މިއަދާއި މިހަފުތާގެ ބާކީ އޮތް ބަންދު ދެ ދުވަހުގައި ވެސް މޫސުން ގޯސްވެ، އުޑުމަތި ބަނަވެ ވާރޭ ވޭހޭނެ ކަމަށް މޫސުމާއި ބެހޭ މައުލޫމާތު ހާމަކުރާ ފަރާތްތަކުން ހާމަކުރެއެވެ.
ރާއްޖޭގެ ޑިޕާޓް މެންޓް އޮފް މިޓިއޮރޮލޮޖިކަލް ސާރވިސް އިން އާއްމު ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިއަދު ފުވައްމުލައް ސިޓީއަށާއި އައްޑޫ ސިޓީ އަދި ދެކުނުގެ އެހެން ހިސާބުތަކަށް ވިއްސާރަވެ ގުގުރައި ވާރޭވެހުން އެކަށީގެން ވެއެވެ.
ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ އިރު-އުތުރާއި އިރުން، ގަޑިއަކު 05 މޭލާއި 13 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ނަމަވެސް ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެެކަމަށް ލަފާކުރެއެވެ.
ކުރިޔަށް އޮތް ހަފުތާގެ މޫސުން ދައްކާ ގޮތުން ހުކުރު އަދި ހޮނިހިރު ދެ ދުވަހު ވެސް ފުވައްމުލަކަށް ވާރޭވެހޭނެއެވެ.
ފެށޭ ހަފުތާގެ އާދީއްތަ އަދި އަންގާރަ ދެދުވަހު ވިލާބޯވެ އުޑުމަތި ބަނަކޮށް ދެއްކި ކަމުގައި ވިޔަސް ވާރޭ ވެހޭނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ފެށޭ ހަފުތާގެ އެހެން ހުރިހާ ދުވަހަކު ވެސް ވާރޭ ވެހޭނެ ކަމަށް ދައްކައެވެ. ވަކިން ޚާއްސަކޮށް އަންނަ ބުރާސްފަތި ދުވަހު ގުގުރުމައެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ބެލެވެއެވެ.
މޫސުން މިގޮތަށް ކުރިޔަށް އޮންނަ ހަފުތާއަށް ލަފާކުރި ކަމުގައި ވިޔަސް މިހާރުގެ ޙާލަތު އެހެން ގޮތަަކަށް ބަދަލުވެ މޫސުންް ބަލަލުވުމަކީ ވެދާނެ ކަމެކެވެ.
ޚިޔާލުތައް