ހޯދަޑު އަދި ދޫނޑިގަމު ފުޓްބޯޅަ ދަނޑުގެ ފެންސްޖެހުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފި

ހޯދަޑު ފުޓްބޯޅަ ދަނޑުގެ ގެ ފެންސް ޖެހުމުގެ މަސައްކަތް ހުޅުވާލައިފި- ފޮޓޯ. މަޚުލޫފު
Share on facebook
Share on twitter
Share on google

ހޯދަޑު އަވަށާއި އަދި ދޫނޑިގަމު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ފެންސްޖެހުމުގެ މަސައްކަތް ބީލަމަށް ހުޅުވާލައިފިއެވެ. ދޫނޑިގަމު ފުޓްބޯޅަ ދަނޑުގެ ފެންސްޖެހުމުގެ މަސައްކަތަށް ހުޅުވާލީ ސެޕްޓެމްބަރު 5-11 (2021) އަށެވެ. އަދި ހޯދަޑު ފުޓްބޯޅަ ދަނޑުގެ ފެންސް ޖެހުމާއި ސްޓޯރރޫމް އާއި ފާޚާނާ ހެދުމުގެ މަސައްކަތުގެ ބީލަން ހުޅުވާލީ ސެޕްޓެމްބަރު 9-18 (2021) އަށެވެ.

ހޯދަޑު ފުޓްބޯޅަ ޓާފް ދަނޑުގެ ގެ ފެންސް ޖެހުމުގެ މަސައްކަތް ހުޅުވާލައިފި

މި ދެ މަސައްކަތަށް ވެސް ބީލަމަށް ޝަރުޠުހަމަވާ، އަދި ޝައުގުވެރިވާ ފަރާތްތަކުން ބީލން ހުށަހަޅަން ޖެހެނީ ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް މެއިލް (އެޑްރެހަށް [email protected]) އަށެވެ. މި ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އިޢުލާން ނަންބަރާއި އެކު އީމެއިލުން ފޮނުވުމަށް ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތާއި ބެހޭ ތަފުސީލް ލިޔެކިޔުންތައް ފުވައްމުލައް ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯމެޓެއްގައި އީމެއިލުން ފޮނުވައިދޭނެކަމަށް ހާމަކޮށްފައި ވެއެވެ.

ދޫނޑިގަމު ޓާފު ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް – ސަބް-ބޭސް ލޭޔާ

ބީލަމާއި ގުޅޭގޮތުން އިތުރު މައުލުމާތު އީމެއިލް  މެދުވެރިކޮށް ސާފުކޮށް ދެވޭނެކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ދޫނޑިގަމު ފުޅުބޯލަ ދަނޑުގެ ބީލަން ބަލައިގަތުމާއި، ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ މި ސެޕްޓެމްބަރު 13، 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި  ހޯދަޑު ފުޓްބޯޅަ ދަނޑުގެ ބީލަން ބަލައިގަތުމާއި ބީލަން ހުޅުވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 20، 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ހޯދަދު ފުޓްބޯޅަ ދަނދުިގެ މަސައްކަތް ފަށާވައިވަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު 30ގައެވެ. އަދި އެމަސައްކަތުގެ ދަށުން ދަނޑުގެ ބިންއެއްވަރުކޮށް ޓާފްއަޅާފައި ނިންމާފައިވަނީ 2020 ވަނަ އަހަރު އެވެ.

ދޫޑިގަމް ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށްޓަކައި ސާވޭކޮށްފައި ވަނީ މިއަހަރުގެ(2021) ޖެނުއަރީ މަހު 13 ވަނަ ދުވަހު އެވެ. އަދި ސަބްބޭސް ލޭޔާގެ މަސައްކަތް ފަށާފައިވަނީ މިއަހަރު 2021، ޖޫން މަހުގެ ތެރޭގައެވެ. މިހާރު ކުރިޔަށްދަނީ ފަސްގަނޑު އެއްވަރުކޮށް ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments