޓް
ދެވަނަ ބުރުގައި ފްލެޓަށް އެދުނު ފަރާތަކަށް އެންމެ މަތިން ލިބިފައި ވަނީ 47 ޕޮއިންޓެވެ. ފުރަތަމަ ބުރުގައި އެންމެ މަތިން ލިބިފައި ވަނީ 44 ޕޮއިންޓެވެ.
މިފްލެތްތައް އިމާރާތްކުރެވިފައި ވަނީ ދިގުވާނޑާއި ދަޑިމަގު އވަށުގައެވެ. ފުރަތަމަ ބުރުގައި ފްލެޓް ލިބުނު މީހުން މިހާރު އެފްލެޓްތަކުގައި ދިރިިއުޅެން ވެސް ފައްޓފައި ވެއެވެ.
އަމިއްލަ ފަރުދުންގެ ދިރިއުޅުމުގެ ޙާލަތަށް ބެލިގެން ޕޮއިންޓް ދެވިގެން ދިރުއުޅުމުށް ދިރިއުޅުމަށް ކުޑައަގެއްގައި ދޫކުރެވޭ މިފްލެޓްތައް އެހެން މީސް މީހުންނަށް ކުއްޔަށްދީ ނޫނީ ދިރިއުޅުމަށް ދޫކުރެވޭ ގޮތައް އޮވެއްޖެނަމަ ކުރީގައި ދިން ޕޮއިންޓް އުސޫލުގެ ބޭނުން ކެނޑިގެން އެދިޔައީއެވެ.
ސިޓީކައުންސިލްގެ ފަހުގެ އިއުލާން 11 ޖޫން 2020
ސިޓީ ކައުންސިލްގެ އިއުލާން
ދެވަނަ ބުރުގެ ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ މީހުންގެ ދާއިމީ ލިސްޓް ކެޓަގަރީ އޭ
ދެވަނަ ބުރުގެ ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ މީހުންގެ ދާއިމީ ލިސްޓް ކެޓަގަރީ ބީ (ރަށުން ބޭރު)

ފުވައްމުލަކުގައި ދެބުރިއަށް އިމާރާތްކުރެވިފައިވާ ހައުސިން ޔުނިޓްތައް
ޚިޔާލުތައް