ކްރިކްޓް ފުވައްމުލައް އިން ރޯދަމަސް ފެށުމާއި ދިމާކޮށް ޖޫނިއަރ ކްރިކެޓް މުބާރާތެއް ބާއްވަބް ތައްޔާރު ވެއްޖެއެވެ. އެއްދުވަހުގެ މިކްރިކެޓް މުބާރާތް ބާއްވަނީ ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި މާދަމާ، ހޮނިހިރު ދުވަހު މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ.
މި މުބާރާތުގައި 21 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޓީމުތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.
ޓީމެއްގައި 6 ކުޅުންތެރިންނާއި އެކު 5 އޯވަރަށް ކުޅޭ މި މުބާރާތުގައި ބޭނުންކުރާނީ ސޮފްޓް ބޯލް އެވެ.
މާހެފުމަކާއެކު ބޭއްވޭ މިމުބާރާތުގެ ވަނަތަކަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ފުވައްމުލަކަކީ ރާއްޖޭގައި ޒުވާން ކްރިކެޓް ކުޅުންތެރިން އުފެއްދުމަށް ކްރިކެޓް ކޯޗިން ކުރިޔަށް ގެންދެވޭ ރަށެކެވެ.
+1
+1
ޚިޔާލުތައް
މިކަލް ނިއުސްގައި ޝާއިޢު ކުރެވޭ ލިޔުންތަކުގެ އަދަބީ ފެންވަރު ރަގަޅުކުރަން ޖެހޭ.
.ބަލައިގަންނަން. އެކަމުގައި އެހީތރިކަން ބޭނުން