A wide advertisement which will be shown on all devices. (700 x 100)

އަތޮޅު ކައުންސިލް ވޮލީ ބޯޅަ މުބާރާތުގައި އަންހެން ހަތަރު ޓީމް އަދި ފިރިހެން ހަ ޓީމް

ފިރިހެންބައިގެ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ފިސްޑާ ޓީމް

ފުވައްމުލަކު ސިޓީގެ ފުވައްމުލަކު އަތޮޅު
ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ މުބާރާތުގެ ގުރުއަތުލުން މިއަދު
ބާއްވައިފިއެވެ.

ފިރިހެން ހަ ޓީމާއި އަންހެން ހަތަރު ޓީމް
ބައިވެރިވެފައިވާ މުބާރާތުގެ ފުރަތަމަ މެޗް ގައި މިމަހު 10 ވަނަ ދުވަހު
ބައްދަލުކުރާނީ އަންހެން ޑިވިޒަންގެ އެންމެ ފަހުގެ ޗެމްޕިއަން މިސްކިތްމަގު
އެންމެންގެ ގުޅުމާއި ހޯދަޑު ސްޕައިކަރސް އެވެ. މިމެޗް އޮންނާނީ 10 ވަނަ ދުވަހު
ރޭގަނޑު 20:30 ގައެވެ. ފިރިހެން ޑިވިޒަންގެ ފުރަތަމަ މެޗްގައި 11 ވަނަ ދުވަހު
ހަވީރު 16:00 ގައި ބައްދަލުކުރާނީ ނަގަނަމަގު އާއި އަފުން ޓީމެވެ.

ފިރިހެން ޑިވިޒަންގެ މެޗްތައް ކުރިއަށްދާނީ ދެ
ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް 1 ގައި ހިމެނެނީ ދިގުވާނޑު އަފުން
ޓީމާއި، ދަޑިމަގު ނަގަނަމަގު އަދި ހޯދަޑު ހިއްވަރުއެވެ. ގުރޫޕް 2 ގައި ހިމެނެނީ އެންމެ
ފަހުގެ ޗެމްޕިއަން ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން
(ފިސްޑާ) އާއި ދަޑިމަގު ނެރެގަނޑުގެ އިތުރުން އައްޑޫ ސިޓީގެ މީދޫ ވޮލީ ޓީމެވެ.

އަންހެން ޑިވިޒަންގައި ބައިވެރިވެފައިވަނީ އެންމެ
ފަހުގެ ޗެމްޕިއަން މިސްކިތްމަގު އެންމެ ގުޅުމާއި ދަޑިމަގު ރަނިންގެ އިތުރުން ފުވައްމުލަކު
ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ) އާއި ހޯދަޑު
ސްޕައިކަރސް އެވެ.

މިމުބާރާތަކީ ފުވައްމުލަކުގައި ބާއްވާ އެންމެ އަގުބޮޑު އަދި
އެންމެ ފެންވަރު ރަނގަޅު މުބާރާތެވެ. މިމުބާރާތް ޕީއެސްއެމްގެ ޔެސް ޗެނަލުން ވަގުތުން
ދައްކާގޮތަށް ހަމަޖެހިފައިވެއެވެ.

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !