ދެކުނު ދާއިރާ ވޮލީ މުބާރާތް ރޭ ފަށައިފިއެވެ.
މި މުބާރާތަކީ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫހު އާލަކޮށް ދިރުވުމަށާއި، މި ދާއިރާގައި ވޮލީ ކުރިއަރުވައި ތަރައްޤީ ކުރުމުގެ މަޤްސަދުގައި، ދޫޑިގަމް އަދި ފުނާޑު އަވަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެއް ކަމަށް މި މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.
މި މުބަރާތް ހުޅުވުމުގެ ގޮތުން ރޭ ކުޅެވުނު މެޗްގައި ބައްދަލު ކުރީ ފުނާޑު ހަރިކޭން ޓީމާއި ދޫޑިގަމް ،ރަށިކެޑެ ޓީމެވެ.
މި މެޗް 3 ސެޓް 2 ސެޓުން ކާމިޔާބުކުރީ ދޫޑިގަމް ރަށިކެޑެ ޓީމެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ރަށިކެޑެ ޓީމުގެ ޖޯރޒީ ންމަބަރ 13 އަޒީމާ އެވެ.
މި މުބާރާތުގެ މެޗެއް މިރޭވެސް ކުޅޭނެއެވެ. މިރޭގެ މެޗްގައި ބައްދަލުކުރާނީ ، ފުނާޑު، ޔުނިކޯރންސް އާއި ދޫޑިގަމް، އަރާކުރި ޓީމެވެ. މިރޭ އަށެއް ޖަހާއިރު ކުޅޭ މިމެޗް އޮއްނާނީ މި މުބާރާތުގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައިވާ ދޫޑިގަމް އަވަށުގެ ވޮލީ ކޯޓުގައި އެވެ.
މި މުބާރާތުގައި ޖުމްލަ 4 ޓީމް ވަނީ ބައިވެރިވެފައެވެ.
ޚިޔާލުތައް