ފާއިތުވި 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓް ފީފާއިން ނެރެފިއެވެ. އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވޭ ފަރާތަކަށް އިނާމު ދިނުން އޮންނާނީ 27 ފެބްރުއަރީ 0023ގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މިއީ ދުނިޔޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާއަށް ހޮވަން ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ނެރުނު ލިސްޓެކެވެ.
މިފަހަރުގެ ނެރުނު 14 މީހުންގެ ލިސްޓްގައި މެސީއާއި އެމްބާޕޭ ހިމެނުނު އިރު ކްރިސްޓއާނާ ރޮނަލްޑޯ ހިމެނިފައެއް ނުވެއެވެ.
ފީފާގެ ލިސްޓގައި ހިމެނުނު 14 ކުޅުންތެރިން (ތަރުތީބެއް ނެތި)
ޖޫލިއަން އަލްވަރޭޒް – ރިވާ ޕްލޭޓް/މެންޗެސްޓާ ސިޓީ އަދި އާޖެންޓީނާ
ޖޫޑު ބެލިންގަމް – ބްރޯޝިއާ ޑޯމުންޑް އަދި އިނގިރޭސިވިލާތް
ކަރީމް ބެންޒަމާ -ރިއާލް މެޑްރިޑް އަދި ފްރާންސް
ކެވިން ޑިބްރޭނާ – މެންޗެސްޓާ ސިޓީ އަދި ބެލްޖިއަމް
އާލިން ހާލެންޑް – ބ.ޑޯމުންޑް/މެންސިޓީ އަދި ނޯވޭ
އަޝްރަފު ހަކީމީ – ޕީއެސްޖީ އަދި މޮރޯކޯ
ރޮބާޓް ލެވަންޑޮސްކީ – ބެޔާން/ބާސެލޯނާ އަދި ޕޮލޭންޑް
ސާޑިއޯ މާނޭ – ލިވާޕޫލް/ބެޔާން އަދި ސެނެގާލް
ކިލިއިން އެމްބާޕޭ – ޕީއެސްޖީ އަދި ފްރާންސް
ލިއެނަލް މެސީ – ޕީއެސްޖީ އަދި އާޖެންޓީނާ
ލޫކާ މޮޑްރިޗް – ރިއާލް މެޑްރިޑް އަދި ޕޮލޭންޑް
ނޭމާ ޖޫނިއާ – ޕީއެސްޖީ އަދި ބްރެޒިލް
މުހަައްމަދު ސަލާހު – ލިވާޕޫލް އަދި މިސްރު
ވީނިޝަސް ޖޫނިއާ – ރީއަލް އަދި ބްރެޒިލް

މެސީގެ ބައެއް ތަށިތައް
ފީފާއިން ނެރުނު ލިސްޓަށް ދެން އޮންނާނީ ގައުމީ ޓީމުތަކުގެ ކޯޗުންނާއި ކެޕްޓަނުން، ނޫސްވެރިންނާއި، ބެލުންތެރިންގެ ވޯޓުން އެންމެ މޮޅު ކުޅުންތެރިއަކު ހޮވުމެވެ. މި 4 މިބައިން ކޮންމެ ބަޔަކަށް ވެސް ލިބެނީ ޖުމުލަ މާކްހުގެ %25 އެވެ. ބެލުންތެރިން ނުވަތަ ސަޕޯޓަރުންގެ ތެރެއިން މިވޯޓު ލެވެނީ ފީފާގައި ފުޓުބޯޅަ ފޭންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށެވެ. ވޯޓު ދޭން ޖެހެނީ ތަރުތީބުން 1، 2 އަދި 3 ޖަހައިގެން އެނެމެ މޮޅު ތިން ކުޅުންތެރިކަށެވެ.
މިފަހަރުގެ ލިސްޓްގައިވެސް އެންމެ މަގުބޫލީ އާޖެންޓީނާގެ ލިއޮނެލް މެސީއެވެ. އެއީ އޭނާ ވަނީ ގައުމީ ޓީމަށް ކޮޕާ އެމެރިކާ ތައްޓާއި ޔޫރަޕާއި ދެކުނު އެމެރިކާ ކަޕް ނުވަތަ ފައިނަލިސްމާ ތަށި އަދި ވޯލްޑްކަޕުގެ އިތުރުން އޭނާގެ ކްލަބު ޕީއެސްޖީއިން ވަނީ ލީގުތަށި ވެސް ހޯދާފައެވެ. އަދީ ވޯލް ޑްކަޕްގެ އެންމެ ގިނަ މެޗުގެ މޭން އޮފްދަ މެޗާއި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވުމުން އޭނާއާއި ކައިރިން ވާދަކުރެވޭ ވަރުގެ ކުޅުންތެރިއަކު ވެސް ނެތްކަމަށް އޭނާގެ ސަޕޯޓާރުބް ބުނެއެވެ.
ޚިޔާލުތައް