ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަަކު އެއްފަހަރު ބާއްވަމުން އަންނަ ފުވައްމުލައް ސިޓީ ކައުންސިލްގެ ފުޓްސަލް މުބާރާތް މާދަމާ ފަށާނެއެވެ. މިމުބާރާތުގަިއ ބައިވެރިވި 7 ޓީމުގެ މެދުގައި ގުރުއަތުލުން 27 ސެޕްޓްެމްބަރު ގައި ވަނީ ބާއްވާފައެވެ.
ފުވައްމުލައް ސިޓީގެ އަވަށްތަކުގެ މެދުގައި ބާއްވާ މިމުބާރާތުގައި މިފަހަރު ބައިވެރިވެފައި ވަނީ ދަޑިމަގު އަވަށުން 2 ޓީމާއި ހޯދަޑު އަވަށުން 2 ޓީމު އާއި ދޫނޑިގަމު އަވަށުން 2 ޓީމު އާއި މިސްކިތްމަގު އަވަށުން 1 ޓީމެވެ.
ގްރޫޕް 1:
އޭ – ދަޑިމަގު ޖޫނިއަރސް
ބީ – ދޫނޑިލޯނާ ޖޫނިއަރސް
ސީ – ދޫނޑިލޯނާ
ޑީ – މިސްކިތްމަގު
ގްރޫޕް 2:
އީ – އެފްސީ ދަޑިމަގު
އެފް – ހޯދަޑު ސްޕޯރޓްސް
ޖީ – ޝާކްހެޑް
މާދަމ،ާ އޮކްޓޯބަރު މަހުގެ 1ން 8 އޮކްޓޯބަރ އަށް ބާއްވާ މިމުބާރާތުގެ ޓީމުތައް ވަނީ 2 ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތުގެ ފުރަތަމަ ބުރު ކުޅޭނީ ލީގު އުސޫލުން ގްރޫޕްތަކުގެ މެދުގައެވެ. ކޮންމެ ގްރޫޕަކުން އެންމެ މޮޅު ދެ ޓީމު ސެމީ ފައިނަލުގައި ކްރޮސްކޮށް ވާދަކުރާ ގޮތަށެވެ.
މުބާރާތުގެ މެޗުތައް ކުޅުމަށް ތާވަލް ކުރެވިފައި ވަނީފުޓް ކޮންމެ ދުވަހަކު ވެސް ހަވީރު 2 މެޗު ކުޅޭ ގޮތަށެވެ. ފުރަތަމަ މެޗު ފަށާނީ ހަވީރު 4:00 ގައި އަދި ދެވަނަ މެޗު ފަށާނީ 5:00 ގައެވެ.
މުބާރާތް ފެށުމުގެ ގޮތުން މާދަމާ ހަވީރު ގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ދަޑިމަގު ޖޫނިއަރސް ގެ ޓީމާއި ދޯނޑިގަލޯނާގެ ޖޫނިއަރ ޓީމެވެ. އެއިގެ ފަހުން ދެވަނަ މެޗުގައި މަދަމާ ބައްދަލުކުރަނީ އެފްސީ ދަޑިމަގު ޓީމާއި ހޯދަޑު ސްޕޯރޓް ގެ ޓީމެވެ.

މުބާރާތުގެ މެޗު-ތާވަލް 2019
މިއީފުޓްސަލް މުބާރާ މި ފުޓްސަލް މުބާރާމުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ. ފާއިތުވި އަހަރު ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަނުންނަކީ ހޯދަޑު ސްޕޯރޓްސް އެވެ.
ޚިޔާލުތައް