A wide advertisement which will be shown on all devices. (700 x 100)

އޭއީސީ ބަލިކޮށް އެމްޖޭއެސް ޗެމްޕިއަންކަން ހޯދައިފި

ފުވައްމުލަކު ސިޓީގައި ކުރިއަށްދިޔަ ސުކޫލުތަކުގެ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މުހައްމަދު ޖަމާލުއްދީން ސްކޫލުން (އެމްޖޭއެސް) ހޯދައިފިއެވެ. އެމްޖޭއެސް އިން ޗެމްޕިއަންކަން ހޯދާފައިވަނީ ޏ.އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ)ގެ ޓީމާއި ވާދަކޮށް ފުރިހަމަ ވަގުތުގައި 1-1 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެނެވެ. ޕެނަލްޓީއިން 1-4 ގެ ނަތީޖާއިން އެމްޖޭއެސް ޗެމްޕިއަންކަން ހޯދިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އެމްޖޭއެސް ކުޅުންތެރިއެކެވެ. މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމު ހޯދާފައިވަނީ އެމްޖޭއެސްގެ ޖާޒީ ނަންބަރު 13 އަހުމަދު އައުން އިބްރާހިމް ހަމީދެވެ

މިމުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ޙާފިޒު އަހުމަދުގެ ޓީމެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އޭއީސީގެ ޖާޒީ ނަންބަރު 10 އަބްދުﷲ މަހީލް މުއްތަލިބު ހޮވުނުއިރު އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްޖޭއެސްގެ ޖާޒީ ނަމްބަރު 11 އަޔާދު ނަސީރު މުހައްމަދެވެ. އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އެމްޖޭއެސްގެ ޖާޒީ ނަމްބަރު 13 އަހުމަދު އައުން އިބްރާހިމް ހަމީދެވެ.

އެމްޖޭއެސް އިން އޭއީސީގެ ޓީމުގެ މައްޗަށް ފައިނަލް މެޗުގައި ކާމިޔާބު ހޯދިއިރު ގްރޫޕް ސްޓޭޖްމެޗުގައި އޭއީސީއިން އެމްޖޭއެސް މައްޗަށް ކާމިޔާބު ހޯދާފައިވެއެވެ.

 

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !