A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީގެ ވެޓަރަންސް ފުޓްސަލް މުބާރާތް ދަޑިމަގު ޓީމުން ކާމިޔާބުކޮށްފި

ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ ޑަބްލިއުޑީސީ ފުވައްމުލައް ސިޓީ ކައުންސިލް ވެޓެރަންސް ފުޓްސަލް ޓޯނަމަންޓް 2022 ގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ. ފައިނަލް މެޗުގައި ވާދަވެރި ދޫޑިގަމު އަވަށް ނިސްބަތްވާ ދޫޑިގަލޯނާ އާއި ވާދަކޮށް 3-0 މެޗު ކާމިޔާބުކޮށްގެނެއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގު ޓީމުގެ ޖާޒީ ނަމްބަރު 11 އަހުމަދު ފާރިޝްއެވެ. މިމުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ދަޑިމަގު އެސްއެންޑް އާރުސީގެ އިބްރާހިމް އަރީޝް ހޮވުނުއިރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަޑިމަގު އެސްއެންޑްއާރުސީގެ އަހުމަދު ފާރިޝް އާއި ފުނާޑް ސްޕޯޓްސްގެ އިސްމާއީލް މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ؛

ފުނާޑް ސްޕޯޓްސްގެ ޖާޒީ ނަމްބަރު 10 އިސްމާއީލް މުހައްމަދު

ދަޑިމަގު އެސްއެންޑް އާރުސީގެ ޖާޒީ ނަމްބަރު 10 މުހައްމަދު އަޝްރަފް

އެފްސީ ދޫޑިގަލޯނާގެ ޖާޒީ ނަމްބަރު 33 މުހައްމަދު ޝިފާއު އަހުމަދު

ދަޑީމަގު އެސްއެންޑްއާރުސީގެ ޖާޒީނަމްބަރު 1 ނިއުޝާދު އަލީ

އެފްސީ ދަޑިމަގު ވެޓެރަންސްގެ ޖާޒީނަމްބަރު 10 އަހުމަދު ފަރީދު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !