މިހާރު ކުރިޔަށްދާ ޔޫތު ޔޫތް މިކްސް ވޮލީ ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ކުޅެ ނިމުނުއިރު އެމްޖޭއެސް ޓީމު ވަނީ ޑްރީމް ކިލަރސް ބަލިކޮށް ސީދާ ފައިނަލުގެ ޖާގަ ހޯދާފައެވެ.
އިއްޔެގެ ފުރަތަމަ މެޗުން ބަލިވި ޑްރީމް ކިލަރސް އަށް ފައިނަލަށް ފައިނަލަށް ދިއުމުގެ ފުރުސަތު ލިބޭނީ ސެމީ ފައިނަލުގައި އެޓީމު މިއަދު ކުޅޭ މެޗުން މޮޅުވެގެންނެވެ.
އިއްޔެ ހަވީރ، މުބާރާތުގެ 5 ވަނަ މެޗުގައި އެމްޖޭއެސް ޓީމާއި ޑްރީމް ކިލަސް ބައްދަލުކުރި މެޗު 3-1 ން ކާމިޔާބުކުރީ އެމްޖޭއެސް ގެ ޓީމެވެ.
ރޭ ކުޅެވުުނު މުބާރާތުގެ 6 ވަނަ މެޗު އަދި ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާއާއި ފުވައްމުލައް ސިޓީ ޕޮލިސް ޓީމު ބައްދަލު ކުރި މެޗު 3-0 ން ކާމިޔާބުކޮށް ސެމީ ފައިނަލުގެ ޖާގަ ހޯދީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމެވެ. މި މޮޅާއެކު ސެމީ ފައިނަލުގައި މިރޭ ބައްދަލު ކުރާނީ ޑްރީމް ކިލަރސް އާއި ސިޓީ ޕޮލިސް ޓީމެވެ. މިދެޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ޑްރީމް ކިލަރސް އިން ކާމިޔާބުކޮށްފައި ވަނީ 3-1 ން ނެވެ.
ފުވައްމުލައް ކޮމިއުނިޓީ ސެންޓަރާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މިމުބާރާތުގައި ދެން ކުރިއަށްދާނީ ސެމީ-ފައިނަލް އަދި ފައިނަލް މެޗެވެ.
މިރޭ ކުޅޭ ސެމީ ފައިނަލް މެޗުގައި ބައްދަލުކުރާނީ ފުވައްމުލައް ސިޓީ ޕޮލިސް އާއި ޑްރީމް ކިލާސް އެވެ.
ގުރޫޕް ސްޓޭޖުން 1 ވަނަ ހޯދި އެމްޖޭއެސް ފައިނަލުގައި ވާދަކުރާނީ މިރޭގެ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާއެވެ.
ޚިޔާލުތައް