ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަަކު އެއްފަހަރު ބާއްވަމުން އަންނަ ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މިފަހަރު މިމުބާރާތް ބާއްވަނީ ފުވައްމުލައް ސިޓީގެ އަވަށްތަކުގެ މެދުގައެވެ.
މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 1ން ފެށިގެންނެވެ. މިއީ މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ އަވަށްތަކުން މި ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ބައިވެރިވުމަށް އެދޭ ފޯމު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް އިއުލާން ކޮށްފައި ވެއެވެ. ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަަވާއިދު ސިޓީ ކައުންސިލްގެ ރިސެޕްޝަނުންނާއި އެކައުންސިލްގެ ފޭސްބުކް ޕޭޖުން ޑައުންލޯޑު ކުރެއްވޭނެ ކަމަށް ހާމަކުރައްވައެވެ.
ފާއިތުވި އަހަރު ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނަކީ ހޯދަޑު ސްޕޯރޓްސް އެވެ.
ސިޓީ ކައުންސިލުން އިސްނަގައިގެން ދާދިފަހުން ވަނީ ފުޓްސަލް ރެފްރީން ތަމްރީނުކުރުމުގެ ކޯހެއް ވެސް ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
ޚިޔާލުތައް