ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ މާލެގަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދަޑު ސްޕޯޓްސް ހޯދައިފިއެވެ. މިރޭ ކުރިއަށް ދިޔަ ފައިނަލް މެޗުގައި ދަޑިމަގުގެ މައްޗަށް ހޯދަޑު ސްޕޯޓްސް ކުރި ހޯދާފައިވަނީ 6-1 ލަޑުންނެވެ. ވާދަވެރި މިމެޗުގެ ފުރަތަމަ ހާފުގެ ކުރީ ކޮޅު ހޯދަޑު ސްޕޯޓްސް އިން ލީޑު ނެގިއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ހޯދަޑު ސްޕޯޓްސް އިން ލީޑު 3-1 އަށް ފުޅާކުރިއެވެ. ފުރަތަމަ ހާފު ނިމެނިކޮށް ހޯދަޑު ސްޕޯޓްސްގެ އެންމެ ގޯލާ ރައްޓެހި ކުޅުންތެރިޔާ އަޔާޒަށް އަނިޔާވުމުގެ ސަބަބުން ބަދަލުކުރިއެވެ.
ދެވަނަ ހާފުގައި ދަޑިމަގު އެފްސީ އިން ނިކުމެ ލަޑެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތަށް ހުރަސް އެޅުނީ އިތުރު ގޯލެއް ޖަހާ ހޯދަޑު ސްޕޯޓްސްއިން ލީޑު އިތުރަށް ފުޅާކުރުމުންނެވެ. ނަމަވެސް ދަޑިމަގު އެފްސީ އިން ހިތްވަރާއިއެކު މަސައްކަތްކުރި ނަމަވެސް އިތުރު ލަޑެއް ކާމިޔާބު ކުރެވޭ ގޮތެއްނުވިއެވެ. ދަޑިމަގުން މިހާފުގައި ފޮނުވާލި ހަމަލާއެއް ދަޑީގައި ޖެހިފައި ނިކުތް ނަމަވެސް ދެވަނަ ފަހަރަށް ފޮނުވާލެވޭ ގޮތެއްނުވިއެވެ. ހޯދަޑު ސްޕޯޓްސްއިން ކައުންޓާ އެޓޭކުގައި ދަޑިމަގުގެ ގޯލަށް ނުރައްކާ ކުރަމުން ގޮސް އިތުރު ލަޑެއް ޖަހާ ހޯދަޑޫ ސްޕޯޓްސްގެ ސަޕޯޓަރުންނަށް ހިނިތުން ގެނުވިއެވެ. ފޯރިގަދަ ސަޕޯޓަރުންނާއިއެކު ކުޅުނު މިރޭގެ މެޗު ނިމުނީ 6-1 ލަޑުން ހޯދަޑު ސްޕޯޓްސް މޮޅުވެެގެނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިމުބާރާތުގެ އެންމެ ގިނަ ގޯލް ކާމިޔާބު ކުރި އަޔާޒު އަހުމަދެވެ. އަޔާޒުވަނީ މިމުބާރާތުގައި 21 ގޯލު ކާމިޔާބުކޮށްފައެވެ.
ޚިޔާލުތައް
ސާބަހޭ ހޯދަޑު ސްޕޯޓްސް!!
6-2 ސްކޯރ އަކީ