މިހާރު ކުރިޔަށްދާ ވެޓަރަންސް ފުޓްސަލް މުބާރާތް 2020 ގެ ރޭގެ މެޗުތައް ނިމުނު އިރު މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނެ ޓީމުތައް ވަނީ ޔަގީންވެފައެވެ. ގްރޫޕް 1 އިން 1 ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދިޔައީ އެފްސީ ދޫނޑިގަލޯނާ އާއި 2 ވަނަ ޓީމުގެ ގޮތުގައި ހޯދަޑު ސްޕޯޓްސް ވިންޓޭޖެއެވެ. ގްރޫޕް 2 އިން މިސްކިތްމަގު އެންމެންގެ ގުޅުން އާއި އެފްސީ ފުނާޑު ޓީމެވެ.
ގްރޫޕް 1 ގައި ރޭ އެފްސީ ދޫނޑިގަލޯނާ ޓީމު މި މުބާރާތުގައި މިހާތަނަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އާއެކު 11-0 އިން މާދަޑު ފިސްޑާ ބަލިކޮށް ގުރޫޕްގެ 1 ވަނާގައި ފައި ހަރުކޮށްލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެފްސީ ދޫނޑިގަލޯނާ ޓީމަށް ރޭގެ މެޗުގައި 4 ގޯލު ކާމިޔާބުކޮށްދިން ލަކީ ބޮންޑް އެވެ. މި ގްރޫޕްގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ހޯދަޑް ސްޕޯޓްސް ވިންޓޭޖް އިން ވަނީ 5-3 އިން މާނޭރެ އެފްސީ ބަލިކޮށް ސެމީ ފައިނަލުގެ ދެވަނަ ޖާގަ ޔަގީންކޮށްފައެވެ.

ވެޓަރަންސް ފުޓްސަލް މުބާރާތް 2020. ދޫނޑިގަލޯނާ އާއި ހޯދަޑު ސްޕޯޓްސް ވިންޓެޖޭޖް 3-0.
މި ގްރޫޕުން ސެމީ ފައިނަލަށް ހޮވުނު 2 ޓީމުން ވެސް ވަނީ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިންމާލާފައެވެ. މި ގުރޫޕްގައި ދެން ބާކީ ކުޅެން އޮތީ އެއްމެޗެވެ. އެއީ މުބާރާތުން ކަޓާފައިވާ މާދަޑު ފިސްޑާ އާއި ދިގުވާޑު އެފްސީ މިރޭ ބައްދަލުކުރާ މެޗެވެ. މިގްރޫޕުން ދެން ކެޓީ މާނޭރެ އެފްސީ އެވެ.

ވެޓަރަނސް ފުޓސަލް މުބާރާތް 2020. މުބާރާތުގެައި އެފްސީ ދޫނޑިގަލޯނާއިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން
ގުރޫޕް 2 އިން ރޭ ކުޅެފައި ވަނީ އެއް މެޗެވެ. އެއީ މިސްކިތްމަގު އެންމެންގެ ގުޅުން އާއި މާލެގަން ސްޕޯޓްސް ކްލަބު ބައްދަލުކުރި ފޯރިގަދަ މެޗެވެ. މިމެޗު 6-3 އިން ކާމިޔާބުކޮށް މިސްކިތްމަގު އގ. ޓީމުން ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފައެވެ. މި މެޗުން މޮޅުވެގެން ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު މާލެގަމު ސްޕޯޓްސް ކްލަބަށް ވެސް އޮތެވެ. ނަމަވެސް މެޗު ގެއްލުނީއެވެ. ރޭގެ މެޗާއެކު މާލެގަމު ޓީމަށް ވަނީ ގްރޫޕް ސްޓޭޖުގެ 4 މެޗު ކުޅެ ނިމިފައެވެ. ވުމާއެކު މުބާރާތުގައި އިތުރަށް ކުރިޔަށްދިއުމުގެ ފުރުސަތު ވަނީ މުޅިންހެން ގެއްލިފައެވެ. މި ގްރޫޕުން 7 ޕޮއިންޓް ހޯދައިގެން މިސްކިތްމަގު އެންމެންގެ ގުޅުން އޮތީ ގްރޫޕްގެ ކުރީގައެވެ. ގްރޫޕްގެ ދެވަނާގައި އޮތް އެފްސީ ފުނާޑު އާއި އާއި 3 ވަނާގައި އޮތް މާލެގަމު ސކ އަށް ދެމެޗުން މޮޅުވެގެން 6 ޕޮއިންޓް ލިބިފައިވެއެވެ. ފުނާޑު ޓިމަށ ްފައިދާ 6 ގޯލު އޮތުމުން މިރޭގެ މެޗުން 7 ލަނޑުގެ ތަފާތަށްވުރެ ކުޑަ ތަފާތަކުން ބަލިވިޔަސް ސެމީފައިނަލަށް ދާނީ އެފްސީ ފުނާޑު ޓީމެވެ.

ވެޓަރަންސް ފުޓްސަލަ މުބާރާތް 2020 ޕޮއިންޓް ޓޭބަލް 3
މިރޭ އެފްސީ ފުނާޑު ޓީމާއި މިސްކިތްމަގު އގ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ގުރޫޕްގެ 1 ވަނަ ލިބޭނެއެވެ. ބަލިވާ ޓީމަކަށް 2 ވަނަ ލިބޭނެކމަށް ބެލެވޭއިރު މެޗު އެއްވަރުވެއްޖެ ނަމަ ގްރޫޕްގެ 1 ވަނަ ލިބޭނީ އެފްސީ މިސްކިތްމަގު އގ ޓީމަށެވެ. މިގްރޫޕުގެ ފަހު މެޗުގައި މިރޭ ބައްދަލުކުރާނީ މުބާރާތުން ކަޓާފައިވާ ދިގުވާޑު އެފްސީ އާއި ހަވިއްތަ ސްޕޯޓްސް އެވެ.
މިމުބާރާތުގެ ގްރޫޕް މެޗުތައް މިރޭ ގްރޫޕް މެޗުތައް އެއްކޮށް ނިމި ސެމީ ފައިނަލުގެ 2 މެޗު މާދަމާ ރޭ ކުޅުމަށް ތާވަލަށް ވަނީ ބަދަލު ގެނެސްފައެވެ.
މިރޭގެ މެޗުތައް:
8:00 ގައި ގްރޫޕް 2، މިސްކިތްމަގު އެންމެންގެ ގުޅުން އާއި އެފްސީ ފުނާޑު
9:00 ގައި ގްރޫޕް 1، ފިސްޑާ(މާދަޑު) އާއި އެފްސީ ދަޑިމަގު
10:00 ގައި ގްރޫޕް 2، ދިގުވާނޑު އެފްސީ އާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް

ވެޓަރަންސް ފުޓްސަލަ މުބާރާތް 2020 ސްކޯޗާޓް އަދި ޝެޑިއުލް (އިސްޅާހު ކުރެވިފައި)
ޚިޔާލުތައް