މިހާރު ފުވައްމުލައް ސިޓީގައި ކުރިޔަށްދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ދެވަނަ ދުވަހު ކުޅުނު ދެމެޗު ކާމިޔާބުކުރީ ފުވައްމުލައް ސިޓީ ކައުންސިލް ޓީމާއި ގެރަގަނޑޮ ފަންނޮ ޓީމެވެ.
އިއްޔެގެ ހަވީރު ފުރަތަމަ މެޗުގައި ފުވައްމުލައް ސިޓީ ކައުންސިލް ޓީމާއި ވާދަކުރީ ދޫނޑިގަލޯނާ ޓީމެވެ. މިމެޗުގައި ފުރަތަމަ ބެޓް ކުރުން ނުކުތީ ސިޓީ ކައުންސިލްގެ ޓީމުންނެވެ. ފަރުވާތެރިކަމާއެކު ބެޓްކުރުމުން ދިޔަ އެޓީމުން 6 އޯވަރުގެ ތެރޭގައި 69 ލަނޑު ހެދިއެވެ. އެންމެ ގިނަ ލަނޑު ހެދީ ޑީޑީ 16 އާއި ޝާފިއު އަލީ 14 އެވެ.

ކްރިކެޓް ކާނިވަލްގެ 2 ވަނަ ދުވަހުގެ ކުޅުން 2022
ޖަވާބުގައި ކުޅެން ނުކުތް ދޫނޑިގަލޯނާގެ ޒުވާން ޓީމަސް ދިމާވި މައްސަލައަކީ މާބޮޑަށް މެޗުން މޮޅުވެވިދާނެ ކަމުގެ އިތުބާރުބޮޑުވެ އޮވާ-ކޮންފިޑެންސް ވުމެވެ. އެޓީމުގެ މުހައމްދު އާރިޒް 22 ލަނޑު ހަދައި މެޗުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާއަށް ވިއެވެ. ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާއަކީ ފުވައްމުލައް ސިޓީ ކައުންސިލް ޓީމުގެ ޝާފިއު އަލީ އެވެ. އެއީ އޭނާގެ ހެދި 14 ލަނޑާއި 2 ވިކެޓް ނެގުމުގެ އިތުރުން ބޯޅައެއް ހިފައި ކުޅުންތެރިއަކު ނުބައި ކުރުމުންވެ.
މި މެޗުން ފުވައްމުލައް ސިޓީ ކައުންސިލް ޓީމު މޮޅުވީ 8 ލަނޑުންނެވެ.

ފުވައްމުލައް ސިޓީ މޭޔާ ކުރިކެޓް ކުޅުއްވަނީ – 2022
އިއްޔެގެ ދެވަނަ މަޗުގައި ވާދަކުރީ ގެރަގަނޑޮ ފަންނޮ ޓީމުއާއި އެކުވެރި ފުނާޑު ޓީމެވެ. ގުރުން ދިމާވެގެން ގެރަގަނޑޮ ފަންނޮ ޓީމުން ބޭނުންވީ ފުރަތަމަ ބެޓް ކުރުމަށެވެ. އެޓީމުން 6 އޯވަރުގެ ތެރޭގައި 3 ވިކެޓަށް 54 ލަނޑު ހެދިއެވެ.

ދެވަނަ ދުވަހުގެ ދެވަނަ މެޗުން މޮޅުވީ ގެރަގަނޑޮ ފަންނޮ ޓީމު – 2022
ޖަވާބުގައި ކުޅެން ނުކުތް އެކުވެރި ފުނާޑު ޓީމަށް ބެޓް ކުރަން ވަރަށް ބޮޑަށް އުނދަގޫވެގެން ދިޔަ ތަން ފެނުނެވެ. ގެރަނަޑޮ ފަންނޮ ޓީމުގެ ބާރު އުކުންތަކުން ލަނޑެއް ހެދުމަށް ފުރަތަމަ ކޮޅުގައި އުނދަގޫވި އެވެ. އެގޮތުން އެޓީމުގެ މިޒްޔާން ވަނީ 2 އޯވަރު 7 ލަނޑަށް ވިކެޓަށް ނަގާފައެވެ. މިމެޗުގައި ބެލުންތެރިން ހައިރާންކޮށްލީ ގެރަގަނޑޮ ފަންނޮ ޓީމުގެ މުހައްމަދު ޖޫދު ޝާފީ ހޮވަން ހުރެފައި އެއްލި ބޯޅައެއް ސީދާ އެއްފަހަރުން ވިކެޓްގައި ޖަހައި އިދިކޮޅު ކުޅުންތެރިޔާ ރަން-އައުޓާކުން ނުބައި ކޮށްލުމުންނެވެ.
މިމެޗުން ގެރަގަނޑޮ ފަންނޮ ޓީމު މޮޅުވީ 15 ލަނޑުންނެވެ.
މިއަދުވެސް މިމުބާރާތުގައި ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަޑިމަގު ސިކްސާސް އާއި ޓީމު 1 ފުރެންޑްސް ކްލަބު ފުނާޑުއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ދޫނޑިގަލޯނާ ޓިމާއި އެކުވެރި ފުނާޑު ޓީމެވެ.
ޚިޔާލުތައް