މިހާރު ފުވައްމުލައް ސިޓީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިޔަށްދާ ފުވައްމުލައް ސިޓީ ފުޓްސަލް މުބާރާތް 2019 ގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި މިއަދު ސެމީ ފައިނަލު މެޗުތައް ކުޅޭނެއެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ކުޅެވުނީ ގަދަ ވާރޭގެ ތެރޭގައެވެ. މި މެޗް އެފްސީ ދޫނޑިގަލޯނާއިން އެޓީމުގެ ޖޫނިއަރ ޓީމުގެ މައްޗަށް 4-1 ން ކުރި ހޯދައި ސެމީފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އެފްސީ ދޫނޑިގަލޯނާ ޓީމުގެ ޖާރޒީ ނަމްބަރު 8 އިބްރާހިމް އަސްވަދު އެވެ.

އިއްޔެގެ މެޗު (9) ގެ މޮޅު ކުޅުންތެރިޔާ: އިބްރާހިމް އަސވާދު ޖ.8 އެފްސީ ދޫނޑިގަލޯނާ
އިއްޔެ ގެ މޮޅާއެކު އެޓީމަށް ވަނީ ކުޅުނު 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕުގެ 1 ވަނަ ލިބިފައެވެ. ގްރޫޕް 1 އިން ދެވަނަ ލިބެނީ މިސްކިތްމަގު ޓީމަށެވެ. އެއީ ކުޅުނު 2 މެޗުން މޮޅުވެ 1 މެޗުން ބަލިވުމުން 6 ޕޮއިންޓާއެކު އެެވެ.

މެޗު 9: އަށް ދޫނޑިގަމު ދެޓީމު ތައްޔާރުވެފައި
ސެމީފައިނަލުގެ 2 މެޗު މިއަދު ހަވީރު ކުޅެވޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ ދޫނޑިގަލޯނާ އާއި އެފްސީ ދަޑިމަގު ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ހޯދަޑު ސްޕޯރޓްސް އާއި މިސްކިތްމަގު ޓީމެވެ.
މިމުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މާދަމާ ހަވީރު 4:30 ގައެވެ.

ގްރޫޕް ސްޓޭޖުގެ ޕޮއިންޓް ޓޭބަލް
ޚިޔާލުތައް