ޝަހީދުންގެ ދުވަސް

އަލިރަސްގެފާނު ޒިޔާރަތް -ކުރިއާއި މިހާރު
Share on facebook
Share on twitter
Share on google
ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު ބާއްވާ ރަސްމީ ޖަލްސާ މިރޭ 8:30ގައި ފުވައްމުލައް ސިޓީ ރަސްމީ ބޯޅަ ދަނޑުގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންވެ. މިއަހަރުގެ ޝަހީދންގެ ދުވަސް ރަސްމީގޮތުން ފާހަގަކުރަނީ ފުވައްމުލައް ސިޓިގައެވެ.
ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނު ޝަހީދުވެ ވަޑައިގެންނެވި ދުވަސްހާއި ގުޅުވައިގެން ދިވެހި ސަރުކާރުން ފާހަގަ ކުރަމުން އަންނަދުވަހެކެވެ. ގައުމުގެ ދިފާއުގައި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެ ވަޑައިގަތީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހުގައެވެ. އެއީ މީލާދީ ތާރީޚުން 19 މޭ 1558 ގައެވެ. މިދުވަސް ފާހަގަކުރަނީ ހިޖުރީ ކަލަންޑަރަށް ބަލައިގެން ކަމުން، މިއަހަރުގެ ޝަހީދުންގެ ދުވަސް ދިމާ މިވަނީ މާރިޗު މަހު 4 ވާ ހުކުރު ދުވަހަށެވެ.
ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފަށާފައި ވަނީ ރާއްޖެއަށް ޕޯޗްގީޒުންގެ އަތްދޮށުން ސަލާމަތްވިތާ 418 އަހަރުހާ ދުވަސް ފަހުންނެވެ. އެގޮތުން ޝަހީދުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ފެށުނީ ހިޖުރީ ގޮތުން 1400 ވަނައެވެ. ވުމާއެކު މިއީ ދިވެހިން ފާހަގަކުރާ 44ވަނަ ޝަހީދުންގެ ދުވަހެވެ.
އައްސޫލްތާނު އަލީ 6 ވަނަ، ގެ ނަމުން ތާރީޚު ފޮތްތަކުގައިވާ އަލިރަސްގެފާނަށް ފަހުންވެސް ގައުމުގެ ދިފާއުގައި އެތައް ބަޔަކު މަސައްކަތް ކުރުމުގެތެރޭގައި ޝަހީދުވެ ވަޑައިގެންފައި ވެއެވެ. އެގޮތުން ޕޯޗްގީޒުންގެ އަތްދޮށުން ރާއްޖެ ސަލާމަތް ކުރުމަށް ބޮޑުތަކުރުފާނު (އުތީމު މުހައްމަދު ތަކުރުފާނު) ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން އެތަކުރުފާނުގެ ކޮއްކޮ އުތީމު އަލި ތަކުރުފާނު ވެސް ޝަހީދުވެ ވަޑައިގެންފައި ވެއެވެ. އަދި އެއިގެ ފަހުން 1988 ނޮވެމްބަރު 3 ގެ ހާދިސާގައި ވެސް ދިވެހި ސިފައިންގެ އެތައްބަޔަކު ޝަހީދުވެފައި ވެއެވެ.

މިއީ އެފަދަ އެންމެންގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަ ކުރާ ޝަހީދުންގެ ދުވަހެވެ.

އަލިރަސްގެފާނުގެ ނުވަތަ އައްސުލްތާން އަލީ 6 ވަނައިގެ ރަސްމީނަމަކީ އައްސުލްތާން އަލީ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން އެވެ. އަލިރަށްގެފާނު ޝަހީދުވީ ޕޯޗްގީޒުން ރާއްޖެއަށް ދިން ވަރުގަދަ އުދުވާނުގައި، ޕޯޗްގީޒު ލަޝްކަރާއި ކުރިމަތިލައްވައި ކުރެއްވެވި ޤައުމީ ޖިހާދުގައި ދީނާ ގައުމަށްޓަކައި ހަނގުރާމަ ކުރައްވަނިކޮށެވެ. ޕޯޗުގީޒުންގެ ބާރުގެ ދަށަށް ދިވެހިރާއްޖެ ގެންދިއުމަށް އެއިގެ ކުރިން ތިން ފަހަރެއްގެ މަތިން ޕޯޗްގީޒުން ރާއްޖެއާއި ހަނގުރާމަ ކުރިއެވެ. ނަމަވެސް އެ ތިން ފަހަރުވެސް ކާމިޔާބުހޯދި ދިވެހިންނެވެ. ވުމާއެކު 4 ވަނަ ފަހަރު ޕޯޗްގީޒުން ރާއްޖެ ހިފަން އައީ ކުރީ ދެ ފަހަރަށްވުރެ ބޮޑަށް ތައްޔާރުވެ ގިނަ ހަތިޔާރާއެކުއެވެ.

އަލިރަސްގެފާނު ކުރެއްވި ހަނގުރާމަ ރަމްޒުކުރާ ކުރެހުމެއް

އެގޮތުން ބޮޑު 3 ގުރާބު (ރިޔަލު ދަތުރުކުރާ ހަނގުރާމަތީ އުޅަނދު)ގައި ހަނގުރާމަވެރިންނާއި ހަތިޔާރާއެކު އައިސް މާލެއަށް ހަމަލަދިނީއެވެ. އަދި އެދުވަސްވަރު ރަސްކަމުގެ ކޮއިލުތެރޭގައި އޮތް ފިތުނަވެރިކަމެއްގައި ޖެހި އަލިރަސްގެފާނާއެކު ހަނގުރާއަށް ނުކުމެވަޑައިގަތީ މަދު ބައެކެވެ. އަދި އެމީހުންގެ ތެރެއިން ވެސް ގިނަ މީހުން މައިދާނަށް ނުކުތުމުގެ ކުރިން ފިލި ކަމަށް ތާރީޚީ ލިޔުންތަކުގައި ވެއެވެ. ނަމަވެސް އަލިރަސްގެފާނު ވަރަށް ހިތްވަރާއެކު ޕޯޗްގީޒުންގެ ލަޝްކަރާއި ކުރިމަތިލައްވައި ހަންގުރާމަ ކުރެއްވިއެވެ. މިހަގުރާމައިގެ ބޮޑުބައެއް ހިނގީ މާލޭގެ ހުޅަނގުކޮޅު (ވިލިނގިލި ކޮޅު) ގައެވެ. މި ހަނގުރާމައިގައި ޕޯޗްގީޒުންގެ ވެރިއަކަށް ހުރީ ކެޕްޓަން މެނުއަލް ޑި ސިލްވޭރާ ޑި އަރޯރޯއެވެ.
މިހަނގުރާމަ އާއި ގުޅުވައި ވިލިނގިލީ ރާވެރިބެއެއްގެ ވާހަކަ ވެސް ދެކެވެއެވެ. ނަމަވެސް އެކަމުގައި ސުވާލު އުފެދޭ ކަންތަތައް ހުރިކަމަށް ބައެއް ލިޔުންތެރިން ގަބޫލުކުރެއެވެ.
އަލިރަސްގެފާނުގެ ހަނދާނުގައި މާލޭގެ މާފަންނުކޮޅުގައި ޒިޔާރަތެއް ހަދާފައި ވެއެވެ. ބުނެވޭ ގޮތުން އެޒިޔާރަތް ފުރަތަމަ ހުރީ އަލިރަސްގެފާނު ޝަހީދުވެ ވަޑައިގެން ވެއްޓުނު ތަނުގައި، މޫދުގައެވެ. ނަމަވެސް މިހާރު މާލޭ ބިން ހިއްކައި ބޮޑުކުރުމުން މިހާރު އެޒިޔާރަތް ހުރީ މާލޭގެ މީހުން ދިރިއުޅޭ ހިސާބުގައި ޝަހީދު އަލީ ހިނގުމުގައެވެ. އެޒިޔާރަތުގައި ކުރިން ބޮޑުދިދަ އަކާއި ބައިވަރު ކުޑަ ދިދަތަކެއް ވެސް ނަގާފައި ހުއްޓެއެވެ. ނަމަވެސް ފަހުން ޒިޔާރަތް އާކުރި އިރު ބޮޑުދިދައެއް ހުއްޓެއްކަމަކު ކުޑަދިދަތަކެއް ނުހުރެވެ.
No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments