A wide advertisement which will be shown on all devices. (700 x 100)

ޓީ20 މުބާރާތުގައި ފުވައްމުލަކު ޒުވާން ކްރިކެޓް ޓީމުން އަންނަނީ ރަނގަޅު ކާމިޔާބީއެއް ހޯދަމުން

ފުވައްމުލައް ކުރިކެޓް ޓީމު - މާލޭގައި 23 އަހަރުން ދަށުގެ ޓީ 20 ކުރިކެޓް މުބާރާތުގައި

މިހާރު މާލޭގައި ކުރިޔަށްދާ 23 އަހަރުން ދަށުގެ ޓީ20 ކްރިކެޓް މުބާރާތުގައި ފުވައްމުލަކު ޒުވާން ކްރިކެޓް ޓީމުން އަންނަނީ ރަނގަޅު ކާމިޔާބީ އެއް ހޯދަމުންނެވެ. ކުޅުނު ފުރަތަމަ ދެމެޗުވެސް ޓީމު ވަނީ މޮޅުވެފައެވެ.

ފުވައްމުލައް ކުރިކެޓް ޓީމު – މާލޭގައި 23 އަހަރުން ދަށުގެ ޓީ 20 ކުރިކެޓް މުބާރާތުގައި 2023

މި މުބާރާތުގައި ވާދަކުރަނީ މާލޭ 2 ޓީމާއި ފުވައްމުލައް ޓީމާއި އެކު ޖުމުލަ 3 ޓީމެވެ. މުބާރާތް ކުޅެނީ ކޮންމެ ޓީމެއް ކޮންމެ ޓީމާކާއި އެކު 2 މެޗު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި ފުވައްމުލައް 23 އަހަރުން ދަށުގެ ކްރިކެޓް ޓީމު ވާދަކުރީ މާލޭ ކްރިކެޓް ބީ ޓީމާއެވެ. މިމެޗު ބޮޑު ތަފާތަކުން ފަސޭހަކަމާއެކު ކާމިޔާބުކުރީ ފުވައްމުލައް ކްރިކެޓު ޓީމެވެ.

ފުރަތަމަ މެޗު

ފުވައްމުލައް ޓީމު 203/7 އާއި މާލޭ ބީ ޓީމު 51/10

މޭ މަހު 3 ގައި މާލޭ އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ޓޮސް ދިމާކުރެވިގެން ފުވައްމުލައް ޓީމުން  ފުރަތަމަ ބޭނުން ވީ ކުޅުމަށެވެ. އެގޮތުން ބެޓް ކުރަން ނުކުމެ، އެންމެ މޮޅު 5 ބެޓްސްމަނުން، ކޮންމެ މީހަކުވެސް ދެ ނަމްބަރުގެ އަދަދަކުން ނިންމާލީ ޖުމުލަ 203 ލަނޑު ހަދައިގެންނެވެ. ވިހި އޯވަރުގެ ތެރޭގައި ފުވައްމުލަކު ޓީމުން ނުބައިވީ 7 ކުޅުންތެރިންނެވެ.

ޒުވާން މަބްސަރު އިބްރާހިމް ވަނީ 43 ބޯޅައިން ހާފް ސެންޗަރީއެއް (54 ލަނޑު) ހަދާފައެވެ. ނަސީމު އަލީ 15 ބޯޅައިން 28 ލަނޑު ހެދި އިރު މުހައްމަދު ހައިކަލް ރަންއައުޓަކަށް ނުބައިވީ 23 ބޯޅައިން 23 ލަނޑު ހަދާފައި ވަނިކޮށެވެ.

މި އިނިންސްގައި މާލޭ ބީ 11 އިން އެންމެ ރަނގަޅަށް އުކާފައި ވަނީ އަހުމަދު ނައިސަމް ނިސާހު އެވެ. އޭނާގެ 4 އޯވަރުގައި 34 ލަނޑަށް 2 ވިކެޓް ނަގާފައި ވެއެވެ. އަދި އެ ޓީމުގެ މުހައްމަދު ޒުހާން ރާޒީ ވެސް ދެ ވިކެޓް ނެގިއެވެ.

ފުވައްމުލަކު ކުރިކެޓް ޓީމާއި މޭޔަރު އިސްމާއިލު ރަފީގު ބައްދަލުކުރައްވަނީ 2023

ފުވައްމުލައް ޓީމުގެ ބޮޑު ސްކޯއަށް ޖަވާބު ދިނުމަށް ކުޅެން ނުކުމެ މާލޭ ބީ ޓީމަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އެންމެ ބޮޑުވަރެއް ވެސް ކުރެވުނީ އެ ޓީމުގެ 3 ވަނަ ބެޓްސްމަން އިސްމާއީލް ނަޒުވާން އަށެވެ. އޭނާ ވަނީ 17 ބޯޅައިން 11 ލަނަޑުހަދާފައެވެ.

މި އިނިންސްގައި ފުވައްމުލައް ޓީމުން އެންމެ ރަނަގޅަށް އުކާފައި ވަނީ 3 ވިކެޓް ނެގި މުހައްމަދު ހައިކަލް އެވެ. މަބްސަރު އިބްރާހިމް 2 ވިކެޓް ނަގާފައި ވެއެވެ. ފުވައްމުލައް ޓީމުން މާލޭ ބީ ޓީމުގެ ކުޅުންތެރިން 10 ވިކެޓުން އެއްކޮށް ނުބައިކޮށްލީ 51 ލަނޑަށެވެ. އެއީ:

އުކައި ވިކެޓް ވައްޓާލައިގެން – 6

ބޯޅަ ހިފައިގެން – 2

ރަން އައުޓް – 2

ފުވައްމުލައް ކުރިކެޓް ޓީމު – މާލޭގައި 23 އަހަރުން ދަށުގެ ޓީ 20 ކުރިކެޓް މުބާރާތުގައި 2023

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުވައްމުލައް ޓީމުގެ މަބްސަރުއެވެ. މި މެޗުން ފުވައްމުލައް ޓީމު މޮޅުވީ 152 ލަނޑުންނެވެ.

ދެވަނަ މެޗު

ފުވައްމުލައް ޓީމު 155/4 އާއި މާލޭ އޭ ޓީމު 138/8

މުބާރާތުގެ 3 ވަނަ މެޗުގައި ވާދަކުރީ ފުވައްމުލައް ޓީމާއި މާލޭ އޭ ޓީމެވެ. މި މެޗުގައި ދެޓީމު ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗު ކާމިޔާބުކުރީ ފުވައްމުލައް ޓީމުންނެވެ.

ފުވައްމުލައް ކުރިކެޓް ޓީމު – މާލޭގައި 23 އަހަރުން ދަށުގެ ޓީ 20 ކުރިކެޓް މުބާރާތުގައި- ދެވަނަ މެޗުން މޮޅުވި

މެޗުގައި ޓޮސް ދިމާވެގެން ފުވައްމުލައް ޒުވާން ޓީމު ނިންމީ ފުރަތަމަ ބެޓް ކުރުމަށެވެ. މި އިނިންސްގައި އެންމެ ރަނގަޅަ ކުޅެފައި ވަނީ 72 ލަނޑު ހެދި ނަސީމު އަލީ އެވެ. ނަސީމު އަލީ ވަނީ 3 ފަހަރު 6 އަށް ޖަހާފައި ވެއެވެ. އޭނާ އާއިއެކު މަބްސަރުގެ ކުޅުން ފާހަގަ ވެގެން ދިޔައިރު މަބްސަރު ވަނީ 19 ބޯޅައިން 21 ލަނޑު ހަދާފައެވެ. މުހައްމަދު ހައިކަލް 36 ބޯޅައިން 24 ލަނޑުހެދިއެވެ. ފުވައްމުލައް ޓީމުގެ 20 އޯވަރު ހަމަވިއިރު ނުބައިވެފައި ވަނީ 4 ކުޅުންތެރިންނެވެ.

މާލޭ އޭ ޓީމުން ފުރަތަމަ އުކަން ނުކުތް ދެ ކުޅުންތެރިންގެ 8 އޯވަރު ހަމަވިއިރު ފުވައްމުލައް ޓީމަށް ހެދުނީ 36 ލަނޑެވެ. އެޓީމުން ވިކެޓް ނެގީ ތްރަޝާ ކަވިންދާ އާއި އަލީ އިމްމާން އާއި ރަޔާން  ތޮލާލު ، ކޮންމެ މީހަކު ވެސް އެއް ވިކެޓެވެ.

ފުވައްމުލައް ކުރިކެޓް ޓީމު – މާލޭގައި 23 އަހަރުން ދަށުގެ ޓީ 20 ކުރިކެޓް މުބާރާތުގައި- ދެވަނަ މެޗުން މޮޅުވި- މާލޭ އޭ ޓީމު

ޖަވާބުގައި މާލޭ އޭ ޓީމުން ކުޅެން ނުކުމެ 20 އޯވަރުގެ ތެރޭގައި ހެދުނީ 138 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ ޝިއުސް ފަރީދު އެވެ. އޭނާ ވަނީ 36 ބޯޅައަށް 32 ލަނޑު ހަދާފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު އަލީ އިމްމާން 14 ބޯޅައިން 21 ލަނޑު ހެދިއެވެ. ޓީމުގެ ފަހު ވަގުތުކޮޅު، އަލީ ލަޔާން ހިތްވަރު ގަދަކޮށްފައި 20 ބޯޅައިން 20 ލަނޑުހެދިއެވެ.

މި އިންސްގައި ފުވައްމުލައް ޓީމުން އެންމެ ރަނގަޅަށް އުކާފައި ވަނީ  އިބްރާހިމް މަބްސަރު އެވެ. އޭނާ ވަނީ 5 ބޯޅައިން 3 ވިކެޓް ނަގައި މޮޅު އުކުމެއް ދައްކުވައި ދީފައެވެ. ފުވައްމުލައް ޓީމުން ވަނީ އިދިކޮޅުގެ 8 ވިކެޓް ނަގާފައެވެ.

ވުމާއެކު މިމެޗުން ފުވައްމުލައް ޓީމު މޮޅުވީ 17 ލަނޑުންނެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !