A wide advertisement which will be shown on all devices. (700 x 100)

އެޕަލްގެ ފޯކަސް އަނެއްކާވެސް ގެއްލެނީ

އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް

އެޕަލް ކުންފުނީގެ ބާނީ ސްޓީވް ޖޮބްސް އެކުންފުނި ދޫކޮށް ދުވަސްތަކެއް ހޭދަކުރުމަށްފަހު އެނބުރި އައިއިރު އެކުންފުނި ހޭދަކުރަމުން ދިޔައީ ބަނަ ދުވަސްތަކެކެވެ.

1980 ގެ ކުރީކޮޅު އެޕަލް 2 އާއި މެކިންޓޮޝް ކޮމްޕިޔުޓަރު އުފައްދައިގެން ކާމިޔާބު ދުވަސްތަކެއް ގުނަމުން ދިޔަ އެޕަލް އަށް 1997 ވަނަ އަހަރު ބޮޑެތި މައްސަލަތަކާ ދިމާވަމުން ދިޔައެވެ. ކުންފުނިން ފައިސާ ބޭރުވަމުން ދިޔައީ ބާރުމިނުގައި ސައިލަކުން ފެން ދައުރުކުރާ ހެންނެވެ. 1996 ވަނައަހަރުގެ ފަހު ކުއާޓަރާއި އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު ކުންފުނީގެ ސޭލްސް އޮތީ 30 އިންސައްތަ ދަށްވެފައެވެ. އެންމެ ބޮޑު މައްސަލައަކީ، ޕްރޮޑަކްޓް ތައް މާގިނަ ވުމެވެ. މެކިންޓޮޝްގެ ދޮޅަހަކަށް ވައްތަރު އެޕަލްއިން އުފެއްދިއެވެ. އެކި ވާޝަންތަކުގެ ތަފާތު ޢާއްމުންނަށް ކިޔައިދޭކަށް އެޕަލް އަކަށް ނޭގުނެވެ. އެޕަލްގެ ސޭލްސް އިންތިހާޔަށް ދަށްވުމާ ގުޅިގެން ޙިއްސާދާރުންގެ ނުރުހުމާ ކުރިމަތިލާން ޖެހުނެވެ.

ކުރުކޮށް ބުނަންޏާ، ކުންފުނީގެ ފޯކަސް އެއް ނެތެވެ.

މިހުރިހާ ކަމެއް ބަދަލުވީ، ސްޓީވް ޖޮބްސް އެނބުރި އައުމުންނެވެ.

އެހެންނަމަވެސް 20 އަހަރެއްހާ ފަހުން އަނެއްކާވެސް މިވަނީ ތާރީޚު ޢިއާދަވާން ފަށާފައެވެ.

މިއަދު، 46 ބާވަތެއްގެ ހާޑްވެއަރ އެޕަލް އިން ވިއްކައެވެ. އޭގެތެރޭގައި ފޯނާއި، ޓެބްލެޓާއި، ގަޑިޔާއި، ކޮމްޕިޔުޓަރާއި މިނޫނަސް އެތައް ބާވަތެއް ހިމެނެއެވެ.

އެޕަލްގެ އުފެއްދުންތައް ގިނަވުމުގުގެ މައްސަލައިގެ އިތުރުން، މި އުފެއްދުންތަކުގައި ހުރި ފޫނުބެދޭ ކަންކަމާމެދު ގިނަ ގުނަ ޝަކުވާވެސް ދަނީ ލިބެމުންނެވެ. މިހާރަކަށް އައިސް އެޕަލް އިން ނެރޭ އެއްވެސް އުފެއްދުމެއް، މިފަދަ ފޫނުބެދޭ ކަންކަމުން މިންޖު ވެފައެއް ނެތެވެ. ތިރީގައި މިވަނީ އޭގެ ބައެއް މިސާލުތަކެވެ.

އައިފޯނު: ބެޓެރީގައި ޗާޖު ކިތަންމެ ވަރަކަށް ހުއްޓަސް ކުއްލިއަކަށް ފޯނު ނިވުމުގެ މައްސަލަ އަކީ އައިފޯނު 6 އާއި އައިފޯނު 6S ގެންގުޅޭ ފަރާތްތަކުގެ ބޮޑު ޝަކުވާއެކެވެ. މި ޝަކުވާގެ އަޑު ކިތަންމެ ގަދަޔަސް، މީގެ ސަބަބެއް އެޕަލް އަކަށް ހޯދިފައެއް ނެތެވެ. އަދި ހޯދުނު ކަމުގައި ވިޔަސް، އެކަން ޢާއްމުންނާ ހަމައަށް ގެނެސްދީފައެއް ނެތެވެ.

މެކްބުކް ޕްރޯ: މެކްބުކް ޕްރޯގެ ބެޓެރީގެ ޗާޖު، އެޕަލް އިން އިސްތިހާރުގައި ބުނާހާ ގިނައިރަކު ނުހުރެއެވެ. އެޕަލް ބުނަނީ 10 ގަޑިއިރުވަންދެން ޗާޖު ހިފަހައްޓާނެކަމަށެވެ. އެކަމަކު މެކްބުކް ޕްރޯ ބޭނުންކުރާ މީހުން ބުނަނީ ޗާޖު ހިފަހައްޓަނީ ގިނަވެގެން 8 ގަޑިއިރަށް ކަމަށެވެ. އަނެއް މައްސަލަ އަކީ އައު މޮޑެލްގައި އެސްޑީ ކާޑު ސްލޮޓެއް ނެތުމާއި، ޗާޖަރު ގުޅާތަނުގައި ކުރިން ހުންނަ ދަގަތްފާނުގެ ބާރު ނެތުމެވެ. ކުރީގެ މޮޑެލްތަކުގައި މެގްސޭފް (ދަގަތްފާނު ބާރު) ހުރުމުން، ޗާޖަރު ގުޅާފައި ހުއްޓާ ވާގަނޑުގައި އަޅައިގަތަސް ކުއްލިއަކަށް ނުނެއްޓެއެވެ. ކަސްޓަމަރުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހެނީ މިމައްސަލަތައް މިހެން ހުރި އިރު ވެސް ކުރީގެ މޮޑެލްތަކަށް ވުރެ ފަހުގެ މޮޑެލް އަގު ބޮޑުވުމެވެ.

އިޔަރޕޮޑް: އެޕަލް އިން ކުރިން ރާވާފައި އޮތީ އޮކްޓޯބަރު މަސްތެރޭގައި ވަޔަލެސް އިޔަރބަޑް ބާޒާރަށް ނެރުމަށް ކަމަށް ވިޔަސް އެފުރުޞަތު ވަނީ ގެއްލިފައެވެ. އިޔަރބަޑް ވިއްކަން ފަށާފައިވަނީ މި ޑިސެމްބަރު މަސްތެރޭގައެވެ. ކުރިން ވިއްކަމުން ދިޔަ ވަޔަރޑް އިޔަރބަޑް އަށް ވުރެ 130 ޑޮލަރު މީތި ހަމައެކަނި އަގު ބޮޑީކީ ނޫނެވެ. ބަލައިލާން ހުތުރުވެފައި، ފަސޭހައިން ކަންފަތުން ނެއްޓުމުގެ މައްސަލަ ބޮޑެވެ.

އެޕަލް ވޮޗް: ސެޕްޓެމްބަރު ގައި ނެރުނު ދެވަނަ ޖީލުގެ މޮޑެލް އާއި ފުރަތަމަ ނެރުނު މޮޑެލާއި މާބޮޑު ފަރަގެއް ނެތެވެ. ފެންނުވަންނަ ގޮތަށް ހަދައި ޖީޕީއެސް އިތުރުކުރިއެއްކަމަކު، ފެންނަ ފެނުމުގައި ހަމަ ކުރިއެކޭ އެއްގޮތަށް ބޮޑު އެތިގަނޑެކެވެ. ޑިޒައިނަށް ރީތިކަމެއް ނާދެއެވެ. އަދި އިންޓަރފޭސް ވެސް ހަމަ ކުރިއެކޭ އެއްގޮތަށް ހުތުރުވެފައި އުނދަގުލެވެ.

މައްސަލަ އުޅެނީ ހަމައެކަނި ހާޑްވެއަރއަކު ނޫނެވެ.

ސިރީ: ޑިޖިޓަލް އެސިސްޓެންޓެއް އެންމެ ފުރަތަމަ ނެރުނީ އެޕަލް އިންނެވެ. 2011 ވަނަ އަހަރު ނެރުނު އައިފޯން 4S ގައެވެ. އެހެންނަމަވެސް، ފާއިތުވި 5 އަހަރު އެޕަލްއިން ވަނީ ސިރީ އާމެދު އިހުމާލުވެފައެވެ. ބަސް ދެނެގަތުމާއި، ތޫނުފިލިކަމާއި، އިޖާބަ ދޭން ނަގާ ވަގުތަށް ބަލާއިރު، ގޫގުލް އެސިސްޓެންޓާއި، އެމެޒޯން ގެ އެލްކްސާ އަށް ވުރެ ސިރީ ވަނީ މާ ފަހަތުގައެވެ.

އައިކްލައުޑް: ސިރީ އެކޭ އެއްގޮތަށް އައިކްލައުޑަކީ ވެސް އެޕަލްއިން އައުކަން ކަނޑާލި ކަމެކެވެ. 2011 ވަނަ އަހަރު ސްޓީވް ޖޮބްސް އައިކްލައުޑް ހެދި ފަހުން މިއަދާ ހަމައަށް މާބޮޑު ކުރިއެރުންތަކެއް ގެނެސްފައެއް ނެތެވެ. މީގެ އިންޓަރފޭސް އަކީ ބޮޑު އޮޅުންބޮޅުން ގަނޑެކެވެ. ސިންކު ކުރުން އެހާ ތުރާ ބޮޑެވެ. އަދި ސިންކު ކުރުމުގެ ތެރޭގައި މުހިއްމު ފައިލުތައް ގެއްލޭ ސަބަބާހުރެ މީހުންގެ އިތުބާރު ވަނީ ގެއްލިފައެވެ.

މަޢުލޫމާތު: ޓެކް އިންސައިޑަރ

+

+1
0
+1
0

A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !