A wide advertisement which will be shown on all devices. (700 x 100)

ހުޑުސަން އޮޑޮއި އިގިރޭސިވިލާތް ދޫކޮށް ގާނާގެ ގައުމީ ފުޓުބޯޅަ ޓީމަށް!

އިގިރޭސިވިލާތުގެ ޗެލްސީގެ ޓީމަށް ކުޅެމުން އަންނަ އިގިރޭސިވިލާތުގެ ލަންޑަނަށް އުފަން ހުޑުސަން އޮޑޮއި އިގިރޭސިވިލާތުގެ ގައުމީ ޓީމަށް ކުޅުމަށްފަހު ގާނާގެ ގައުމީ ޓީމަށް ބަދަލުވުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނަންފަށައިފިއެވެ. އެގޮތުން، ގާނާގެ ފުޓުބޯޅަ ޚަބަރުތައް ގެނެސްދޭ ގާނާ ސޮކާނެޓުން ބުނެފައިވަނީ ހުޑުސަން އޮޑޮއި ގާނާގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެން ނިންމާފައިވާ ކަމަށެވެ. މިނިންމުން އޭނާ ނިންމާފައިވަނީ ދާދިފަހުން އިގިރޭސިވިލާތުގެ ސަޕޯޓަރުން އެގައުމުގެ ގައުމީޓީމަށް ކުޅުނު ކަޅުނަސްލުގެ ތިން މީހަކަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރުމާއި ވިދިގެން ކަމަށެވެ.

އެތިން ކުޅުންތެރިންނަށް އިގިރޭސި ސަޕޯޓަރުންތަކެއް ސޯޝަލް މީޑިއާގައި ފުރައްސާރަކޮށްފައިވަނީ ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި އިގިރޭސިވިލާތުގެ ގައުމީ ޓީމާއި އިޓަލީވިލާތުގެ ގައުމީ ޓީމު ބައްދަލުކުރި މެޗު ދެޓީމު އެއްވަރުވެގެން ނިމުމުގެ ސަބަބުން މޮޅުވާ ޓީމެއް ކަނޑައެޅުމަށް ޖެހި ޕެނަލްޓީގެ ތެރެއިން އިގިރޭސި ޓީމުގެ ކަޅުނަސްލުގެ ތިން ކުޅުންތެރިއަކު ޖެހި ޕެނަލްޓީތައް ނާކާމިޔާބުވުމުންނެވެ. އެތިން ކުޅުންތެރިންނަށް ދިމާވިފަދަ ނަސްލީ ފުރައްސާރަކުރުންތަކަށް ހުޑުސަން އޮޑޮއި އިގިރޭސި ޓީމަށް ކުޅޭނަމަ އެފަދަ ނަސްލީ ފުރައްސާރަތަކަކާއި ދިމާވެދާނެކަމަށް އޭނާ ގަބޫލުކުރާ ކަަމަށްވެސް ގާނާސޮކާނެޓުން ރިޕޯޓުކުރެއެވެ.

ހުޑުސަން އޮޑޮއި އިގިރޭސި ގައުމީ ފުޓުބޯޅަ ޓީމަށް ފުރަގަސްދީ ގާނާގެ ގައުމީ ފުޓުބޯޅަ ޓީމާއި ގުޅިދާނެކަމުގެ އިޝާރާތެއް ކޮށްފައިވާ ކަމަށްް އިގިރޭސި ޓެބްލޮއިޑެއް ކަމަށްވާ ޑެއިލީ މެއިލް އިންވެސް ބުނެފައިވެއެވެ.

އިގިރޭސިވިލާތަށް އުފަން 20 އަހަރުގެ ހުޑުސަން އޮޑޮއި އިގިރޭސި ގައުމީ ޓީމަށް މިހާތަނަށް ތިން މެޗެއް ކުޅެދީފައިވީ ނަމަވެސް، ފީފާގެ ގަވާއިދު ބުނާ ގޮތުން އަދިވެސް ގާނާ ޓީމަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. ހުޑުސަން އޮޑޮއި އިގިރޭސި ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅެދީފައިވަނީ 2019 ވަނަ އަހަރު ޗެކް ރިޕަބްލިކުގެ ގައުމީ ޓީމާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

ހޫނު މޫސުގެ ޗުއްޓީއަށް ހުޑުސަން އޮޑޮއި ގާނާއަށް ކުރި ދަތުރުގައި އެގައުމުގެ ރައީސް އަކޫފޯ އަޑޯ އާއި އެގައުމުގެ ކުޅިވަރާއިބެހޭ ވަޒީރު މުސްތަފާ އުސިފު އާއި ބައްދަލުކުރިއެވެ. މިބައްދަލުކުރުމަށްފަހު ހުޑުސަން އޮޑޮއި ގާނާ ގައުމީ ޓީމަށް ގެނައުމަށް މަސައްކަތްކުރުމަށް އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރަށް ރައީސް އެންގެވިކަމަށްވެސް ގާނާ ސޮނާނެޓުން ހާމަކުރެއެވެ. ހުޑުސަން އޮޑޮއި ގާނާ އަށްކުރި ދަތުރުގައި އެގައުމުގެ ކުދިބޮޑު އެންމެންގެ ފަރާތުން ހޫނު މަރުހަބާއެއް ލިބުނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !