A wide advertisement which will be shown on all devices. (700 x 100)

މިރޭ ވެޓަރަންސް ފުޓްސަލް މުބާރާތެއް ފަށަނީ

މިރޭ ފަށާ ވެޓެރަންސް ފުޓްސަލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބައެއް ޓީމުތަކުން އެކުވެރިކަމުގެ މެޗުތައް ކުރެފައިވޭ

ފުވައްމުލައް ސިޓީގައި މިރޭ ވެޓަރަންސް ފުޓްސަލް މުބާރާތް 2020 ގެ ނަމުގައި 35 އަހަރުން މަތީ މީހުންގެ ފުޓްސަލް މުބާރާތެއް ފެށުމަށް ތައްޔާރުވެއެޖެއެވެ.

މާލެގަމު ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތުގައި 10 ޓީމަކުން ވާދަކުރެއެވެ. މި މުބާރާތުގެ ފުރަތަމަ ދެ މެޗު މިރޭ ކުޅޭނެއެވެ. ފުވައްމުލަކު ރެކްރިއޭޝަން ސޮސައިޓީ އިން އިންތިޒާމުކުރާ މިމުބާރާތުގެ ފުރަމަތަ މެޗުގައި މިރޭ 8:00 ގައި ވާދަކުރާނީ އޭ ގްރޫޕްގެ ހޯދަޑު ސްޕޯޓްސް ވިންޓޭޖް އާއި ދޫނޑިގަލޯނާ ޓީމެވެ. މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރަނީ ގްރޫޕް ބީގެ ހަވިއްތަ ސްޕޯޓްސް އާއި މާލެގަން ސްޕޯޓްސް އެވެ.

ފުރަތަމަ މެޗުގައި ބައްދަލުކުރާ ހޯދަޑު ސްޕޯޓްސް ވިންޓޭޖް ޓިމް

މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައި ވަނީ ޓީމުތައް ދެ ގްރޫޕަށް ބަލައިގެން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު ގުރޫޕުން އެންމެ މޮޅުވާ ދެ ޓީމެއް ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ސެމީ ފައިނަލުގައި ކްރޮސްކޮށް ކުޅެ މޮޅުވާ ދެޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

ވެޓަރަންސް ފުޓްސަލް މުބާރާތު 2020 ފުރަތަމަ މެޗުގައި ބައްދަލުކުރާ ދޫނޑިގަލޯނާ ޓީމް

ނަމަވެސް ލީގް(ޕޮއިންޓް) އުސޫލުން ކުޅެ ދެ ޓީމެއް ކޮލިފައިވާ ގޮތަށް ގްރޫޕެއްގައި 5 ޓީމު ހިމެނުމަކީ މުބާރާތުގައި މައްސަލަތަކެއް ނުކުމެދާނެ ކަމަކެވެ. އެއީ ޓީމެއް ދެ މެޗުން ބަލިވާއިރަށް، މުބާރާތުން ކަޓާނެ ކަމަށް، ނުވަތަ މުބާރާތުގައި ކުރިޔަށްދިއުމުގެ ފުރުސަތު ނެތް ކަމަށް ބެލެވޭ ހިސާބުން، ބާކީ ކުރިއަށް ހުރި “މެޗުއް ވިއްކާލުން” ދޫކުރުން، ބައިކޮލަށް ގިނަގޯލުތަކެއް ވެއްދުން ނުވަތަ ވަކިބަޔަކަށް ފައިދާއެއް ހޯދާދިނުމުގެ ގޮތުން މެޗަށް ހާޒިރުނުވުން ފަދަ ކަންތައްތަކެއް ހިނގާފާނެކަމަށް ބެލެވޭތީއެވެ. ގްރޫޕަށް ބަހައިގެން ޕޮއިންޓް އުސޫލުން ކުޅޭ އިރު މިފަދަ މައްސަލަތަކުން ސަލާމަތްވުމަށް އާއްމުކޮށް ގުރޫޕް ކުރަނީ ޓީމެއްގައި 3 ނުވަތަ 4 ޓީމު ހިމެނޭގޮތަށެވެ. ބައެއްފަހަރު އެއްވަގުތެއްގައި ގިނަ މެޗުތައް ކުުޅުވާ ބޭނުކީ ވެސް އެއީއެވެ. ގްރޫޕެއްގައި 5 ޓީމު ހިމެނޭނަމަ 3 ވަނަ ޓީމަށް ވެސް ކޮންމެވެސް ފުރުސަތެއް އޮންނަ ގޮތަކަށް ރާވައިފިނަމަ ނޭދެވެ ކަމަކަށް އޮންނަ ފުރުސަތު ހަނިވެގެން ދާނެއެވެ.

ބައެއް ޓީމުތަކުން ޖޯޒި ހަވާލުކުރުމަށް ޚާްއްސަ ރަސްމިއްޔާތުތަކެއް ބާއްވާފައި ވޭ

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފުރަތަމަ ރޭ ފިޔަވައި ކޮންމެ ރެއަކުވެސް 3 މެޗު ކުޅުމަށް ތާވަލް ކުރެވިފައި ވެއެވެ. އެގޮތުން ފުރަތަމަ މެޗު ރޭގަނޑު 8:00 ގައި، ދެވަނަ މެޗު 9:00 ގައި އަދި ފަހު މެޗު 10:00ގައި ފެށުމަށް ތާވަލް ކުރެވިފައި ވެއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 16 ވަނަ ދުވަހުގެ ރޭ 8:30 ގައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް

ގްރޫޕް 1

އޭ-ހޯދަޑު ސްޕޯޓްސް ވިންޓޭޖް

ބީ-އެފްސީ ދޫނޑިގަލޯނާ

ސީ-އެފްސި ދަޑިމަގު

ޑީ-އެފްސީ މާނޭރެ

އީ- ފިސްޑާ

ގްރޫޕް 2

އެފް- ހަވިއްތަ ސްޕޯޓްސް

ޖީ-މާލެގަން ސްޕޯޓްސް ކްލަބް

އެޗް- ދިގުވާޑު އެފްސީ

އައި-ފުނާޑު އެފްސީ

ޖޭ-މިސްކިތްމަގު އެންމެންގެ ގުޅުން

މުބާރާތުގެ މެޗުތައް ކުޅެ ތަރުތީބު:

ފުވައްމުލަކު ރިކްރިއޭޝަން ކްލަބުގެ ވެޓަރަންސް ފުޓްސަލް މުބާރާތް 2020

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !