މިއަދު ހަވީރު ކުޅެވުނު މެޗުން ހޯދި ބޮޑު މޮޅާއެކު ފުވައްމުލަކު އެއަރޕޯރޓްސް ރިކްރިއޭޝަނަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ވެއްޖެއެވެ. އެއާއެކު ގްރޫޕް 2 ން 2 ޓީމުވަނި ސެމީ ފައިނަލަށް ހޮވިފައެވެ. ނަމަވެސް ގްރޫޕްގެ އެއްވަނަ ޓީމު ކަނޑައެޅޭނީ ގްރޫޕްގެ ފަހުމެޗުގައި މިދެޓީމު ބައްދަލުކުރާ މެޗުގެ ނަތީޖާ އިންނެވެ. މިއަދުގެ ދެ ވަނަ މެޗުގައި ޕޮލިހާއި ސަދާރން ލިންކް ގެ މެޗު ފީ އެއްވަރެވެ.
މުބާރާތުގެ 7 ވަނަ މެޗުގައި ވާދަކުރީ ފުވައްމުލަކު އެއަރޕޯރޓްސް ރިކްރިއޭޝަން އާއި އެފްސީސީ ރިކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗު 6-0 ގެ ބޮޑު ތަފާތަކުން މޮޅުވީ އެއަރޕޯރޓްސް ރިކްރިއޭޝަން ކްލަބެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ އެއަރޕޯރޓްސް ރިކްރިއޭޝަން ޓީމުގެ ޖާރޒީ ނަމްބަރު 10 އިސްމާއީލް އަލީފު އަހުމަދެވެ. މި މޮޅާއެކު ކުޅުނު ދެމެޗުން މޮޅުވެގެން އެޓީމަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ލިބިފައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެއަރޕޯރޓްސް ރިކްރިއޭޝަން ބައްދަލުކުރާނީ ފެނަކަ ރިކްރިއޭޝަން ކްލަބާއެވެ.
މުބާރާތުގެ 8 ވަނަ މެޗުގައި ސަދާރން ލިންކް ފުވައްމުލައް އާއި ބައްދަލުކުރީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމެވެ. މިމެޗު 3-3 ން ވީ އެއްވަރެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކީ ޖާޒީ ނަމްބަރު 99 ހުސެއިން ނިމާޙު މުހައްމަދެވެ. މިމެޗު އެއްވަރުވުމުން ޕޮލިސް ޓީމަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނި ވެފައެވެ. އެއީ ކުޅުނު ދެމެޗުން އެންމެ ޕޮއިންޓެއް ލިބުމުންނެވެ. މިގްރޫޕްގެ އެމްއެންޑީއެފް ފުވައްމުލައް ޓީމަށް ވެސް ސެމީ ފައިނަލަށް ދެވޭނީ ގްރޫޕުގެ ފަހު މެޗުގައި ޕޮލިސް ޓީމު ބަލިކޮށްގެން އަދި ގްރޫޕުގެ އަނެއް ދެ ޓީުގެ މެޗުގެ ނަތީޖާއަށް ބަލއިގެންނެވެ.
މި ގްރޫޕުގައި އެއްވެސް ޓީމަކަށް ސެމީ ފައިނަލުގެ ފުރުސަތު އަދި އެއްކޮށް ނުގެއްލެއެވެ. އެންމެ ކުރީގައި އޮތް ސަދާރން ލިންކް ފުވައްމުލައް ޓީމަށްވެސް ފަހުމެޗުން ބަލިވެއްޖެ ނަމަ ސެމީ ފައިނަލުގެ ފުރުސަތު ގެއްލިދާނެއެވެ.
މިމުބާރާތުގައި މާދަމާގެ މެޗުތައް:
ހަވީރު 4:00 ގައި އެލިކޯން އާއި ސަދާރން ލިންކް ފުވައްމުލައް
ހަވީރު 4:45 ކަލްބް ވެމްކޯ އާއި އެފްސީސީ ރިކްރިއޭޝަން ކަލްބެވެ.
މާދަމާގެ ދެ މެޗަކީ ވެސް ކޮންމެ ޓީމަކަށް ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ފަހު މެޗެވެ.
ޚިޔާލުތައް