A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ހޯދަޑުގެ ކުޅިވަރު ލެޖެންޑް އަވަހާރަވެއްޖެ

ފުވައްމުލަކު ހޯދަޑު ފުޓުބޯޅަ ލެޖެންޑް ޝަރީފް، އިއްޔެ ރޭ ކުއްލި ގޮތަކަށް އަވަހާރަވެއްޖެއެވެ. ޝަރީފް އަވަހާރަވީ ހިރިޔާ ސްކޫލުގެ ޕީޓީއޭ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ ޕީޓީއޭ ސްޕޯޓްސް ފެސްޓިވަލްގެ ފުޓްސަލް މުބާރާތުގެ މެޗެއް ކުޅެމުން ދަނިކޮށެވެ.

ޝަރީފަކީ ފުވައްމުލަކުގެ އިޖްތިމާއީ އަދި ކުޅިވަރުގެ ދާއިރާގައި، ޚާއްޞަކޮށް ފުޓުބޯޅައިގެ ރޮނގުން ވަރަށް ބޮޑަށް ފާހަގަކުރެވިފައިވާ ފަރާތެކެވެ. އޭނާއަކީ އެންމެންނާ ގުޅުން ބަހައްޓާ، ހިތްހެޔޮ އަދި އެކުވެރި މީހެއްގެ ގޮތުގައި ވެސް މުޖުތަމަޢުގައި ފާހަގަކުރެވިފައިވާ ފަރާތެކެވެ.

ޝަރީފްގެ ޖަނާޒާގެ ކަންތައް މިއަދު 24 ޖެނުއަރީ 2025 ވަނަ ދުވަހު ހުކުރު ނަމާދަށްފަހު މަސްޖިދުއްތަޢާވުނު (އާސަހަރާ މިސްކިތް) ގައި ކުރިއަށް ގެންދެވޭނެއެވެ.
ޝަރީފްގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކުރެއްވީ ކުޅިވަރާއި އިޖްތިމާއީ ޚިދުމަތުގައެވެ. އޭނާގެ މަރުވުމަކީ ފުވައްމުލަކުގެ ކުޅިވަރު އަދި އިޖްތިމާއީ ދާއިރާއަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ގިނަ ފަރާތްތަކުން ފާހަގަކުރެއެވެ.

+1
3
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !