މިހާރު ކުރިޔަށްދާ ހަވިއްތަ ފުޓްސަލް ޗެލެންޖް 2020ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުން މޮޅުވެ ނެރަގަނޑޮ އެފްސީ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދިއިރު ރޭ ކުޅެވުނު ދެވަނަ މެޗުން މޮޅުވެ އެފްސީ ދިގުވާޑުު ވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައެވެ.
ރޭގެ ފުރަތަމަ މެޗުގައި މާލެގަން އެފްސީ އާއި ދަޑިމަގު ނެރަގަނޑޮ އެފްސީ ބައްދަލުކުރި މެޗު ފެށިގެން މޮޅަށް ކުޅެމުން ދިޔައީ މާލެގަން އެފްސީ އިން ނެވެ. ނަމަވެސް މެޗުގެ ކުރީ ކޮޅުގައި ފުރަތަމަ ގޯލު ކާމިޔާބުކުރީ ނެރަގަނޑޮ އެފްސީ އިންނެވެ. އިދިކޮޅު ގޯލް އޭރިއާ ކައިރިން އިރު-ދެކުނު ފަރާތުން ލިބުނު ހިިލޭޖެހުމެއް ގޯލު އޭރިއާ ހުރަސްވެގެން ދިޔަަ ވަގުތު އެޓީމުގެ ކުލުންތެރިއަކުވަނީ ގޯލަށް ބޯޅަ ވައްދަލާއި މެޗުގެ ފުރަތަމަ ގޯލު ޖަހާފައެވެ.
ދެވަނަ ހާފުގައި ފަހަތުން އަރައި އެފްސީ ދިގުވާޑު ޓީމު މެޗުގެ ނަތީޖާ 1-1 އިން އެއްވަރުކޮށް އަދި 2-1 ގެ ލީޑެއް ވެސް ހޯދިއެވެ.
ފަހު ހާފު ނިމެން ކައިރިވެފައި ވަނިކޮށް ނެރަގަނޑޮ ޓީމަށް ދަނޑުގެ ހުޅަނގު-ދެކުނު ފަރާތުން ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗު 2-2 ން އެއްވަރު ކުރުމުން ޕެނަލްޓީއަށް ދިޔައެވެ.
ނޮކްއައުއުޓް މެޗުގެ ފުރިހަމަ ވަގުތު އެއްވަރުމުން ކޮންމެ ޓީމަކަށް ވެސް 3 ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުމަށް ފުރުސަތު ދެއެވެ. އެގޮތުން މާލެގަމު ޓީމުން ޖެހި 3 ޕެނަލްޓީއިން ކާމިޔާބު ކުރެވުނީ 1 ޕެނަލްޓީއެވެ. ނަމަވެސް ނެރަގަނޑޮ އެފްސީ އިން ޖެހި 3 ޕެނަލްޓީން 2 ކާމިޔާބު ކުރުމުން މެޗުގެ ނަތީޖާ 4-3 އިން އެޓީމު ކޮޅަށް އެބުރުނެވެ.
ރޭގެ ފުރަތަމަ ކްއާޓާ ފައިނަލު މެޗުގެ މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ ނެރަގަނޑޮ އެފްސީގެ ގޯލް ކީޕަރު، ޖ.17 ހަސަން ސާމިހް އެވެ.
ރޭގެ ދެވަނަ މެޗުގައި އެފްސީ ދަޑިމަގު އާއި އެފްސީ ދިގުވާޑު ބައްދަލުކުރި މެޗު ވެސް ނިމުނީ 3-3 ދެޓީމުން އެއްވަރުވެގެންނެވެ. މިމެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރި ދިގުވާޑު ޓީމުންނެވެ. ދަޑިމަގު ޓީމަށް މެޗު 1-1 ން އެއްވަރު ކުރެވުނީ ދެވަނަ ހާފުގައެވެ. އަދި އިތުރު ގޯލެއް ޖަހައި ލީޑު ނަގާފައިވަނިކޮށް ދިގުވާޑު ޓީމުން ނަތީޖާ 2-2 ން އެއްވަރު ކުރުމުން ކުރިއެވެ. ނަމަވެސް ދަޑިމަގު ޓީމުން އަނެއްކަވެސް 3-2ން ލީޑު ނެގިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދިގުވާޑު ޓީމުން އަނެއްކާ ވެސް މެޗު 3-3 އިން އެއްވަރުކުރިއެވެ. މުޅި މެޗުގައި ވަރުގަދަކޮށް ފެނިގެންދިޔައީ އެފްސީ ދަޑިމަގު ޓީމެވެ. ދަޑިމަގު އެފްސީ އަކީ ގްރޫޕް ސްޓޭޖުގައި ޓީމް ރޭންކިންގެ 2 ވަނަގައި އޮތް ޓީމެވެ.
މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އިތުރު ވަގުތު ނުދީ ޕެނަލްޓީ ޖަހައިގެން 6-5 އިން ކުރި ލިބުނީ ދިގުވާޑު ޓީމަށެވެ. ދިގުވާޑު ޓީމުން ޖެހި 3 ޕެނަލްޓީ ވެސް ކާމިޔާބު ކުރިިއިރު ދަޑިިމަގު ޓީމުގެ ފަހު ޕެނަލްޓީ ދިގުވާޑު ޓީމުގެ ގޯލް ކީޕަރު މަތަކުރުމާއެކު ސެމީ ފައިނަލުގެ ޖާގަ ދިގުވާޑު ޓީމަށް ޔާގީން ވިީއެވެ.
ރޭގެ ދެވަނަ މެޗުން ދަޑިމަގު އެފްސީ ބަލިވުމުން ދަޑިމަގުން މިމުބާރާތަށް މިމުބާރާތަށް ނެރުނު 5 ޓީމުގެ ތެރެއިން 1 ނަމްބަރު ޓީމު މުބާރާތުގެ ކުއާޓާރ ފައިނަލުން ކެޓީއެވެ. ނަމަވެސް އިތުރު ޓީމެއް ވަނީ ސެމީގެ ޖާގަ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ދޭ ޓްރޮފީއާއި އެވާ ފްރޮންޓުން ދޭ ގިފްޓް ވައުޗާ ހަސިލުކުރީ ދިގުވާޑު އެފްސީގެ ޖާޒީ ނަމްބަރު 10 ވިޝާހު އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގެ ފަހު ދެމެޗު މިރޭ ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހޯދަޑް ސްޕޯޓްސް ޖޫނިއާސް އާއި މިސްިކިތްމަގު އެންމެން ޓީމެވެ. މިމެޗު ފަށާނީ 20:30 ގައެވެ. މިރޭގެ ފަހު ކުއާޓާ ފައިނަލު މެޗުގައި ވާދަކުރާނީ ހޯދަޑު ސްޕޯޓްސް އާއި އެފްސީ ފުނާޑު އެވެ. މިމެޗު ފަށާނީ ރޭގަނޑު 21:30 ގައެވެ.
ޚިޔާލުތައް