ފުވައްމުލައް ސިޓީ ކްރިކެޓް ސްޓޭޑިއަމްގައި އާރޓިފިޝަލް ކްލޭ ޓާރފް ޕިޗެއް އެޅުމަށް އެކްސްޕާރޓުން ސާރވޭކޮށްފިއެވެ.
ބައިނަލްއަގުވާމީ ގޮތުން ކްރިކެޓްގެ މަތީ ހަރުފަތެއްގައި އޮތް ސްރީލަންކާގެ އެކްސްޕާރޓުންނާއި ރާއްޖޭގެ ކްރިކެޓްގެ މާހިރުން ވަނީ ދިގުވާނޑު އަވަށުގައި އޮތް ކްރިކެޓް ދަނޑުގެ ވިނަގަނޑާއި ބިންގަނޑު ބަލާފައެވެ.
ފުވައްމުލައް ސިޓީ ކްރިކެޓް ސްޓޭޑިއަމް ސާވޭކުރަނީސާރވޭއަށް ފަހު މިދަނޑުގެ ކްރިކެެޓް ޕިޗުގައި ކްލޭ ޓާފެއް އެޅުން ވެގެންދާނީ ރާއްޖޭގައި މުޅިން އަލަށް މިފަދަ ޓާފެއް އެޅިގެންދިއުން ކަމަށް ޔޫތު މިނިނސްޓަރ އަހުމަދު މަޚުލޫފު ހާމަކުރައްވާފައި ވެއެވެ.
ޔޫތު މިނިސްޓަރ މަޚުލޫފު ވަނީ ސްރީލަންކާގެ ކްރިކެޓް އެކްސްޕާރޓުންނާއި ރާއްޖޭގެ ކްރިކްޓް އޮފިޝަލުންނާއެކު މިކަމުގެ މަޝްވަރާ ކުރައްވާފައެވެ.

ޔޫތު މިނިސްޓަރ އަހުމަދު މަޚުލޫފު ކްރިކެޓް އެކްޕާރޓުންނާއިއެކު ޓާފް އެޅުމުގެ މަޝްވަރާ ކުރައްވަނީ
ފުވައްމުލަކު ކްރިކެޓް ސްޓޭޑިއަމްގައި ޒުވާން ކުރިންގެ ތަމްރީނުތައް ކުރިޔަށް ގެންދިއުމާއި ކްރިކެޓް މުބާރާތްތައް ބޭއްވުމަކީ ވަރަށް އާއްމުކޮށް ހިނގަމުން އަންނަ ކަންކަމެވެ.
އަންނަމަހުގައި އަންހެނުންގެ ކްރިކެޓް މުބާރާތެއް އަނެއްކާވެސް ބޭއްމުމަށް ތައްޔާރުވަމުން އަންނަކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.
ޚިޔާލުތައް