ރަމަޟާން ކުރިކެޓް މުބާރާތް މިއަދު ފެށިގެން ކުރިއަށް

Share on facebook
Share on twitter
Share on google

ފުވައްމުލަކުގައި ކުރިއަށްދާ ރަމަޟާން ކުރިކެޓް މުބާރާތް މިއަދު ހަވީރު ފެށިއްޖެއެވެ. ޖުމުލަ 6 ޓީމު ބައިވެރި މިމުބާރާތުގެ މިއަދު ހަވީރު ބައްދަލުކުރި ފުރަތަމަ މެޗުން މޮޅުވީ ޔުނައިޓެޑް އިންޑިއަން ބީ ޓީމާއި ވާދަކޮށް ޔަންގް ޓައިގާސްއެވެ. މިމެޗުގެ ޓޮސް ދިމާކޮށްގެން ޔަންގް ޓައިގާސް ނިކުތީ އުކުމަށެވެ. ޔުނައިޓެޑް އިންޑިއަން ބީ ޓީމު ބެޓް ކުރުމަށް ނިކުމެ 6 އޯވަރު ތެރޭ 3 ވިކެޓް ހެދުނީ 64 ލަޑެވެ. ޔަންގް ޓައިގާސް އިން އެންމެ ރަގަޅަށް އުކާފައިވަނީ 2 ވިކެޓް ނެގި ޝޮބޫޒެވެ. ޖަވާބުގައި ޔަންގް ޓައިގާސް ކުޅެން ނިކުމެ 3 އޯވަރު ތެރޭ 67 ލަޑު ހަދާ މިމެޗު ކާމިޔާބު ކުރިއެވެ. އެންމެ ރަގަޅަށް ބެޓުކޮށްފައިވަނީ 10 ބޯޅައިން 25 ލަޑު ހެދި މުހައްމަދު ޕަރުވޭޒެވެ. މިމެޗުގެ މޭންއޮފްދަ މެޗަކަށްވެސް ހޮވުނީ ޕަރުވޭޒެވެ.

މިއަދުގެ ދެވަނަ މެޗުގައި ވާދަކުރީ ޔުނައިޓެޑް އިންޑިއަން އޭ ޓީމާއި ޓީމު ކުރުނބާއެވެ. މިމެޗު 5 ވިކެޓުން ކާމިޔާބު ކުރީ ޔުނައިޓޭޑް އިންޑިއަން އޭ ޓީމެވެ. މިމެޗުގެ ޓޮސް ދިމާކޮށްގެން އިންޑިއާ ޓީމުން ނިކުތީ ހޮވާށެވެ. ކުރީގެ 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނުނު އާޒިން ރަފީގު ހިމެނޭ ކުރުނބާ ޓީމުން ބެޓުކުރުން ނިކުމެ 6 އޯވަރު ތެރޭ 3 ކުޅުންތެރިން ނުބައިވެ 58 ލަޑު ހެދިއެވެ. އެންމެ ގިނަ ލަނޑު ހަދާފައިވަނީ 25 ލަޑު ހެދި އާޒިން ރަފީގެވެ. ޖަވާބުގައި އިންޑިއާ ޓީމުން ކުޅެން ނިކުމެ އެންމެ ކުޅުންތެރިއަކު ނުބައިވެ 2 އޯވަރު ނުނިމެނީސް 59 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ. އިންޑިއާ ޓީމުން އެންމެ ގިނަ ލަނޑު ހަދާފައިވަނީ އެމެޗުގެ މޭން އޮފްދަ މެޗު ހޯދި ރަޝީދު ނައުފަލްއެވެ. ނައުފަލް 26 ލަނޑު ހެދިއެވެ.

މިއަދު ފެށުނު ރަމަޟާން ކުރިކެޓް މުބާރާތުގައި ބައިވެރިވެފައިވަނީ 6 ޓީމެވެ. މިހަ ޓީމަކީ ޓީމް ކުރުނބާ އާއި ދަޑީމަގު ނައިޓް ރައިޑާސް އާއި ފުވައްމުލައް ކުރިކެޓް އެކަޑަމީ އާއި ޔަންގް ޓައިގާސް އާއި ޔުނައިޓޭޑް އިންޑިއަންސް އޭ އާއި ޔުނައިޓެޑް އިންޑިއަންސް ބީ ޓީމެވެ. މިމުބާރާތް ރޭވިފައިވާ ގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރު ކުރާނެއެވެ. އަދި ދެވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކާއި ތިންވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ވާދަކޮށް މޮޅުވާ ޓީމެއް ފައިނަލަށްދާ ދެވަނަ ޓީމެއްގެ ގޮތުގައި ހޮވޭނެއެވެ. މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށެވެ.

5.0/5.0 Article rating
2 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments