ޒަމާނުއްސުރެ އެންމެ ހާފިޒުން ގިނަ އެއްރަށުގެ ގޮތުގައި މަޝްހޫރުވެފައިވާ ފުވައްމުލަކުގައި 61 ހާފިޒުން ތިބިކަމަށް މިހާރު ނޫހުން ރިޕޯޓްކޮށްފިއެވެ. އެއީ ރާއްޖޭގައި މިވަގުތު ތިބި ހާފިޒުންގެ 266 ހާފިޒުންގެ ނިސްބަތުން 23 އިންސައްތައެވެ. ފުވައްމުލަކުގައި ތިބި ހާފިޒުންގެ އެވެރެޖް އުމުރަކީ 48 އަހަރުކަމަށްވެސް މިހާރު ނޫހުން ރިޕޯޓްކުރެއެވެ. އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން އެއީ ރާއްޖޭގެ ދެވަނައަށް އެންމެ ހާފިޒުން ގިނަ ސިޓީއެވެ. އެންމެ ހާފިޒުން ގިނައީ އައްޑޫ ސިޓީގައެވެ. ފުވައްމުލަކު ސިޓީއަށްވުރެ ގާތްގަޑަކަށް 3 ގުނަ އާބާދީ ބޮޑު ހަރަށުގެ އައްޑޫ ސިޓީގައި މިވަގުތު ތިބީ 65 ހާފިޒުންނެވެ. އެއީ އެއްރަށެއްގެ މައްޗަށް އެކުލެވޭ ފުވައްމުލަކު ސިޓީއަށްވުރެ އެންމެ 4 ހާފިޒުން ގިނަ އަދަދެކެވެ.
މިހާރު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން، ތިން ވަނައަށް އެންމެ ހާފިޒުން ގިނަ ޅ. ނައިފަރުގައި ތިބީ 10 ހާފިޒުންނެވެ. އޭގެ ތެރޭގައި ގިނައީ ސްކޫލު ކުދިންނެވެ. އަދި މާލޭގައި ދާއިމީ ރަޖިސްޓްރީގައި ތިބި ހާފިޒުންގެ އަދަދު އުޅެނީ 47 ގަ އެވެ.
ޚިޔާލުތައް