A wide advertisement which will be shown on all devices. (700 x 100)

ޕަޑީގެ މިޔަރު ބަލަން އެންމެ ރަނގަޅު ތަންތަނުގެ ލިސްޓްގައި ފުވައްމުލައް ހިމެނިއްޖެ

ޓައިގަރ ޝާކު ބެލުމަށް ޑައިވީނަށް ދާން ފުވައްމުލައް

ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓަރސް (ޕަޑީ) އިން ފާއިތުވި ޖުލައި މަހު 28 ގައި އާއްމުކޮށްފައިވާ މިޔަރާއެކު ޑައިވިން ކުރަން އެނެމެ ރަނގަޅު ސަރައްދުތަކުގެ ލިސްޓްގައި ފުވައްމުލައް ސިޓީ ހިމެނިއްޖެއެވެ. މިޔަރާއެކު ޑައިވުކުރުން ބައެއް މީހުން ފަސްޖެހިދާނެއެވެ. ނުވަތަ ބޭނުން ވެސް ނުވެދާނެއެވެ. އެކަމަކު މިޔަރާއެކު ޑައިވީން ކުރާ ފުރަތަމަ ހިނދުކޮޅުން ފެށިގެން މިޔާރާއިމެދު ގިނަބަޔަކު ދެކޭގޮތް ބަދަލުވާކަމަށް ޕަޑީގެ ބްރޫކް މެކް ކޮނެލް ލިޔެފައި ވެއެވެ. އެގޮތުން މިޔަރު ދެކެ ޑައިވްކުރާ މީހާ ބިރުގަތަސް ހަގީގަތުގައި މިޔަރު ޑައިވްކުރާ މީހާ ދެކެ މާބޮޑަށް ބިރުގަނެއެވެ.

ކަނޑުގައިވާ ދިރުންތަކުގެ ތެރެއިން އެންމެ ބޮޑަށް ހަގީގަތް އޮޅިފައިވާ އަދި ކަނޑުގައިވާ އެންމެ ބާރުގަދަ އެއް ބާވަތަކީ މިޔަރު ކަމަށެވެ. އެގޮތުން މިޔަރު ދެކިލަން ގިނަ ޑައިވަރުން އަބަދުވެސް ބޭނުންވާަމަށް އޭނާ ހާމަ ކުރެއެވެ. އެގޮތުން މިޔަރުގެ ވަކިބާވަތްތައް ބަލާލުމަށް އެންމެ އެކަށީގެންވާ ތަންތަނުގެ ލިސްޓެއް ހިމަނާފައި ވެއެވެ.

އެލިސްޓްގައި ހިމެނޭ 6 ބާވަތުގެ މިޔަރު ފެންނާނެ ސަރަހައްދު ތަކުގެތެރޭގައި ރާއްޖޭގެ 4 ސަރަހައްދެއް ފާހަގަކޮށްފައި ވެއެވެ. އެއިގެތެރެއިން ވެސް 3 ބާވަތެއް ބަލާލަން ފުވައްމުލައް ސިޓީގެ ޑައިވިން  ސަރަހައްދު ހިމަނާފައި ވެއެވެ.

ވޭލް ޝާކް (ފެހުރިހި)- ބެލުމަށް – އަރިއަތޮޅު

ވޭލް ޝާކް (ފެހުރިހި) ބެލުމަށް ދިއުމަށް ރަނގަޅު ކަމަށް ހުށަހަޅާފައިވާ 9 ސަރަހައްދުގެ ތެރޭގައި ރާއްޖެއިން ހިމެނެނީ  އަރިއަތޮޅެވެ. މިއީ މިޔަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބަލާލުމަށް އެދޭ ބާވަތް ކަމަށެވެ. އެއީ މަހުގެ އެންމެބޮޑު އަދި އެންމެ ތަފާތު ބާވަތަށް ވެސް ވާތީ ކަމަށް ވެދާނެއެވެ. ފެހުރީހީގެ އާއްމު ދިގުމިނުގައި 12 މީޓަރު ނުވަތަ  40 ފޫޓު ހުންނަކަމަށް ވެއެވެ. މިބާވަތް ދުނިޔޭގެ އެކިހިސާބުތަކުން އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ފެންނެއެވެ. އާއްމުކޮށް ފެންނަނީ ފިނިނޫން ސަރަހައްދުތަކުގެ ކަނޑުގެ ވަރަށް ފުން ހިސާބުތަކުންނެވެ.

ޓައިގަރ ޝާކް (ފެމުނު) – ބެލުމަށް ފުވައްމުލައް

ޓައިގަރ ޝާކް (ފެމުނު) ބެލުމަށް ހުޅަހަޅާފައިވާ ލިސްޓުގައި ފުވައްމުލައް ސިޓީގެ އިތުރުން  6 ތަނެއް ވެއެވެ. އޭގެތެރޭގައި ބަހަމާސްގެ ޓައިގަރ ޝާކް ބީޗާއި، ފިޖީގެ ބެގާ ލެގޫން އާއި، ހަވާއީ އާއި ސައުތު އެފްރިކާގެ ޕްރޮޓީ ބޭންކް އާއި އެމެރިކާގެ ދެކުނު ކެލިފޯނިއާ އާއި ފިލިޕީންސްގެ ޓުއްބަޓާހާ ރީފް ހިމެނެއެވެ.

ޓާއިގާރ ޝާކް ފާގަހަ ކުރެވެނީ އޭގެ މަތީބައިގައި ހުރަހަށް ކުރެހިފައިވާ އަޅިކުލައިގެ ޑިޒައިނުންނާއި އޭތީގެ ޝިކާރަކުރުމުގައި ގެންގުޅޭ ޚާއްސަ ސިފައިންނެވެ. ގިނަ މީހުން ޓާއިގަރ ޝާކު ދެކެ ބިރުގަންނަނީ އޭތި ޝިކާރަ ކުރުމުގައި ގެންގުޅޭ ބިރުވެރި/ނުރައްކާތެރި ގޮތުން ކަމަށް ވެއެވެ. އާއްމުކޮށް ހޫނު ސަރަހައްދު ތަކުން ފެންނަ މިރީތި މިޔަރު އާއްމުކޮށް ބޮޑުވަނީ  5 މީޓަރު ނުވަތަ 16 ފޫޓަށެވެ. އަދި ބަރުދަނުގައި 635 ކިލޯ ހުރެއެވެ.

ޓާއިގާރ ޝާކް – ފެމުނު

ހެމާހެޑް ޝާކް، ކާލިގނަޑު މިޔަރު (ބީޑިބޮލް މޭރެ- ފުވައްމުލަކު ބަސް) – ފުވައްމުލައް

ހެމާހެޑް ޝާކް (ބީޑިބޮލް މޭރެ- ފުވައްމުލަކު ބަސް) ބެލުމަށް ދިއުމަށް ލަފާދީފައިވާ 9 ތަނުގެ ލިސްޓގައި ފުވައްމުލައް ސިޓީގެ އިތުރުން ފިލިޕީންސްއާއި މެލޭޝިއާގެ  ލަޔަން ލަޔަން އާއި ސިޕަޑާން،  އިންޑޮނޭޝިއާގެ ލޮމްބޮކް އާއި ބަނޑާ އައިލެންޑްސް، ފިޖީ، ފިލިޕީންސް އާއި ބަހަމާސް އަދި ކޮކޯ އައިލޭންޑްސް ހިމެނެއެވެ.

މިބާވަތުގެ މިޔަރު ޚާއްސަަ ވަނީ އޭގެ ތުންގަނޑު ފަނބުޑެއްހެން ހުރުމުންނާއި އޭގެ މަތީގެ ފިޔަ ހުންނަ ގޮތުންނެވެ. މިީވެސް ޑައިވަރުންގެ މެދުގައި ވަރަށް މަޝްހޫރު ބާވަތެކެވެ. މިބާވަތުގެ މިޔަރު ގިނަ އިން ފެންނަނީ ބޮޑެތި އައިން އައިނަށެވެ. އެގޮތުން 100 ވަރަކަށް މިޔަރު ހިމެނޭ އައިންތައް ވެސް ފެނެއެވެ. މިއީ މިހާރު ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތެއްކެވެ. ނަމަވެސް މަތީގައި ފާހަގަ ކުރެވުނު ތަންތަނުން މިބާވަތުގެ މިޔަރު އާއްމުކޮށް ފެނެއެވެ.

ބީޑިބޮލް މޭރެ – ހެމަރ ހެޑް ޝާކް

ފާހަގާ ކުރެވޭ މިޔަރުގެ އެހެން ބާވަތްތަކުގެ ތެރޭގައި – ތްރެޝަރ ޝާކް ކަނޑި މިޔަރު (ނަގުލް މޭރެ- ފުވައްމުލަކު ބަސް) – ފުވައްމުލައް

ފާހަގާ ކުރެވޭ މިޔަރުގެ އެހެން ބާވަތްތަކުގެ ތެރޭގައި ޕަޑީން ފާހަގަ ކޮށްފައިވާ ތްރެޝަރ ޝާކް ނުވަތަ ކަނޑި މިޔަރާއެކު ފަތާލުމަށް ފުވައްމުލައް ސިޓީގެ އިތުރުން ހުށަހަޅާފައި ވަނީ ފިލިޕީންސްގެ މަލަޕަސްކާ އެވެ.

މީގެ އިތުރުން ފާހަގަ ކޮށްފައިވާ މިޔަރުގެ ބާވައްތަކުގެ ތެރޭގައި:

އެޕޯލެޓް ޝާކް – ރާޖާ އަމްޕަޓް، އިންޑޮނޭޝިއާ

ބެމްބޫ ޝާކް – ނުސާ ޕެނިޑާ، އިންޑޮނޭޝިއާ

ސޭންޑް ޓައިގަރ ޝާކް – ނޯތު ކެރޮލައިނާ، އެމެރިކާ

ނަގުލް މޭރެ – ތްރެޝަ ޝާކް ގެ 4 ބާވަތެއް އުޅޭ

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !