A wide advertisement which will be shown on all devices. (700 x 100)

ޏ.އޭއީސީ: އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުޒައްފަރު ހައުސްއަށް

މުބާރާތުގެ ޗެމްޕއިން ޓީމު 2021

ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިންޓަ ހައުސް ފުޓުބޯޅަ މުބާރާތުގެ މިއަހަރުގެ ޗެމްޕިއަންކަން މުޒްފަރު ހައުސްއިން ހޯދައިފިއެވެ. އިއްޔެ ހަވީރު ރަސްމީ ދަނދުގައި ކުޅުނު ފައިނަލް މެޗުގައި މުޒްފަރު ހައުސް އިން ކާމިޔާބު މެޗުއެއްވަރު ވުމުން ޕެނަލްޓީޖަހަިއގެން ޝަނިވިރާޒާ ހައުސް ބަލިކޮށްގެންނެވެ. މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް މުޒައްފަރު ހައުސްގެ ޓީމެވެ.

މިމުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކުރި މެޗުން 2-0 މޮޅުވެފައި ވަނީ ޝަނިވިރާޒާ ހައުސްގެ ޓީމެވެ. މުބާރާތުގައި މުޒައްފަރު ހައުސްގެ ޓީމު ފެނުނީ ކުޅުން ރަނގަޅު ކުރަމުން އައި ތަނެވެ. އެގޮތުން ފައިނަލް މެޗުވެސް ކާމިޔާބު ކުރީއެވެ.

އިއްޔެ ކުޅުނު ފަިއނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށާއި ޗެމްޕިއަން ޓީމަށް އިނާމާއި ޓްރޮފީ އަދި މެޑެލް ހަވާލުކުރުން އޮތެވެ. ޗެމްޕިއަން ޓީމަށް މެޑެލާއި ތްރޮފީ ހަވާލުކޯށްދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލު ރަފީގެވެ. މިރަސްމިއްޔާތުގައި ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ އާއި އެހެން ބޭފުޅުން ޓްރޮފީ އައި އިނާމު ހަވާލުކޮށް ދީފައި ވެއެވެ.

މުބާރާތުގެ ރަނަރަޕް ޓީމު 2021

ފާއިތުވި މުބާރާތުގެވެސް ފަހު ދެ މެޗު މިއަދު ކުޅެ ނިމުނު އިރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ޝަނިވިރާޒާ ހައުސް އާއި މުޒްފަރު ހައުސް އެވެ. މުޒައްފަރު ހައުސް އަކީ މިމުބާރާތުގެ އެނެމް ފަހުގެ ޗެމްޕިއަނުންނެވެ.

އެންމޮޅު ގޯލްކީޕަރާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ 2021

އިންޓަ ހައުސް ފުޓުބޯޅަ މުބާރާތް 2021/2020 ގެ ވަނަތައް

ޗެމްޕިއަން ޓީމު: މުޒައްފަރު ހައުސް

ރަނަރަޕް ޓީމު: ޝަނިވިރާޒާ ހައުސް

އެންމެ ގިނަ ގޯލު ޖެހި ކުުންތެރިޔާ: މުހައްމަދު އާއިދު – މުޒައްފަރު ހައުސް

އެންމެމޮޅު ގޯލްކީޕާރު: މުހައްމަދު ރައްޔާން

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

މުބާރާތުގެ އެނެމް މޮޅު 5 ކުޅުންތެރިން 2021

އަހުމަދު އަމާން ޖަމްޝީދު – މުޒައްފަރު ހައުސް

އަބްދުﷲ ބާސިތު އިބްރާހިމް – ޝަނިވިރާޒާ ހައުސް

އަލީ އަންސާރު – ޝަނިވިރާޒާ ހައުސް

އިބްރާހިމް އިބާން ފަޔާޒު – އަމީނު ހައުސް

މުހައްމަދު ލޫތު އާގިސް – އިމާދު ހައުސް

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޕޮއިންޓް ޓޭބަލް

މުބާރާތުގެ ޕޮއިންޓް ޓޭބަލް 2021

ރަސްމީ ބޯޅަދަނޑުގައި ކުރިޔަށްގެންދާ މި މުބާރާތުގައި ވާދަކުރަނީ ޏ.އޭއީސީ 4 ހައުސްގެ ޓީމުތަކުންވެ.

މުބާރަތުގެ މެޗުތައް

1 ނޮވެމްބަރު ހެނދުނު އިމާދު ހައުސް 3 – 0 އަމީނުހައުސް

1 ނޮވެމްބަރު ހަވީރު ޝަނިވިރާޒާ ހައުސް 2 – 0 މުޡައްފަރު ހައުސް

3 ނޮވެމްބަރު ހެނދުނު އިމާދު ހައުސް 0 – 2 ޝަނިވިރާޒާ ހައުސް

3 ނޮވެމްބަރު ހަވީރު އަމީނުހައުސް 0 – 6 މުޡައްފަރު ހައުސް

5 ނޮވެމްބަރު ހެނދުނު އިމާދު ހައުސް 2 – 3 މުޡައްފަރު ހައުސް

5 ނޮވެމްބަރު ހަވީރު އަމީނުހައުސް 2 -1 ޝަނިވިރާޒާ ހައުސް

6 ނޮވެމްބަރު ހަވީރު ފައިނަލް މެޗު: ޝަނިވިރާޒާ ހައުސް އާއި މުޡައްފަރު ހައުސް

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !