A wide advertisement which will be shown on all devices. (700 x 100)

ފެންވަރާއިރު ފުރަތަމަ ބޮލަށް ފެންއެޅުމުން ސްޓްރޯކް ޖެހުން އިތުރެއް ނުވޭ

ފުރަތަމަ ބޮލަށް ފެންއަޅައިގެން ފެންވެރުން އެއީ މައްސަލައެއް ނޫން- ޑޮކްޓަރުން

ފެންވަރާއިރު ފުރަތަމަ ބޮލަށް ފެންއެޅުމުން ސްޓްރޯކް ޖެހުން އިތުރުވާ ކަމަށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ލިޔެފައި ހުރެއެވެ. އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެގޮތަށް ވާހަކަ ދައްކާ އެފަދަ ޕޯސްޓްތައް ދައުރު ކުރެއެވެ. ފޭސްބުކް އާއި ޓިކްޓޮކް ގައި މިފަދަ ވީޑިއޯ ކްލިޕެއް ދައުރުވަމުން ދެއެެވެ.

މިކަމާއި ގުޅޭ ހަގީގަތް ހޯދުމުގެ ގޮތުން ކުރެވުނު މަސައްކަތުން އެނގުނީ މިއީ ހަމަ އެކަނި ރާއްޖޭގައި ދައުރުވާ މެސެޖެއް ނޫންކަމެވެ. މުޅި ދުުނިޔޭގައި ވެސް މިމެސެޖު ދައުރުވަމުން އަންނަ ކަމެވެ. އަދި މިމެސެޖަށް ޑޮކްޓަރުންގެ ރައްދު ޖަވާބު ވެސް ދީފައިވާ ކަމެވެ. މީގެ ބައެއް މެސެޖުތަކުގަައި ބުނަނީ ރޭގަނޑު ބޮލަށް ފެން އަޅައިގެން ފެންވެރުމުން ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށެވެ.

މި މެސެޖަށް ވީރާފައިލް ޑޮޓް އޯގް އިން ޖަވާބު ދީފައި ވަނީ އަންނަނިވި ގޮތަށެވެ.

ޑޮކްޓަރުން ބަޔާންކުރާ ގޮތުގައި ރޭގަނޑު ބޮލަށް ފެންއަޅައިގެން ފެންވެރުމަކުން ސްޓްރޯކް ޖެހުމަށް މަގުފައިއެއް ނުވެއެވެ. އަދި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ކަޑައަޅާފައިވާ ސްޓްރޯކް ޖެހުމަށް މަގުފަހިވާ އިންސާނުންގެ އަމަލުތަކުގެ ލިސްޓްގައި ފެންވެރުން ނުވަތަ ފުރަތަމަ ބޮލަށް ފެންއަޅާއިގެން ފެންވެރުން ހިމެނިފައެއް ވެސް ނުވެއެވެ.

ސްޓްރޯކް ޖެހުމަށް މަގުފަހިވާ އިންސާނީ އާދަތަކުގެ ތެރޭގައި ހިމަނާފައި ވަނީ ފެޓް ގިނައިން ހިމެނޭ ކާނާ ކެއުމާއި ހެލިފެނިވެ އުުޅުން މަދުވުން (ނުވަތަ ކަސްރަތު ނުކުރުން) ގިނައިން ބަނގުރާ ބުއިމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމެވެ. މިއީ މިހާރު ވަރަށް އާއްމުގޮތެއްގައި ގިނަ މީހުންނަށް އެނގޭ ކަންކަމެވެ.

ސްޓްރޯކް ޖެހެނީ ކިހިނެތް؟

ސްޓްރޯކް ޖެހެނީ ސިކުޑިއަށް ނުވަތަ ސިކުޑީގެ ބަޔަކަށް ލޭ ފޮނުވައިދިނުން ހުއްޓުވުމުނެވެ. ނުވަތަ ފޮނުވަން ޖެހޭ މިންވަރަށް ލޭ ފޮނުވައި ނުދެވުމުންނެވެ. ނޫނީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ކަމަށް އެމެރިކާގެ ސީޑީސީ އިން ބަޔާން ކުރެއެވެ.

“ބޮލަށް ފެންއަޅައިގެން ފެންވެރުން އެއީ ސްޓްރޯކް ޖެހުމަށް އޮތް ފުރުސަތެއް ކަމަށް ހަމަބުއްދިން ވެސް ގަބޫލެއް ނުކުރެވޭ. އެހެން ވީމާ ތިބާ ބޭނުން ކޮންމެ އިރަކުވެސް ބޮލަށް ފެންއަޅައިގެން ފެންވެރިދާނެ” ޑރ. ކީތު ރޯޗް (ޖެނުއަރީ 2023)ގައި ބުނެފައި ވެއެވެ. ކީތު ރޯޗް އަކީ އެމެރިކާގެ އިންޓާނަލް މެޑިސިންގެ ތަޖުރިބާކާރު ޑޮކްޓަރެކެވެ.

ބޮލަށް ފެން އަޅައިގެން ރޭގަނޑު ފެންވެރުމަކީ މީހާގެ ބްލަޑް ޕްރެޝާރު ބޮޑުތަނުން ދަށްކޮށްދޭ ކަމެއްކަމަށް ‘ޖަޕާނީސް ސޮސައިޓީ އޮފް ހައިޕާ ޓެންޝަން’ އޮފިޝަލް ޖާނަލްގައި 2006 ވަނަ އަހަރު ޝާއިއުކޮށްފައިވާ ޖާނަލް އާޓިކަލް އެއްގައި ހާމަކޮށްފައި ވެއެވެ. ސްޓްރޯކް ޖެހެނީ ބްލަޑް ޕްރެޝާ މަތިވެގެން ކަމަށްވާއިރު ބްލަޑްޕްރެޝާ ދަށްވެގެން ނޫން ކަމަށް އެމެރިކާގެ ސީޑީސީއިން ހާމަކުރެއެވެ.

ވުމާއެކު ބޮލަށް ފެން އަޅައިގެން ފެން ވެރުމުން މީހާގެ ބްލަޑް ޕްރެޝާ ދަށްވާތީ ސްޓްރޯކް ޖެހުމުގެ ފުރުސަތު އެގޮތުން ނެތްކަން ހާމަވެއެވެ.

މިކަމާއި ގުޅިގެން ޖަވާބު ދެއްވަމުން ‘މެނިލާ ހޮސްޕިޓަލް ޑޮކްޓާސް’ އިން 2017 ވަނަ އަހަރު ‘އިންކުއަރާ ލައިފްސްޓައިލް’ އާޓިކަލްއެއްގައި ބުނެއި ވަނީ “އަހަރެމެންގެ ތެރޭގައި ފެން ވެރުމުގެ ސަބަބުން ސްޓްރޯކް ޖުހުމަށް ވުރެ މާގިނަ އިން ސްޓްރޯކް ޖެހިފައި އެބަތިބި ފާޚާނާއަށް ވަދެ ބޮޑުކަމު ދިއުމަށް ވާގިލާ ބާރުލުމުގެ ސަބަބުން ހާޓްއެޓޭކް އާއި ސްޓްރޯކް ޖެހެން މެދުވެރިވެފައި ތިބި މީހުން” ހިތުގެ ބަލީގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ރަފޭލް ކާސްޓިލޯ ހާމަކޮށްފައި ވެއެވެ.

ބޮޑުކަމު ދިއުމަށް މާބޮޑަށް ވާގިލާ، ބާރުއެޅުމުން ލޭގެ ޕްރެޝަރު އިތުރުވެ ސިކުޑީގެ ބައެއް ލޭނާރުތައް ފަޅައިގެން ދެއެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލް ނުކުރެވޭ މީހުންނަށް މިކަމުގެ ފުރުސަތު ބޮޑުކަމަށް ރަފޭލް ކަސްޓިލޯ އޮޅުންފިލުވާދީފައި ވެއެވެ.

 

އޮރެގަން ލައިވް ޑޮޓް ކޮމްގެ ހެލްތު ކޮލަމްގައި ޑިއާ ޑޮކްޓަސް ބައިގައި 2022 އޮކްޓޯބަރު 14ގައި ޑރ. ކީތު ރޯޗު އާއިވެސް މިސުވާލު ކޮށްފައި ވެއެވެ.

“ހޫނު ފެނުން ފެންވަރުމުން ބައެއް މީހުންގެ ހަށިގަނޑުގެ ޓެމްޕަރޭޗާ ކުޑަ ތަންކޮޅެއް މައްޗަށް ޖޭހޭކަން އެނގިފައިވޭ. ބައެއް މީހުން ފެންވެރުމުން ހަރަކާތްތެރިކަން (އެނާޖައިޒް) އިތުރުވޭ، އަދި ގިނަ މީހުންނަށް އަރާމު ލިއްބައިދޭ. ރޭގަނޑު ފެންވެރުމުން ނިދުން ފަސޭހަވެ އަރާމު ލިއްބައިދޭ. ވީމާ ރޭގަޑު ފެންވެރުން ކުރިޔަށް ގެންދަންވީ” ޑރ.ކީތު ރޯޗުސް ޖަވާބުއްވާފައި ވެއެވެ.

ފުރަތަމަ ބޮލަށް ފެންއަޅައިގެން ފެންވެރުމުން ސްޓްރޯކު ޖެހުމަށް ފަހިވާކަމަށް ބައެއް މީހުން ބުނިކަމުގައި ވިޔަސް އެކަމުގައި އިތުބާރު ހިފޭ އެއްވެސް ހެއްކެއް ނެތްކަމަށް ޑރ. ކީތު ވިދާޅުވެއެވެ. ސްޓްރޯކް ޖެހޭ މައިގަނޑު ކަންކަން އެންމެނަށް ވެސް އެނގޭ ކަމަށް ބުނެ އެކަންތައްތައް (މަތީގައިވާ ގޮތަށް) ކިޔައިދީފައި ވެއެވެ.

އަސިއްހަތުދި ފުރަތަމަ ބޮލަށް ފެންއަޅައިގެން ފެންވެރުމަކީ ހިރާސް (ރިސްކެއް) ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އަދި ބޭނުން ކޮންމެ ވަގުތަކުވެސް ފެން ވެރުމަށް އޮތީ ފަހިކޮށް ކަމަށް ޑރ. ކީތު ހާމަކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !