A wide advertisement which will be shown on all devices. (700 x 100)

އެކުއެޓިކްސް ޗެމްޕިއަންޝިޕް 2025: ރާއްޖޭގެ ދެ ފެތުންތެރިން ދެ ގައުމީ ރެކޯޑެއް ހަދައިފި

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ވޯލްޑް އެކުއެޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖޭގެ ދެ ފެތުންތެރިން ކަމަށްވާ މެރަލް އައިން ލަޠީފް އާއި އާމިނަތު ތަޒްކިޔާ މިރުސާދު (ތަޒްކީ) ލޯންގް ކޯސް ކެޓަގަރީގެ ދެ ގައުމީ ރެކޯޑެއް ހަދައިފިއެވެ.

މެރަލް މި ރެކޯޑު ހަދާފައިވަނީ ވޯމަންސް 200 މީޓަރު އިންޑިވިޖުއަލް މެޑްލީ އިވެންޓުންނެވެ. އޭނާ މި ރެކޯޑު ހެދީ މި އަހަރުގެ ކުރީކޮޅު އިންގްލެންޑްގައި ޑެވޮން ކައުންޓީ ޗެމްޕިއަންޝިޕްގައި ހަދާފައިވާ ރެކޯޑު މުގުރާލާފައެވެ. މެރަލް ވަނީ މިދިޔަ އަހަރުވެސް ގައުމީ ރެކޯޑެއް ހަދާފައެވެ. ނަމަވެސް އެ ރެކޯޑު މިދިޔަ އަހަރު ސްރީލަންކާ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިންގް ޗެމްޕިއަންޝިޕްގައި ތަޒްކިޔާ މުގުރާލިއެވެ.

އުމުރުން 14 އަހަރުގެ ތަޒްކިޔާ ވަނީ ވުމަންސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުން ގައުމީ ރެކޯޑު ހަދާފައެވެ. ތަޒްކިޔާ މި ރެކޯޑު ހެދީ ހަމްނާ އަހުމަދު 2023 ވަނަ އަހަރު ހަދާފައިވާ ރެކޯޑު މުގުރާލައިގެންނެވެ. އިއްޔެ ސިންގަޕޫރުގައި ބޭއްވި ބެކްސްޓްރޯކް ހީޓް އިވެންޓުގައި ތްޒްކިޔާ ހީޓް ނިންމާލީ ހަމްނާގެ ރެކޯޑަށްވުރެ 4.2 ސިކުންތު އަވަހަށެވެ.

މި ޗެމްޕިއަންޝިޕްގައި މެރަލް އާއި ތަޒްކިޔާގެ އިތުރުން ރާއްޖޭގެ ދެ ފެތުންތެރިއެއް ކަމަށްވާ މުހައްމަދު އާން ހުސައިން އާއި މުހައްމަދު ރިހާން ޝިހާމްވެސް ވާދަކުރަމުންދެއެވެ. މި ފެތުންތެރިންގެ މި ކާމިޔާބީތަކަކީ ދިވެހި ފެތުމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !