މާލޭގެ ކްރިކެޓް ދަޑުގައި ކުރިއަށްދާ 2 ވަނަ ގައުމީ އަންހެން ޓީ20 ކްރިކެޓް މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗުގައި ފަސޭޭހަކަމާއިއެކު ވިލިގިލީ ވިޔަންސާ ބަލިކޮށް ފުވައްމުލަކު ކްރިކެޓް ޓީމު ފައިނަލަށް ދަތުރު ކޮށްފިއެވެ. އިއްޔެ ހެދުނު ކުރިއަށްދިޔަ ސެމީ ފައިނަލް މެޗުގައި ޓޮސް ދިމާކޮށްގެން ވިޔަންސާ ޓީމު ނިކުތީ ބެޓުކުރުމަށެވެ. ނަމަވެސް، ވިޔަންސާ ޓީމުން ބެޓުކުރަން ނިކުތް އެއްވެސް ކުޅުންތެރިއަކަށް ދެއަދަދުގެ އަދަދަކަށް ލަޑު ހެދޭގޮތެއްނުވެ 20 ހޯވަރުން ހަމަކޮށްލެވުނީ އެންމެ 38 ލަނޑު (ރަން) އެވެ. ފުވައްމުލަކު އުކުންތެރިންގެ ތެރެއިން އަމާނީ އާއި ހަނީފާ 2 ވިކެޓް ނެގިއިރު މިމުބާރާތުގެ މިހާތަނަށް އެންމެ ގިނަ ވިކެޓް ނެގި އައިމާ ވަނީ މިމެޗު ގައިވެސް 3 ވިކެޓް ނަގާފައެވެ.
ޖަވާބުގައި ފުވައްމުލަކު ޓީމުން ބެޓުކުރަން ނިކުމެ އެންމެ 3.3 އޯވަރުތެރޭ 38 ލަޑު ހަމަކޮށްފައިވަނީ އެންމެ ކުޅުންތެރިއަކު ނުބައިވެގެނެވެ. ފުވައްމުލަކު ޓީމުން އެންމެ ރަގަޅަށް ބެޓުކޮށްފައި ވަނީ 24 ލަނޑުހެދި ނެގި ޒޫނާ އާއި 11 ރަން ލަނޑުހެދި އައިމާއެވެ.
ފުވައްމުލަކު ޓީމު ފައިނަލް މެޗުގައި ވާދަކުރާނީ ހިންނަވަރު ހިރިޔާ އާއި ވާދަކޮށް 89 ލަނޑުން މޮޅުވި ކުނަހަންދޫ މާލޭ ސްޕޯޓްއާއި އެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މިދެޓީމު ވާދަކޮށް ފުވައްމުލަކު ޓީމު މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ. އެހެންކަމުން ފައިނަލް މެޗު ފޯރިގަދަވާނެ ކަމަށް ބެލެވެއެވެ.
ޚިޔާލުތައް