A wide advertisement which will be shown on all devices. (700 x 100)

ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްގެ ހަރަކާތްތަކާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި މަޝްވަރާކޮށްފި

ކްރިކެޓް ފުވައްމުލައް

ކުރިޔަށް ޮއތް 2022 ވަނަ އހަރު ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ކުރިޔަށްގެންދާ ހަރަކާތްތަކާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މަޝްވަރާކޮށްފިއެވެ. ފާއިތުވި ބުދަ (24 ނޮވެމްބަރު 2021)ގައި ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގެ މީޓިން ރޫމުގައި ކުރިޔަށްގެންދިޔަ މިބައްދަލުވުމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ކްރިކްޓް ޑިވެލޮޕްމެންޓް ކޯޗް  މުހައްމަދު ލިއަމް ލިއަމް މެކްކމެސްކީ އާއި ފުވައްމުލައް ސިޓީ ކައުންސިލްގެ އިސް ފަރާތްތަކުން ބައިވެރިވެފައި ވެއެވެ.

މިބައްދަލުވުމުއި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވީ މޭޔަރު އިސްމާޢިލް ރަފީޤު އާއި ކައުންސިލަރު މުހައްމަދު އިސްމާޢިލްގެ އިތުރުން ސެކެޓްރީ ޖެނެރަލް އަސްލަމް ރަޝީދު އެވެ.

ކްރިކެޓް ޕްރޮގްރާމްތަކުގެ މަޝްވަރާ ބައްދަލުވުން 2021

މިބައްދަލުވުމުގައި ކުރިއަށް އޮތް އަހަރު ކްރިކެޓް ބޯޑު އޮފް މޯލްޑިވްސްއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ކަންކަމާއި ގުޅެ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މަޝްވާރާ ކުރެވުނުކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އަދި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފާއިތުވި 10 އަހަރު ތެރޭގައި ކާމިޔާބު ކަމާއިއެކު “ސާކް އަންޑާ 23” ކްރިކެޓް ޓޯނަމެންޓް ބޭއްވުނުކަން މި ބައްދަލުވމުގައި ކްރިކެޓް ބޯޑުން ފާހަގަ ކުރެއްވިއެވެ.
+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !