A wide advertisement which will be shown on all devices. (700 x 100)

ރަމަޟާން ކްރިކެޓް ކާނިވާ: 3ވަނަ ދުވަހު މޮޅުވީ ދޫނޑިގަލޯނާ ޓީމާއި ދަޑިމަގު ސިކްސާސް ޓީމު

އިއްޔެގެ މެޗުގެ ބައެއް ކުލުންތެރިން - 2022

ފުވައްމުލަކު ކުރިކެޓްް ދަނޑުގައި މިހާރު ކުރިޔަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ 3ވަނަ ދުވަހު ކުޅުނު ދެމެޗު ކާމިޔާބުކުރީ ދޫނޑިގަލޯނާ ޓީމާއި ދަޑިމަގު ސިކްސާސް ޓީމެވެ.

އިއްޔެގެ ހަވީރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ދަޑިމަގު ސިކްސާސް އާއި ޓީމް 1 ފުރެންޑްސް ކްލަބް ފުނާޑު ޓީމެވެ. މިމެޗުގައި ފުރަތަމަ ބެޓް ކުރަން ނުކުތީ ދަޑިމަގު ސިކްސާސް ޓީމުންނެވެ. އެޓީމުން 6 އޯވަރުގެ ތެރޭގައި 61 ލަނޑު ހެދީ 2 ވިކެޓް ގެއްލިގެންނެވެ. މިމެޗުގައި އެންމެ ގިނަ ލަނޑު ހެދީ އިބްރާހިމް އަރީޝް އެވެ. އޭނާ ވަނީ  14 ބޯޅައަށް ކުރިމަތިލައި 32 ލަނޑު ހަދާފައެވެ.

ޑޭ 3: އިއްޔެގެ ކްރިކެޓް މެޗުގެ ތެރެއިން

ޖަވާބުގައި ކުޅެން ނުކުތް ޓީމް 1 ފުރެންޑްސް ކްލަބް ފުނާޑު ޓީމަށް އެކަށީގެންވާ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ދަތި އުނދަގުލުން އެޓީމުގެ 6 އޯވަރުގައި ހެދުނީ 33 ލަނޑެވެ.

ވުމާއެކު މިމެޗުން ދަޑިމަގު ސިކްސާސް ޓީމު މޮޅުވީ 19 ލަނޑުންނެވެ.

އިއްޔެގެ ދެވަނަ މަޗުގައި ވާދަކުރީ ދޫނޑިގަލޯނާ ޓީމުއާއި އެކުވެރި ފުނާޑު ޓީމެވެ. ދޫނޑިގަލޯނާގެ ފުރަތަމަ މެޗުން ބަލިވެފައި ވުމުން މިމެޗުގައި މޮޅުވުމަށް އިތުރަށް މަސައްކަތް ކުރަން ޖެހުނެވެ. އެގޮތުން ފުރަތަމަ ބެޓް ކުރަން ނިކުމެގެން މޮޅެއް ހޯދުމަށް ޕްރެޝަރުގައި ކުޅެން ޖެހުނެވެ. އެގޮތުން ކުރި ހިތްވަރުން އެޓީމު ވަނީ 5 ވިކެޓަށް 54 ލަނޑު ހަދާފައެވެ.

ޑޭ 3: އިއްޔެގެ ކްރިކެޓް މެޗުގެ ތެރެއިން

ޖަވާބުގައި ކުޅެން ނުކުތް އެކުވެރި ފުނާޑު ޓީމުގެ ބެޓްސްމަން މުހައްމަދު މާއިލް ވަނީ ކުރީ އިނީންސްގައި މޮޅަށް ބޯޅަ ހޮވައި، ބެޓްކުރަން ނުކުމެ 20 ބޯޅަ އިން 23 ލަނޑު ހަދާފައެވެ. ނަމަވެސް ދޫނޑިގަލޯނާ ޓީމުގެ އުކުމުން އެކުވެރި ފުނާޑު ޓީމު ޕްރެޝަރަށް ވައްޓާލިއެވެ. އެއާއެކު ފަހު ދެ އޯވަރުގައި ދޫނޑިގަލޯނާ މެޗު ކާމިޔާބު ކުރުމަށް ކުރި ހިތްމަތުގެ ނަތީޖާ ލިބިގެން ދިޔައެވެ.

މިމެޗުން ދޫނޑިގަލޯނާ ޓީމު މޮޅުވީ 6 ލަނޑުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !