A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ފަގީރުން ގިނަވަނީ ބާ؟

ފިތުރު ޒަކާތް 2023 - ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓިގައި ފަގީރުން ގިނަވާކަމަށް މީގެ 3 އހަރު ކުރީގެ ހިސާބުތަކާއި އަޅާ ކިޔާ އިރު ދައްކައިފިއެވެ. 1441 ވަނަ އަހަރު  ނުވަތަ 2020 ގައި ފުވައްމުލައް ސިޓީގައި ތިބި ފަގީރުން ގެ އަދަދަކީ 241 އެވެ. ނަމަވެސް މިއަހަރު 1443 ވަނަ އަހަރު (2023) ފަގީރުންގެ އަދަދު ވަނީ 299 އަށް އިތުރު ވެފައެވެ. މުޅި ޜާއްޖޭގަިއ ތިބީ 8446 ފާގީރުން ކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކުރައްވައެވެ.

ފަގީރުންގެ އަދަދު އިތުރުވިކަމަށް ފަގީރުންގެ ގޮތުގައި ޒަކާތް ބަހައިފައިވާ ފަގީރުންގެ އަދަދުންނެވެ. މިއަދަދަކީ ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީއިން ވަރަށް ރަނގަޅަށް ބަލައި ވަޒަން ކުރާ ފަގީރުންގެ ލިސްޓަކަށް ވުމާއެކު މިއީ އެންމެ ބޮޑަށް އިތުބާރު ކުރެވޭނެ ލިސްޓް ކަމަށް ބެލެވެއެވެ.

މިއަހަރު، 2023ގައި ފަގީރުން ގޮތުގައި ފުވައްމުލަކު ސިޓީއިން ރަޖިސްޓްރީވެފައި ވަނީ 299 މީހުން ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު މިއަހަރުގެ ޒަކާތާއި ބެހޭ މައުލޫމާތުގައި ވެއެވެ. މިއީ އާބަދީގެ ނިސްބަތިން ބަލާއިރު %2.2 ފަގީރުންނެވެ. ނަމަވެސް މިއަދަދު ފުވައްމުލައް ސިޓީގައި ދިރިއުޅޭ މީހުންގެ (9،116) ނިސްބަތުން ބަލައިފިނަމަ އެއީ އާބާދީގެ %3.3 އެވެ.

މި އަހަރު ޒަކާތުގެ ގޮތުގައި ފުވައްމުލައް ސިޓީއަށް ލިބިފައި ވަނީ 217،386 (ދެލައްކަ ސަތާރަ ހާސް ތިންސަތޭކަ ސަޔާއި) ރުފިޔާ އެވެ. މިއީ މީގެ ކުރީގައި 2020 ވަނީ އަހަރު ޒަކާތް ދެއްކި ވަރަށްވުރެ 37،344 (ސަތުތިރީސް ހާސް ތިން ސަތޭކަ ސައުރަޔާޅީސް) ރުފިޔާ އިތުރު އަދަދެކެވެ. މިއަދަދު އިތުރުވި ބައެއް ސަބަބު ކަމަށް ބެލެވެނީ މިއަހަރު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭ އަދަދު ބޮޑުވުމާއި އާބާދީއަށް އިތުރުވި 468 މީހުންނެވެ.

މިއަހަރު ޒަކާތުގެ ގޮތުގައި ފަގީރުންނަށް ލިބިފައި ވަނީ 2020 ވަނަ އަހަރަށް ވުރެ 1 ރުފިޔާ މަދުން، 744 ރުފިޔާއެވެ. މިފަހަރު ފުވައްމުލައް ސިޓީގެ ފަގީރަކަށްޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު މާލެ ސިޓީ އާއި އަޅާ ބަލާއިރު ވަރަށް ބޮޑު ތަން ދަށެވެ. މާލެ ސިޓީގައި ފަގީރަކަށް މިފަހަރު 3،450 ރުފިޔާ ބަހާފައި ވެއެވެ.

މިއަހަރު ފުވައްމުލައް ސިޓީގެ ފަގީރުންނަށް ބަހާފައިވަނީ ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އާއި ސަދަގާތުގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. އެއީ:

2022 ވަނަ އަހަރު ޒަކާތް ބެހި ފަހުން ދައްކާފައިވާ 6،964 ރުފިޔާ

2023 ވަނަ އަހަރު ޒަކާތް ބެހި ފަހުން ދައްކާފައިވާ 217،386 ރުފިޔާ

ސަދަގާތުގެ ގޮތުގައި ލިބިފައިވާ 5،665 ރުފިޔާ

މުޅި ޖުމުލަ 223،051 ރުފިޔާ

1441 ވަނަ އަހަރު (2020) ފުވައްމުލައް ސިޓީ އިން ޒަކާތް ދެއްކި ގޮތް

2020 ވަނަ އަހަރު ފުވައްމުލައް ސިޓީގައި ޒަކާތް ނެރެފައި ވަނީ 1441 ގޭބިސީއަކުންނެވެ. ފުވައްމުލައް ސިޓީގައި އެ އަހަރު ރަޖިސްޓްރީ ވެފައިވާ 1861 ގޭބިސީ ހުރިކަމަށް އޭރު ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ. ނމަވެސް މިހަރު ފިތުރު ޒަކާތް ނެރެފައިވާ ގޭބިސީގެ އަދަދު ސިޓީ ކައުނސިލުން ހާމަކޮށްފައެއް ނުވެއެވެ.

ކޮންމެ އަހަރަކު ވެސް ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައި ވަނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އެގޮތުން، މިއަހަރުގެ ފިތުރު ޒަކާތް ބަހާ ނިމިފައިވާ ކަމަށް ރޯދަ މަހުގެ 29 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ކޮބައިތޯ ފަގީރަކަށް ބަލައި މިންގަޑަކީ ހަމަ ފޯމެއްފުރާފަ ލީ ކޮންމެމީހަކީ ފަގީރެއްތޯ