A wide advertisement which will be shown on all devices. (700 x 100)

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު މުބާރާތުގެ ޗެމްޕިއަންކަން ދޫނޑިގަމަށް

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު މުބާރާތް ޗެމްޕިއަންކަން ހޯދި ދޫނޑިގަން ޓީމް. ފޮޓޯ: ދޫނޑިގަން އެފްސީ

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު މުބާރާތް ދޫނޑިގަން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ފުވައްމުލަކު ސްޓޭޑިއަމްގައި ކުޅުނު މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލަކު ލީގްގެ ފަހު މެޗް ދަޑިމަގުގެ މައްޗަށް ދޫނޑިގަން ކުރިހޯދީ 4-0 ލަނޑުންނެވެ. ލީގުގައި ކުޅުނު ދެމެޗްގެ ތެރެއިން ފުރަތަމަ މެޗް ކާމިޔާބުކުރީ ދަޑިމަގު ޓީމެވެ. ނަމަވެސް އެމެޗް ދަޑިމަގު މޮޅުވެފައިވަނީ 1-2 އިންނެވެ. މިހެންކަމުން ފަހު މެޗް ދޫނޑިގަން 0-4 ކާމިޔާބުކުރުމުން ލީގުގެ ޗެމްޕިއަންކަން ލަނޑުގެ ތަފާތުން ލިބުނީ ދޫނޑިގަން ޓީމަށެވެ.

އިއްޔެގެ މެޗްގެ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ކުޅެ ދެ ގޯލް ކާމިޔާބުކުރީ ދޫނޑިގަން ޓީމްއެވެ. ފަހު ހާފްގައިވެސް ދެގޯލް ފެނިގެންދިޔައެވެ. ދޫނޑިގަން ޓީމަށް ގޯލްތައް ކާމިޔާބުކޮށްދިނީ ނަސްރާހް (ކިޓޭރު) އާއި ޖަޕާން ކުޅުންތެރިއެއް ކަމަށްވާ ކޭ ގެ ދެގޯލާއި ފަހު ހާފްގައި ކުޅެން ނިކުތް އަބްދުﷲ ރަޝީދު (ޕެލޭ) އެވެ.

މިނިވަން 50 ޗެމްޕިއަންޝިޕްގެ ފުވައްމުލައް ހިމެނޭ އަތޮޅުގައި ބައިވެރިވެފައިވަނީ ދެ ޓީމެވެ. އެއީ ދަޑިމަގު އަދި ދޫނޑިގަންއެވެ. ކޮންމެ އަތޮޅުކަން ޗެމްޕިއަން ޓީމް ޒޯނަށް ކޮލިފައިވާ ގޮތަށް ކުޅޭ ޒޯން މުބާރާތުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ގައެވެ. އައްޑޫ އިން ޒޯނަށް ހޮވިފައިވަނީ އައްޑޫގެ ޗެމްޕިއަން ފޭދޫ ޓީމެވެ. އެޓީމްގައި ކުރިން ގައުމީ ޓީމަށް ކުޅުން ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ. މުޅިރާއްޖޭގައި ކުޅޭ ޒޯން ތަކުގެ ޗެމްޕިއަނުންގެ ފައިނަލް ބުރެއް އައްޑޫގައި އޮންނާނެއެވެ.

ފުވައްމުލަކު ހިމެނޭ ޒޯންގައި ހިމެނެނީ އައްޑޫ އާއި ފުވައްމުލަކެވެ. 

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !