ޝަފީއު ގެއްލުނުތާ މިއަދަށް 4 އަހަރު، ވީނުވިގޮތެއް އަދިވެސް ހޯދިފައި ނުވަތީވެ އައިލާއިން ކަންބޮޑުވޭ!

މައްސަލައިގެ ހަޤީޤަތާއި ހަމައަށް ވާސިލު ވުމަށް ކޮމިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ - މަރު ކޮމިޝަން
Share on facebook
Share on twitter
Share on google

ފުވައްމުލަކުން ވީނުވީއެއް ނޭގި ގެއްލުނު، މުހައްމަދު ޝަފީއު ގެއްލުނުތާ މިއަދަށް 4 އަހަރުވީއިރު ވެސް ޝަފީއުއަށް ވީނުވިގޮތެއް ހޯދިފައި ނުވަތީވެ އައިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝަފީއު ގެއްލިފައިވާކަމަށް ރިޕޯޓް ކޮއްފައިވަނީ، 14 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ 23:30ގައެވެ. އެރެއިން ފެށިގެން  ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ޝަފީއު ހޯދުމަށް  މަސައްކަތްތަކެއް ކުރިއެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ކޮމިޝަނުން މި މިއްސަލަ ދަނީ ތަޙްޤީގު ކުރަމުންނެވެ. 2019 ވަނަ އަހަރުގެ ތެރޭގައި، މައްސަލައިގެ ތަހްޤީގަށް، ކޮމިޝަންގެ ޓީމެއް ފުވައްމުލަކަށް ވަޑައިގެން،ބައެއް ފަރާތްތަކާއި ސުވާލު ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޝަފީއުގެ އަންހެނުން  ނަޝީދާ ވެސް ހިމެނެއެވެ.

2019 ވަނަ އަހަރު މަރުކޮމިޝަނުން ކުރެއްވި ޓުވީޓެއްގައި، އެ މައްސަލައިގެ ހަޤީޤަތާއި ހަމައަށް ވާސިލު ވުމަށް ކޮމިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.

އެހެން ނަމަވެސް ޝަފީއު ގެއްލުނުތާ 4 އަހަރު ވެގެން ދިޔައިރު ތަޙްޤީގު ގޮސްފައިވާ ހިސާބާއި، މައްސަލައިގެ ހަޤީގަތަށް ވާސިލްވެފައިވާ މިންވަރު، އާއިލާއަށް ހިއްސާ ކޮށްފައި ނުވުމަކީ، އެ އާއިލާގެ ފަރާތުން އިންތިހާ ދަރަޖައަށް ކަންބޮޑުވާ ކަމެއްކަމަށް އައިލާގެ ފަރާތުން ހާމަކުރައްވައެވެ. އަދި އެބޭފުޅުން ދެކިލައްވާ ގޮތުގައި ޝަފީއު އަމިއްލައަށް،އޭނާގެ ނަފްސަށް ގެއްލުމެއް ދޭނެ އެއްވެސް ކަމެއް ނުކުރާނެއެވެ. މިކަމަށް ބާރު ލިބެނީ،  ދޫޑިގަން އަވަށުގެ ފިހާރައަކުން ޝަފީއު އާއި ބައްދަލުވި އޭނާގެ ރައްޓެސެއްގެ ވާހަކައިންނެވެ. “މިރޭ ރަށަށް މިއައީ، ކޮފީއަކުން ދިމާވާން ޖެހޭނެ” ވަރަށް ހަމަޖެހިލާފައި ޝަފިއު ބުނިކަމަށް، ޝަފީއުގެ އެކުވެރިއާ އާއި ހަވާލާދީ އާއިލާއިން ހާމަކުރެއްވިއެވެ. އަދި ޝަފީއު އެ ފިހަރައަށް ދިޔައީ، ޝަފީއުގެ އަންހެނުން އައިޝަތު ނަޝީދާގެ، ހަގު ދަރިފުޅަށް ކުޅޭއެއްޗެއް ގަތުމަށް ކަމަށެވެ.

ކޮންމެ އަކަސް، ޝަފީއުގެ އައިލާގެ އިތުރުން މުޅި ފުވައްމުލަކު ރައްޔިތުންވެސް އިންތިޒާރުކުރަނީ ޝަފީއު ގެއްލުނު މައްސަލަ މަޑު ޖައްސާނުލައި ހަޤީގަތާއި ހަމައަށް ވާސިލްވެވޭނެ ދުވަހަކަށެވެ.

 

3.5/5.0 Article rating
6 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments