“ސްމޭޝް އިޓް 2019” ގެ ނަމުގައި ފުވައްމުލައް ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތުގެ ކުޅުން މިއަދު ފެށިއްޖެއެވެ. އެމްއެންޑީއެފް-ފުވައްމުލައް އިންޑޯރ ކޯޓުގައި ކުރިޔަށް ދާ މިމުބާރާތުގައި އެކުވެރި ރޫހެއްގައި ވާދަކުރާނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން 4 ޓީމެއްގެ ގޮތުގައެވެ. އެއީ ފެހި ޓީމާއި ރަތް ޓީމާއި ނޫ ޓީމާއި އޮރެންޖް ޓީމެވެ.
މިއަދު މުބާރާތް ފައްޓަވާ ދެއްވީ ފުވައްމުލައް ސިޓީގެ ކުރީގެ ބެޑްމިންޓަން ކުޅުންތެރެއެއް ކަމަށްވާ ދޫނޑިގަމު ނޫމާނު އަލިދީދީ އެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ ސްޓާފް ބެދްމިންޓަން މުބާރާތް 2019
މިމުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދާއި މާދަމާ (ހުކުރު އަދ ހޮނިހިރު) އެވެ.
މިއީ އެ ހޮސްޕިޓަލަށް 46 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ހަރަކާތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. މީގެ އިތުރުން އެހޮސްޕިޓަލުގެ އަހަރީ ދުވަހާއި ގުޅުވައިގެން ބައިސިކަލް ބުރެއް ވެސް ވަނީ ބާއްވާފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ޓީމުތައް
5
4
3
2
1
- ޕާކިސްތާނުގެ އެމްބެސެޑަރު ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
- ދާއިމީ ދިވެހި ޑޮކްޓަރުންނާއި އެކު ފުވައްމުލައް ހޮސްޕިޓަލް ތާރީހުގެ ތެރެއަށް
- ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމުން ނަޖިސް ލީކުވާނީ
- ފުވައްމުލައް ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ދަތިތަށް ހައްލުކުރުމަށް މަސައްކަތް ކުރައްވާނަން – ނައިބް ރައިސް
- ފުވައްމުލައް ހޮސްޕިޓަލުގެ އައު އިމާރާތުގެ ކުރެހުން އާއްމު ކޮށްފި
ފުވައްމުލަކުގައި ސިއްހީ ޚިދުމަތް ދޭން ފެއްޓިތާނ 46 އަހަރު ފުވައްމުލަކުގައި އެންމެ ފުރަތަމަ ރަސްމީކޮށް ޚިދުމަތް ފެއްޓުނީ ފުނާޑު ރިޔާޒުގައެވެ. 1973ގައެވެ