ދުނިޔެއަށް ބަލައިލި ކަމުގައިވިޔަސް، އަބާދީގެ ނިސްބަތުން އެންމެ ވަރި ގިނަގައުމަކީ ރާއްޖެއެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގައި ކަންބޮޑުވާ ދަރަޖައަކަށް ވަރި ގިނަވުމުގެ ފަހަތުގައި، ހުރި މައްސަލަތައް ވަރަށް ގިނައެވެ. މީގެ ތެރޭގައި،އިޖްތިމާއީ މައްސަލަތަކާއި އަދި މިނޫންވެސް އެތަކެއް މައްސަލަތަކެއް ހުރުމަކީ އެކަށީގެން ވާކަމެކެވެ.ވަރިކުރުން ކަންބޮޑުވާ ދަރަޖައަކަށް ރައްޖޭގައި އިތުރުވެފައިވާ،ސީދާ ސަބަބެއް،މިހާތަނަށް ހޯދިފައި ވަކަމަށް ފެންނާކަށް ނެތެވެ.
އެހެންކަމުން މިދެންނެވި ސަބަބުތައް ހޯދައި،ދެނެގަތުމަށްޓަކައި، ރާއްޖޭގައި ވަރިކުރުން މިހާ އަންމުވެގެން މިއުޅޭ ސަބަބު ހޯދުމަށް، އާންމުގެ ހިޔާލު ހޯދުމަށް ސާރވޭއެއް ކޮއްލީމެވެ. މި ސާރވޭގައި 115 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި ސާރވޭގައި ބައިވެރިވި %43 މީހުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަރި ގިނަވުމުގެ އަސްލަކީ ކައިވެނީގެ ބޭރުން ނަހަމަ ގުޅުންތަކެއް ހިންގާތީކަމަށެވެ. %22 މީހުން ބުނެފައިވަނީ ޖިއޮގްރޮފީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން،ރަށުންބޭރުގައި، ވަޒީފާ އާއީ އެނޫންވެސް ޒަރޫރީ ބޭނުންތަކަށް އާއިލާއާއި ދުރުގައި އުޅެން ޖެހުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.%21 މީހުން ބުނެފައިވަނީ ދެމަފިރިން އެކަކު އަނެކަކަށް ކުރަންޖެހޭ އިހްތިރާމާއި ޤަދަރު ނުކުރާތީ ކަމަށެވެ. %5 މީހުން ބުނެފައިވަނީ ދެމަފިރިން އެކަކު އަނެކަކަށް، އިތުބާރުނުކޮށް ޝައްކާއި ވަޙުމް އުފައްދާތީ ކަމަށެވެ. އަދި %9 މީހުން ތަފާތު އެކިއެކި ސަބަބުތައް ވަނީ ހާމަކޮށްފައެވެ.
މީގޭ ތެރޭގައި އާއިލާގެ އެންމެން އެއްތަނެއްގައި ތޮއްޖެހިގެން އުޅެންޖެހުމުގެ ސަބަބުން ނުކުންނަ އިޖްތިމާއީ މައްސަލަތަކާއި، އިތުރު ކައިވެންޏަކަށް އެދުމުން،އެކަމާއި ނުރުހިގެން އުފެދޭ އަރައިރުމާއި އަދި ގެވެށި އަނިޔާކުރުމުގެ ސަބަބުން، އެ އަނިޔާތަކަށް ކެތް ނުކުރެވިގެން ވަރިކުރުމަށް މެދުވެރިވާކަމަށް ވެސް މި ސާރވޭގައި ބައިވެރިވި ބައެއް މީހުން ހާމަކޮއްފައިވެއެވެ.
ކޮންމެއަކަސް މި ސާރވޭގެ ނަތީޖާ ދައްކާގޮތުން ރާއްޖޭގައި ވަރި ގިނަވުމުގެ އަސްލަކީ، ކައިވެނީގެ ބޭރުން ހިންގާ ނަހަމަ ގުޅުންތަކެވެ. މިއީ 115 ވަރަކަށް ރައްޔިތުން، ރާއްޖޭގައި ވަރި ގިނަވުމަށް މެދުވެރިވާ ސަބަބުކަމަށް ގަބޫލްކުރާ ސަބަބުތަކެވެ. ފަހަރުގައި މި ސަބަބު ނޫން އެތަކެއް ސަބަބުތަކެއް ވެސް ހުރުމަކީ އެކަށީގެންވެއެވެ.
އުއްމީދަކީ ރީތި ތާރީޙުތަކުގައި، ފޮނި ހުވެފެންތަކާއިއެކު ފަށާ ޒަވަޖީ ހަޔާތުގައި، ބަރަކާތް ލައްވައި، ކައިވެނި ރޫޅުމަށް ދިމާވާ އެންމެހާ މައްސަލަތަށް ހައްލުކުރެވިގެން ދިޔުމެވެ.
ޚިޔާލުތައް