A wide advertisement which will be shown on all devices. (700 x 100)

ދިރާސީ އާ އަހަރު 2022/23، އަންނަ އާދީއްތަ ދުވަހު ފަށަނީ

ފުވައްމުލައް ސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުން 2022

ދިރާސީ އާ އަހަރު2022/23ގެ ކިޔެވުން 7 އޮގަސްޓް 2022 ވާ އާދީއްތަ ދުވަހު ފެށޭނެއެވެ. މިއީ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ޖުލައި މަހު ފަށާ ދެވަނަ އަހަރެވެ.

އެއިގެ ކުރިން ދިރާސީ އާ އަހަރު ފަށަނީ ޖެނުއަރީ މަހުގައެވެ. އަދި އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީއަށް ދަނީ ޑިސެމްބަރު މަހުގައެވެ. ނަމަވެސް މިހާރު ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ބޮޑު ޗުއްޓީއަށް ދާނީ ޖޫން/ޖުލައި ގައެވެ.

އަހަރުގެ ބޮޑު ޗުއްޓީ ޖޫން/ޖުލައި މަހަށް ބަދަލުކުރުމުން ބައެއް މީހުންގެސޯ ލް މީޑިއާގައި އެޑިއުކޭޝަން މިނިސްޓްރީއަށް ފާޑު ކިޔުން އަމާޒުކުރަމުން ދެއެވެ. ނަމަވެސް ރަސްމީކޮށް އެކަމުގެ ކަންބޮޑުވުން އެއްވެސް ފަރާތަކުން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށް އެ މިނިސްޓްރީއިން ހާމަކުރެއެވެ. ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވިޔަސް މިނިންސްޓރީން ގަބޫލުކުރަނީ އެއީ ރަނގަޅު ނިންމުމެއް ކަމަށާއި އެނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް އާއްމުންގެ ކަންބޮޑުވުން އޮތްނަމަ އެކަމާއި މެދު އިތުރަށް ވިސްނާނެ ކަމަށް ހާމަކުރެއެވެ.

2

2022 އެކަޑެމިކް ކެލަންޑަރުގެ ފުރަތަމަ ޓާމު

އެޑިއުކޭޝަން މިނިސްޓރީން ކަނޑައަޅާފައިވާ ގޮތަށް  ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކިޔެވުން އަންނަ އާދީއްތާގައި ފަށާނެއެވެ.

ދިރާސީ އައު އަހަރު، އޮގަސްޓް 2022 އިން ޖުލައި 2023 އަށް

ފުރަތަމަ ޓާމު: 7 އޮގަސްޓް އިން 22 ޑިސެމްބަރު 2022 އަށް – 92 ދުވަސް

ދެވަނަ ޓާމު: 8 ޖެނުއަރީ އިން 22 ޖޫން 2023 އަށް – 111 ދުވަސް

މިދިރާސީ އަހަރުގައި ކިޔަވައިދޭ ދުވަހުގެ ޖުމުލައަކީ 203 ދުވަސް

ފުރަތަމަ ޓާމު ނިންމައި ޑިސެމްބަރު ގައި 2 ފަހުތާގެ ޗުއްޓީއެއް ލިބެއެވެ. އަދި 2 ވަނަ ޓާމު ނިންމައި 6 ހަފުތާގެ ޗުއްޓީއެއް ލިބެއެވެ.

ދިރާސީ އަހަރުތެރޭގައި ޓީޗަރުންގެ ފަންނީ ކުރިއެރުމަށް (ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް އަށް)  ފުރަތަމާ ޓާމުން  1 ދުވަސް އަދި ދެވަނަ ޓާމުގައި 2 ދުވަސް ކަނޑައަޅާފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ހުންނަ ސަރުކާރުގެ 4 ސްކޫލުގެ ކިޔެވުން ތާވަލް ކުރެވިފައިވާ ގޮތްތައް އެ ސްކޫލްތަކުން މިހާރު ވަނީ އާއްމުކޮށްފައެވެ. ދިރާސީ އަހަރު ފެށޭ ފުރަތަމަ ދުވަހު ސްކޫލްތަކުގައި އޮންނަނީ  ކުރު ސެޝަންތަކެކެވެ. ކިޔެވުން ތާވާލް ކުރެވިގެން ފެށެނީ ޖެހިގެން އަންނަ ހޯމަ ދުވަހުއެވެ. ހެނދުނު ސެޝަންތައް އާއްމުކޮށް ފަށަނީ 7:00ގައެވެ. އަދި މެންދުރު ސެޝަން ފަށަނީ 12:40ގައެވެ.

ފުވައްމުލައް ސިޓީގައި ހުންނަ ސަރުކާރުގެ 4 ސްކޫލުގައި ވެސް މިހާރު ޕްރައިމަރީ އާއި ސެކަންޑަރީ އަށް ކިޔަވާދެއެވެ. ނަމަވެސް ޏ.އޭއީސީ ގައި ކިޔަވައިދެނީ ގްރޭޑް 7 އިން 12 އަށެވެ. އެމްޖޭއެސް އާއި ހާފިޒް އހަުމަދު ސްކޫލް އަދި އެފްއެސް ގައި ޕްރީސްކޫލް (އެލް ކޭޖީ އާއި ޔޫކޭޖީ) އިން ފެށިގެން ގްރޭޑް 10 އަށް ކިޔވައި ދެއެވެ.

ޏ.އޭއީސީ އާއި ފުވައްމުލަކު ސްކޫލުގައި 1 ދަންފަޅިއަށް ކިޔަވައި ދޭއިރު އެމްޖޭއެސް އަދި ހޭޒްގައި ކިޔަވައިދެނީ ދެ ދަންފަޅިއަށެވެ.

ފުވައްމުލަކުގެ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ސްކޫލްތަކުގައި އައު އިމާރާތްތައް އަންނަނީ ކުރަމުންނެވެ. އެއިމާރާތައް ނިމި ބޭނުންކުރަން ފެށުމުން ހުރިހާ ސްކޫލެއް ވެސް އެއްދަންފަޅއަށް ބަދަލުކުރެވިގެން ދާނެއެވެ.

ދިރާސީ އާއަހަރު ފެށޭއިރު ފުވައްމުލައް ސިޓީގެ ހުރިހާ ސްކޫލެއްގައި ވެސް ޕްރިންސިޕަލުން އެބަތިއްބެވިއެވެ. އެއީ

ޏ.އޭއީސީ – އިސްމާއީލް ސައުދުﷲ

އެމްޖޭއެސް – އާރިފާ އަބްދުލް މަޖީދު

ހޭޒް – އިމްތިހާޒް އަޙުމަދު

އެފްއެސް – މުޙައްމަދު ފަޔާޒު

ފުވައްމުލައް ސިޓީ ސްކޫލްތަކުގެ ޕްރިންސިޕަލުން 2022

މިއީ ފާއިތުވި ދިރަސީ އަހަރު ނިމުނު އިރުވެސް އެސްކޫލުތްކުގައި ތިއްބެވި ޕްރިންސިޕަލުންނެވެ.

ފުވައްމުލައް ސިޓި ސްކޫލަތަކުގައި ކިޔަވައިދޭ ލެވެލްތައް 2019އަށް

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !