މިހާރު ކުރިޔަށްދާ ފުވައްމުލައް ސިޓީ ކައުންސިލް ބެޑްމިންޓަން މުބާރާތް 2019 ގެ ކުޅުން 4 ވަނަ މެޗުން މޮޅުވެ ފުވައްމުލައް ސިޓީ ކައުންސިލްގެ ރިކްރިއޭޝަން ޓީމު ފައިނުގެ ޖާގަ އާއި ގާތަށް ޖެހިލައިފިއެވެ.
ހަތަރު ޓީމު ވާދަކުރާ މިމުބާރާތުގެ އިއްޔެ ހަވީރު ފުވައްމުލައް ސިޓީ ކައުންސިލްގެ ރިކްރިއޭޝަން ޓީމު 4-3 ގޭމުން މޮޅުވީ ލިޓަސް ފުވައްމުލައް ޓީމާއި ވާދަކޮށެވެ. ކުޅުނު ދެ މެޗުން މޮޅުވެ ފައިނަލުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެފައި ވަނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ރިކްރިއޭޝަން ޓީމަށެވެ.
މުބާރާތުގެ އެންމެ ފަހު މެޗުގައި އެޓީމު ވާދަކުރާނީ މިމުބާރާތުގައި ދެން ފެނުނު އެންމެ ވަރުގަދަ އެއްޓީމު ކަމަށްވާ ފުވައްމުލައް ހޮސްޕިޓަލްގެ ޓީީމާއެވެ.
އެމްއެންޑީއެފް-ފުވައްމުލައް އިންޑޯރ ބެޑްމިންޓަން ކޯޓުގައި ކުޅޭ މިމުބާރާތުގައި މިއަދު ބައްދަލުކުރަނީ ފުވައްމުލައް ސިޓީ ފުވައްމުުލައް ޑައިވް ސްކޫލުގެ ޓީީމާއި ލިޓަސް ފުވައްމުލައް ޓީމެވެ.

ސިޓީކައުންސިލްގެ ބެޑްމިންޓން މުބާރާތުގެ 4 ވަނަ މެޗު: 4-3 ކާމިޔާބުކުރީ އެފްސީސީ ރިކްރިއޭޝަން ޓީމު.
ޚިޔާލުތައް