A wide advertisement which will be shown on all devices. (700 x 100)

ރަމަޟާން ކްރިކެޓް ކާނިވާ: ސެމީ ފައިނަލަށް ފަހު ޖާގައަށް ޓީމް 2 އެކުވެރި ފުނާޑު

ރަމަޟާން ކްރިކެޓް ކާނިވާލް 2022- ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް

މިހާރު ފުވައްމުލަކު ކުރިކެޓްް ދަނޑުގައި ކުރިޔަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ގްރޫޕް މެޗުތަކުގެ ފަހު މެޗުތައް އިއްޔެ ކުޅެ ނިމިއްޖެއެވެ. އިއްޔެ ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށްގެން ސެމީ ފައިނަލުގެ ފަހު ޖާގަ ހޯދީ ޓީމް 2 އެކުވެރި ފުނާޑުގެ ޓީމެވެ.

އިއްޔެގެ ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމު 1 ފްރެންޑްސް ކްލަބު ފުނާޑު އާއި ޓީމް 2 ފުރެންޑްސް ކްލަބު ފުނާޑުގެ އެވެ. މެ މިޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. ގުރުން ދިމާވެގެން މިމެޗުގައި ފުރަތަމަ ބެޓް ކުރަން ނުކުތީ ޓީމް 2 ފުރެންޑްސް ކްލަބު ފުނާޑެވެ.

ރަމަޟާން ކްރިކެޓް ކާނިވާލް 2022- ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް

މެރީ ސަމާ އަދި ޚަދީޖާ ސަމާ  ބެޓިންގައި ގިނަވަގުތު ހިފަހައްޓާލީ 48 ލަނދުން ޓީމް 1 މޮޅުކުރުމުގެ އަމާޒުގައެވެ. އެގޮތުން އެޓީމުގެ ރަފީއު ވަނީ 11 ބޯޅައިން 16 ލަނޑު ހަދާފައެވެ. އަދި ފަހު އޯވަރުގައި އޭނާ ވަނީ 2 ބޯޅަ 4 އަށް ޖަހައި އެއްބޯޅަ 6 އަށް ވެސް ޖަހާފައެވެ. ނަމަވެސް އެޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވީ ޓީމް 2ގެ ސްކޯއާއި އަރާ ހަމަ ނުކުރެވި، ބާކީ 2 ބޯޅަ އޮއްވައެވެ.

ވުމާއެކު މިމެޗުން ޓީމް 2 ފުރެންޑްސް ކްލަބު ފުނާޑު މޮޅުވީ 6 ލަނޑުންނެވެ.

ރަމަޟާން ކްރިކެޓް ކާނިވާލް 2022- ގްރޫޕް ސްޓޭޖްގެ ފަހު ޝާފިއު (ވ)

އިއްޔެގެ ދެވަނަ މަޗުގައި ބައްދަލުކުރީ ފުވައްމުލައް ސިޓީ ކައުންސިލް ޓީމުއާއި އެކުވެރި ފުނާޑު ޓީމެވެ. މިމެޗުން މޮޅުވެގެން ފުވައްމުލައް ސިޓީ ކައުންސިލް ޓީމަށް މުބާރާތުގައި ކުޅުނު 3 މެޗުން ވެސް މޮޅުވެ ގްރޫޕްގެ 1 ވަނަ ހޯދޭނެއެވެ. ހަމަ އެގޮތަށް ފާހަގަ ކުރެވޭ ބައެއް ހުނަރުވެރި ކުޅުންތެރިން ތިބި އެކުވެރި ފުނާޑު ޓީމަށް މުބާރާތުގައި 3 ބަލި ނުވެ ސަލާމަތް ވުމަށް މިމެޗުން މޮޅުވާން ޖެހެއެވެ.

ފުރަތަމަ ބެޓް ކުރަން ނިކުމެ ފުވައްމުލައް ސިޓީ ކައުންސިލުގެ ޝާފިއު އަލީގެ ކުޅުން މިމެޗުގައި ވެސް ފާހަގަ ވެގެން ދިޔައެވެ. އޭނާ 10 ލަނޑު ހެދިއިރު ޓީމުގެ ޖުމުލަ އަކީ 35 ލަނޑެވެ.

ޖަވާބުގައި ކުޅެން ނުކުތް އެކުވެރި ފުނާޑު ޓީމުގެ މުހިންމު ކުޅުންތެރިން ނުބައިވެގެން ދިޔުމާއެކު ވެސް ވަރަށް ހިތްވަރުކުރިއެވެ. އެޓީމަށް މެޗު ގެއްލުނީ ފަހު ވަގުތު 2 ބޯޅައިން 4 ލަނޑު ހަދައިގެން މޮޅުވާން ފުރުސަތު އޮތްވައެވެ.

މިމެޗުން ފުވައްމުލައް ސިޓީ ކައުންސިލުގެ ޓީމު މޮޅުވީ 2 ލަނޑުންނެވެ.

ރަމަޟާން ކްރިކެޓް ކާނިވާލް 2022- ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް

ސެމީ ފައިނަލަށް ހޮވުނު ޓީމުތައް

ގްރޫޕް އޭ: ދަޑިމަގު ސިކްސާސް އާއި ޓީމް 2 ފުރެންޑްސް ކްލަބު ފުނާޑުއެވެ.

ގްރޫޕް ބީ: ފުވައްމުލައް ސިޓީ ކައުންސިލް ޓީމު އާއި ދޫނޑިގަލޯނާ ޓީމު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !