25 ފެބުރުއަރީ 2020 ( އަންގާރަ )

banner

މިއަދު ހަވީރު ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ދޮންފަތް ބަނދެގެން ސައިަކލު ދުއްވަނީ

ބަޔަކު ‘ދޮންފަތް ބަންނަން’ ވެއްޖެ!

މިދުވަސްކޮޅު ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަދު ބަޔަކު ‘ދޮންފަތް ބަންނަން ވެއްޖެ’ ކަމަށް ބުނެ ފުވައްމުލަކުގައި މިއަދު ހަވީރު ބަޔަކު ނިކުމެ ދޮންފަތް ބަންނަ މަންޒަރު ދައްކުވައި ދީފިއެވެ. ނަމަވެސް “ދޮން ފަތް ބަނުމަކީ” ކޮބައިކަން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ސޯޝަލް މީޑިއާގައި ފުވައްމުލަކު ދޫރެސް އަބްދުﷲ މުހައްމަދ ވަނީ ދޮންފަތް ބަނުން މީހުންނަށް ކިޔައިދީފައެވެ.

އޭނާގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވަނީ:

ފުވައްމުލަކުގައި ދޮންފަތް އާއްމުގޮތެއްގައި ބަންނަނީ ކުކުޅު ހާލުގައެވެ. އެއީ އެސޮރުމެން އަވާމެންދުރުގައި ހުވަފެން ދެކިދެކި މޮޔަވެ ކަބިވެގެން އުޅެންފެށީމާ ކުރާކަމެކެވެ. މިގޮތަށް އެސޮރުމެން ކަބިވީމަ ފިނދުފަތްގަނޑުގައި ދޮންކެޔޮ ގަހުގެ ދޮންފަތެއް އައްސަނީއެވެ. ދޮންފަތް ބަނުމުން ފަހަތަށް އެބުރި ބަނދެފައި އޮންނަ ފަތަށް ބަލަމުން އެސޮރު ހަމަ ދުވާނީ އެވެ. މިކަމާ ވިސްނަން ހަދައިގެން އެސޮރު ބޮލަށް ކުރިން ސަވާރުވެފައި ހުރި އަސްލެއް ނެތް ހާސަރުތަކާއި އަވާމެންދުރުތައް މަތިން ހަނދާން ކެނޑި ވިސްނުން އާދައިގެ ގޮތަކަށް ބަދަލުވެދެއެވެ. އަބްދުﷲ ލިޔުއވާފައިއެވެ.
މިއަދު ހަވީރު ފުވައްމުލަކު ބަދަރު ސަރަހައްދުގައި ބަޔަކު ވޯޓުން ބަލިވުމުން ކަބިވެގެން މޮޔަގޮވަމުންދާ ކަމަށް ބުނެ އެހްނެ ބަޔަކު ވަނީ ދޮންފަތް ބަނދެގެން ސައިކަލުތަކެއް ދުއްވާފައެވެ. މިކަމަށް އިޝާރާތްކޮސް އަބަދުﷲ ލިޔުއްވާފައި ވަނީ:
ފުވައްމުލަކުގައި މިދުވަސްކޮޅު ދޮންފަތް ބަނދެގެން މިދުއްވަނީ ރިއާސީއިންތިޚާބުގެ ނާކާމިޔާބީއާއި ވިދިގެން ބަޔަކު ކަބިވެ ދުނިޔެއިން މޮޔަވާން ކާރިވެއްޖެކަމަށް ފެންނާތީ އެމީހުން ދޮންފަތް ބަންނަން ހިތްވަރުދިނުމުގެ ގޮތުންކަމަށް ދޮންފަތް ބަނދެގެން ދުއްވާ ކުއްޖެއްގެ ފަރާތުން މައުލޫމާތު ލިބޭ ކަމަށެވެ.
ކުރީގަިއ ކުކުޅު ހާލުގައި ދޮންފަތް ބަނަސް މހާރު ކުކުޅު ހާލަކީ އާއްމު ތަންތަނަށް ދޫކުރެވި، ތަންތަނަށް ގޮސް އުޅެ އެއްޗަކަށް ނުވާތީ މިފަހަރު ފުވައްމުލަކު ބަޔަކު ދޮންފަތް މިބަނީ ސައިކަލުތަކެއްގައި އެހެން ބަޔަކަށް ދައްކަން ވެގެންނެވެ. ނުވަތަ އެހެން ބަޔަކަށް މައްލަވަ ކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ޚިޔާލު


  1. މުސްތޮ 3 އޮކްޓޯބަރ 2018 13:10

    އެންމެ ފުރަތަމަ ދޮންފަތް ބަންނަންވީ އަބްﷲ މަސީހުގެ *** ދަނޑީގަ އެވެ. ސަބަބަކީ ކުކުޅަށް ޖެހޭބަލި މަސީހަށް ޖެހިހައި ހުރިކަމުގެ އަލާމާތްތައް މަސީހުގެ ފަރާތުން ފެންނާތީއެވެ.