މިހާރު ކުރިޔަށްދާ ފުވައްމުލައް އޮފީސް ފުޓްސަލް ކަޕްގެ ދެވަނަ ދުވަހުގެ ދެ މެޗުން ސަދަރން ލިންކް ފުވައްމުލައް އާއި ފެނަކަ ރިކްރިއޭޝަން ކްލަބު މޮޅުވެއްޖެއެވެ. މިއީ މިދެޓީމުވެސ ްމުބާރާތުގައި ކުޅުނު ފުރަތމަ މެޗެވެ.
މުބާރާތުގެ 3ވަނަ މެޗުގައި ވާދަކުރީ ގްރޫޕް 1 ގެ އެފްސީސީ ރިކްރިއޭޝަން ކްލަބް އާއި ފެނަކަ ރިކްރިއޭޝަން ކްލަބެވެ. މިމެޗު 2-0 ން ކާމިޔާބުކުރީ ފެނަކަ ރިކްރިއޭޝަން ކްލަބެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ފެނަކަ ރިކްރިއޭޝަން ކްލަބުގެ ޖާޒީ ނަމަބަރު 11 އަހުމަދު އިނާނު އެވެ.
މުބާރާތުގެ 4 ވަނަ މެޗުގައި ބައްދަލުކުރީ ގްރޫޕް 2 ގެ ދެ ޓީމު ކަމަށްވާ އެމްއެންޑީއެފް ފުވައްމުލައް އާއި ސަދަރން ލިންކް ފުވައްމުލައް ޓީމެވެ. މިމެޗު 4-2 ން ކާމިޔާބުކުރީ ސަދަރން ލިންކް ފުވައްމުލައް ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ސަދަރން ލިންކްގެ ޖާޒީ ނަމްބަރު 4 އަހުމަދު މުއާޒު އެވެ.
މިމުބާރާތުގައި މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެލިކޯން އާއި އެމްއެންޑީއެފް ފުވައްމުލައް އެވެ. ދެވަނަ މެޗްގައި ވާދަކުުރާނީ ކްލަބް ވެމްކޯ އާއި ފެނަކަ ރިކްރިއޭޝަން ކްލަބެވެ.
ހަވީރުގެ ފުރަތަމަ މެޗު ފަށާނީ 4:00 ގައެވެ އަދި ދެވަނަ މެޗު ފަށާނީ 4:45 ގައެވެ.
ޚިޔާލުތައް