ފުވައްމުލަކުގައި ކްރިކެޓް ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން ނިކުތް ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޝައުފު ހަސަން ރާއްޖޭގެ ގައުމީ ސީނިއާ ކްރިކެޓް ސްކޮޑަށް ވާދަކުރުމަށް މާލެއަށް ފުރައިފިއެވެ. ރާއްޖޭގެ ސީނިއާ ގައުމީ ކްރިކެޓް ސްކޮޑު އެކުލަވާލަނީ މިއަހަރު ފަހުކޮޅުގައި އޮންނަ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ވެސްޓާން ރީޖަންގެ ކޮލިފައިން ބުރުގައި ވާދަކުރުމަށެވެ.
ޝައުފު ގައުމީ ސީނިއާ ކްރިކެޓް ސްކޮޑަށް ވާދަކުރަމުންދާއިރު ޖޫނިއާ ސްކޮޑާއި އަންހެން ސްކޮޑުގައި ފުވައްމުލަކު ގިނަ ކުޅުންތެރިން ވަނީ ބައިވެރިފައެވެ. ފުވައްމުލަކުގެ ކްރިކެޓް ދަނޑު ހެދުމަށްފަހު ކްރިކެޓް ދިރުވާ ތަރައްގީކުރުމުގެ ގިނަ ހަރަކާތްތަކެއް ފުވައްމުލަކުގައި ކުރިއަށް ވަނީ ގެންގޮސްފައެވެ. އެގޮތުން، ގިނަ ޒުވާން ކުޅުންތެރިންނެއްވެސް ވަނީ އުފެދިފައެވެ. އެގޮތުން ގައުމީ އަންހެން ޓީމާއި ކްރިކެޓް ޖޫނިއާ ސްކޮޑުގައި ފުވައްމުލަކުގެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިފައެވެ.
5
4
3
2
1
- ފުވައްމުލަކުގައި ބާއްވާ ރަމަޟާން ކުރިކެޓު ކާނިވަލް މިމަހު 23 ގައި ފެށެނީ
- ފުވައްމުލަކު ޓީމު ތިންވަނައާއިއެކު މުބާރާތް ނިންމާލައިފި
- ފުވައްމުލަކު ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެއްޖެ
- ފުވައްމުލަކާއި ކުނަހަންދޫ ބައްދަލު ކުރާ މެޗު މިއަދު މެންދުރުފަހު 2 ޖަހާއިރު
- ފުރަތަމަ މެޗު މާލެ ޓީމު ގެންދިޔައިރު ދެވަނަ މެޗުން ފުވައްމުލަކު ޓީމު ބަލިވެއްޖެ