ލޯކަލް ކައުންސިލް އިންތިޚާބަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ފުވައްމުލައް ސިޓީގެ ދާއިރާތަކަށް ބަދަލު ގެނެސް ދާއިރާތައް ކަނޑައެޅުމުގެ ފައިނަލް ރިޕޯރޓް އިލެކްޝަންސް ކަމިޝަނުން ނެރެފިއެވެ.
އެކަމިޝަނުން ފާއިތުވި ޑިސެމްބަރު 20 ގައި ނެރުނު ވަގުތީ ރިޕޯރޓުގައި ދާއިރާތައް ބަހަފައިވާ ގޮތުން ބައެއް މީހުންގެ ކަންބޮޑުވުންތައް ހުށަހެޅިއެވެ. އަދި ސިޔާސީ ފަރާތްތަކާއެކު ބައްދަލުވުން ބާއްވައި އަލުން ދާއިރާތައް ބަހާނެ ގޮތުގެ ޚިޔާލު ވެސް ހުށަހަޅާފައި ވެއެވެ.
މިހާރު ބަހާފައިވާ ގޮތުން އެންމެ ބޮޑު ދާއިރާއަކީ ހޯދަޑު ހިމެނޭ ފުވައްމުލައް ސިޓީ 2 އެވެ. އަދި އެންމެ ކުޑަ ދާއިރާއަކި މާދަޑު ހިމެނޭ ފުވަމުލައް ސިޓީ 3 އެވެ. މިދެ ދާއިރަގެ އާބާދީގެ ތަފާތަކީ 171 މީހުންނެވެ. އަލަށް ބަހާފައިވާ ގޮތުން ކުރިއަށްވުރެ ދާއިރާގެ އާބާދީގެ ތަފާތު ކުޑައެވެ. އަލުން ދާއިރާތައް ބަހާފައިވާ ގޮތުން ކުރިން ބައިނުކޮށް އޮތް ދަޑިމަގު އަވަށުން ބައެއް މިހާރު ވަނީ ހޯދަޑު ހިމެނޭ ދާއިރާއަށް ލާފައެވެ.
އިލެކްޝަންސްގެ ފައިނަލް ރިޕޯރޓްގައި ވާ ގޮތުން އެއް އަވަށަކަށް އެކަނި ދާއިރާއެއް ހިމެނެނީ ކުރިންވެސް އޮތްގޮތަށް ހަމައެކަނި ދޫނޑިގަމު އަވަށުގައެވެ. ދެން ހުރި 5 ދާއިރާގައި ވެސް އެހެން އަވަށްތަކުގެ ބައިތައް ހިމަނާފައި ވެއެވެ. ނަމަވެސް ހޯދަޑު އަވަށާއި މާދަޑު އަވަށް، ފުނާޑު އަދި މާލެގަމު އަވަށް ވެސް ބަހާފައެއް ނުވެއެވެ.
ދާއިރާތަކުގެ އާބާދީގެ ތަފާތު ވަކި މިންގަޑެއްގައި ހިފެހެއްޓުމަށް ބަހާފައި މިވަނީ ދަޑިމަގު އަވަށާއި ދިގުވާޑު އަވަށާއި މިސްކިތްމަގު އަވަށެވެ. މިހާރު ގެ މަޖުލިސް ތިން މެމްބަރުން ނިސްބަތްވާ އަވަށް ކަމުގައިވާ ހޯދަޑު އަވަށާއި މާލެގަމު އަވަށް އަދި ދޫނޑިގަމު އަވަށް ބަހާފައި ނުވާކަން ފާހަގަ ކުރެވެއެވެ.
ކޮންމެ ދާއިރާއަކުން ވެސް 1 (އެކެއް) ކައުންސިލް މެންބަރާއި އަހްނެހުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް އަންހެން މެމްބަރަކު އައްޔަން ކުރަން ވޯޓު ލާނެއެވެ.
ފުވައްމުލައް ސިޓީ ދާއިރާ 1 (އަންހެނުންނަށް)
މިދާއިރާއަށް ދީފައިވާ ނަމަކީ ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ އެވެ. މި ދާއިރާގައި ހިމެނެނީ ދަޑިމަގު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތަކާއެކު ޖުމްލަ އާބާދީ 2278 މީހުންއެވެ. ކުރިން ބެހި ގޮތުން ހިމެނިފައިވީީ 2215 މީހުނެވެ. މިއީ މިހާރުވެސް ދެވަނައަށް އެންމެ ބޮޑު އާބާދީ ހިމެނޭ ދާއިރާއެވެ.
މިދާއިރާގެ ކައުންސިލް ގޮނޑި ގުރުއަތުން ދީފައިވަނީ އަންހެންނުންނަށް ޚާއްސަ ދާއިރާއެއްގެ ގޮތަށެވެ. ވުމާއެކު މިދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރެވޭނީ އެކަނި އަންހެނަކަށެވެ.
ފުވައްމުލައް ސިޓީ ދާއިރާ 2
މިދާއިރާއަށް ދީފައިވާ ނަމަކީ ފުވައްމުލަކު އިރު އުތުރު ދާއިރާ އެވެ. މި ދާއިރާގައި ހިމެނެނީ ހޯދަޑު އަވަށުގެ ހުރިހާ ގެއަކާއި ދަނޑމަގު އަވަށުްނ އިރުމަތީ ބައިގެ ގެތަކެވެ. ކުރިން ދިގުވާނޑު އަވަށުން ބައެއް ގޭތަށް ހިމެނޭ ގޮތަށް އޮތް ނަމަވެސް މިހާރު އެބައިތައް މަދާއިރާގައެއް ނުހިމެނެއެވެ. މިދާއިރާގެ ޖުމްލަ އާބާދީ 2283 އެވެ. މިއި މިހާރު ފުވައްމުލައް ސިޓީގެ އެންމެ ބޮޑު ދާއިރާއެވެ.
ފުވައްމުލައް ސިޓީ ދާއިރާ 3
މިދާއިރާއަށް ދީފައިވާ ނަމަކީ ފުވައްމުލަކު މެދު އުތުރު ދާއިރާ އެވެ. މި ދާއިރާގައި ހިމެނެނީ މާދަޑު އަވަށުގެ ހުރިހާ ގެއަކާއި ދިގުވާނޑު އަވަށުން ބައެއް ގޭތަކާއި މިސްކިތްމަގު އަވަށުން ބައެއް ހިމެނޭ ގޮތަށް ޖުމްލަ އާބާދީ 2112 އެވެ. ކުރިން ބަހާފައިވާ ގޮތުން އެދާއިރާގެ އާބާދީއަކީ 2081 މީހުންގެ މައްޗަށެވެ. މިއީ އަދިވެސް އެންމެ އާބާދީ ކުޑަ ދާއިރާއެވެ.
ފުވައްމުލައް ސިޓީ ދާއިރާ 4 (އަންހެނުންނަށް)
މިދާއިރާއަށް ދީފައިވާ ނަމަކީ ފުވައްމުލަކު ހުޅަނގު ދެކުނު ދާއިރާ އެވެ. މި ދާއިރާގައި ހިމެނެނީ ފުނާޑުު އަވަށުގެ ހުރިހާ ގެއަކާއި މިސްކިތްމަގު އަވަށުން ބައެއް ގެތަށް ހިމެނޭ ގޮތަށް ޖުމްލަ 2117 މީހުންނެވެެ. ކުރިން ބެހި ގޮތުން މިދާއިރާގައި ހިމެނުނީ 2098 މީހުންނެވެ.
މިދާއިރާގެ ކައުންސިލް ގޮނޑި ގުރުއަތުން ދީފައިވަނީ އަންހެންނުންނަށް ޚާއްސަ ދާއިރާއެއްގެ ގޮތަށެވެ. ވުމާއެކު މިދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރެވޭނީ އެކަނި އަންހެނަކަށެވެ.
ފުވައްމުލައް ސިޓީ ދާއިރާ 5
މިދާއިރާއަށް ދީފައިވާ ނަމަކީ ފުވައްމުލަކު މެދު ދެކުނު ދާއިރާ އެވެ. މި ދާއިރާގައި ހިމެނެނީ މާލެގަމު އަވަށުގެ ހުރިހާ ގެއަކާއި މިސްކިތްމަގު އަވަށުން ބައެއް ހިމެނޭ ގޮތަށް ޖުމްލަ 2123 މީހުންނެވެ. ކުރިން ބެހި ގޮތުން މިދާއިރާ ގެ އާބާދީއަކީ 2360 މީހުންނެވެ. އަލުން ދާއިރާ ބެހި ގޮތުން މިދާއިރާގެ އާބާދީ ވަނީ ކުޑަވެފައެވެ.
ފުވައްމުލައް ސިޓީ ދާއިރާ 6
މިދާއިރާއަށް ދީފައިވާ ނަމަކީ ފުވައްމުލަކު އިރު ދެކުނު ދާއިރާ އެވެ. މި ދާއިރާގައި ހިމެނެނީ ދޫނޑިގަމު އަވަށުގެ ގެތައް އެކަންޏެވެ. ދޫނޑިގަމު އަވަށު ހުރިހާ ގެތަށް ހިމެނޭ ގޮތަށް މިދާއިރާގެ ޖުމްލަ އާބާދީ 2151 އެވެ. މިއި ކުރިން ވެސް މިދާއިރާގަިއ ހިމެނުނު އަދަދެވެ.
ދާއިރާތައް ކުރިން ބެހިގޮތާއި ގުޅޭ ގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރީ ދިގުވާނޑު އަވަށުންނެވެ. އެމީހުންގެ ހިތްހަމަނުޖެހުން ބޮޑުވީ އެއަވަށް 3 ދާއިރާއަކަށް ބަހާލުމުން އެއަވަށުން ނުކުންނަ ކެންޑިޑޭޓަކަށް އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް ބުނެއެވެ. ފައިނަލް ރިޕޯރޓްގައި ވާގޮތުން ދިގުވާނޑު މިހާރު ބެހެނީ ދަޑިމަގާއި (ފުވައްމުއް ސިޓީ 1 އާއި) މާދަޑު (ފުވައްމުލައް ސިޓީ 3) ހިމެނޭ ދެ ދާއިރާ އަށެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސިޓީތަކުގެ ދާއިތައް ބެހިއިރު ކޮންމެ ދާއިރާއަކުން 1 މެންބަރު ހޮވާގޮތަށް އޮވެ، ބައެއް ދާއިރާ އިން ހަމައެކަނި އަންހެނުންނަށް އެކަނި ކުރިމަތިލެވޭ ގޮތަށް ހެދުމުން އާއްމު މީހުންގެ ކަންބޮޑުވުން އަދިވެސް ފާޅުކުރަމުން ދެއެވެ. އެގޮތުން ދަޑިމަގު އަވަށާއި އަވަށާއި ފުނާޑު އަވަށުން މި އިންތިޚާބަށް ނުކުންނަން ތިބި ފިރިހެނުންނަށް ފުރުސަތު ގެއްލިފައިވާތީ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާއިން ފެނެއެވެ.
ޚިޔާލުތައް
ހިތެން ލައްކަ ކަހިރުވަކެ ކޭ ހަދާން ތީ ބީ