A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ޓީ20 މާދު ކަޕުގެ ފައިނަލަށް ފުވައްމުލައް ކްރިކެޓް އެކަޑަމީ އާއި ބަންގްލާ ޓައިގާސް

ފުވައްމުލަކު ސިޓީގެ ކްރިކެޓް ސްޓޭޑިއަމުގައި މިހާރު ކުރިއަށްދާ ފުވައްމުލައް ޓީ 20 މާދު ކަޕް ކްރިކެޓް މުބާރާތުގެ ފައިނަލަށް ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ޓީމާއި ބަންގްލާ ޓައިގާސް ދަތުރުކޮށްފިއެވެ.  ހަތަރު ޓީމު ވާދަކުރި މިމުބާރާތުގެ ފައިނަލަށް ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ޓީމު ދަތުރުކޮށްފައިވަނީ އެޓީމު ވާދަކުރި ހުރިހާ މެޗެއް ކާމިޔާބުކޮށްގެނެވެ. ފައިނަލް މެޗުގައި ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ޓީމާއި ވާދަކުރާ ބަންގްލާ ޓައިގާސް ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖްގެ ދެވަނަ ޓީމުގެ ގޮތުގައި ކްއާޓާ ފައިނަލަށް ދަތުރުކޮށް ކްއާޓާ ފައިނަލުގައި ފުވައްމުލަކު އެކަޑަމީގެ ޓީމު އަތުން ބަލިވި ނަމަވެސް ސެމީ ފައިނަލުގައި އިންޑޯ ޓައިގާސް ބަލިކުރުމަށްފަހުއެވެ. މިމުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެންބަރު 10 ވ ާހުކުރު ދުވަހު ފުވައްމުލަކު ކްރިކެޓް ދަނޑުގައެވެ.

މިމުބާރާތުގެ ނަން މާދު ކަޕަށް ބަދަލުކޮށްފައިވަނީ ފުވައްމުލަކުގެ ކުރީގެ ކްރިކެޓް ކޯޗު އަންޕަޔާ އަދި ކުޅުންތެރިޔާ މުހައްމަދު މާދު ޝަރީފުގެ ހަދާނުގައެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !