28 މެއި 2020 ( ބުރާސްފަތި )

banner

ލައްކަ ފަހު ބަސް ބުނެވިއްޖެ! ދެން ހެޔޮ!…!؟

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޮޑު ތިން ބާރުގެ މެދުގައި ތައާރަޒުވުމެއް ފެންމަތިވާ ތަނުން ފެންނަނީ ފަހުބަސް ބުނާބަޔަކީ ސުޕުރީމް ކޯޓުން ކަމަށް ބުނެ ކަމުގައި ގޮތް ކަނޑައަޅާތަނެވެ. އެއި ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ވަރިހަމަ އެވެ. އެގޮތުން ފާއިތުވި ދެ ދުވަހަކީ ވެސް ބޮޑުު ދެ ދުވަހެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުނު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ފުލުހުން ބަލަމުން ދާކަމުގެ މައުލޫމާތު އެކޮމިޝަނަށް އެންގުމުން، އެކޮމިޝަނުން ވަނީ މައްސަލަ ބަލާ ނިމެންދެން އެ ފަނޑިޔާރު ސަސްޕެންޑް ކުުރުމަށް ނިންމާފަ އެެވެ. ހަމަ އެއާއެކު ޖެހިގެން އައި ދުވަހު، އިއްޔެ ސުޕްރީމް ކޯޓަށް ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހެޅި ދުސްތޫރީ މައްސަލައިގެ ތެރެއިން ވަނީ ޖޭއެސްސީގެ ހުކުމަށް އަމަލުކުރުން ފަސްކުރުމަށާއި އެމައްސަލައާއި ގުޅިގެން އިތުރު އެއްވެސް ފިޔަވަޅެއް ނޫޅުމަށް ސުޕްރީމް ކޯޓުން ވަނީ ފަހުބަސް ބުނެފައެވެ.

އެކަމަކު މިފަހަރުގެ އަމުރު ފަހު ބަހަކަށް ނުވިއެވެ. ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް އިއްޔެ ބާއްވައި ޖޭއެސްސީއަށް ގާނުތަކުން ލިބޭ ބާރުގެ ދަށުން ފަނދިޔާރު އަބްދުﷲ ދީދީ ކުރި ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ވަނީ ނިންމާފައެވެ. އަދި ސުޕްރީމްކޯޓުގެ އަމުރުއޮތްކަމުގައި ވިޔަސް ފަނޑިޔާރު އަބަދުﷲ ދީދީގެ ސަސްޕެންޝަނަށް އަމަލުކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ވަނީއަގާފައެވެ.

އެއާއެކު ސުޕްރީމް ކޯޓުން އުފައްދާފައިވާ ޖުޑިޝަލް ކައުންސިލުގެ ކުއްލި ބައްދަލުވުމެއް އެކަމާއި ގުޅޭ ގޮތުން ރޭގައި ބޭއްވިއެވެ. ޖޭއެސްސީއަށް ގާނޫނު އަސާސީއާއި ގާނޫނުން ލިބޭ ބާރުގެ ބޭރުން އަދުލު އިންސާފުގެ ބާރަށް ހުރަސް އެޅުމަށް މަސައްކަތް ކުރާތީ ބޭއްވި ބައްދަލުވުމެއް ކަމަށް ޑީޖޭއޭ އިން ވަނީ މީޑީއާއަށް ހާމަކޮށްފައެވެ.

ދެން ފެނުނީ ގާނޫނު ހަދާ ފަރާތް ކަމަށްވާ ރައްޔިތުންގެ މަޖުލީހުގެ ޖުޑިޝަލް ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ޖޭއެސްސީގެ މެންބަރުން ހާޒިރުކޮށް ސުވާލު ކުރިތަނެވެ. ލައިވު ކުރެވުނު މިބައްދަލުވުމުން ދިވެހި ރައްޔިތުންނަށް ރާއްޖޭގެ ޖުޑިޝަރީގައި ހުރި މައްސަލައް އިތުރަށް ހާމަވެގެން ދިޔައެވެ. ސުޕްރީމް ކޯޓުގެ “އަތް ދިގު” މިންވަރުން ބައެއް ހާމަވިއެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމައް އުފައްދާފައިވާ ޖޭއެސްސީގެ މެމްބަރުން ބުނަމުން ދިޔައީ އެކޮމިޝަނުގެ މަސައްކަތަށް ސުޕްރީމް ކޯޓުން ހުރަސްއަޅާ ކަމަށާއި އެކޮމިޝަނުގެ މަސައްކަތް މިނިވަން ކަމާއެކު ކުރެވޭނެ ގޮތެއް ހޯއްދަވައި ދެއްވުމަށެވެ.

ސިޔާސި ނަޒަރަކުން ދައުލަތުގައި ހިމެނޭ އަދުލު އިންސާފު ގާއިމުކުރުމާއި ގުޅޭ އެންމެ އިސް 4 މުއައްސަސާއަށް ބަލާއިރު:

ސުޕްރީމް ކޯޓު – ފެންނަނީ އެމްޑީޕީގެ ސަރުކާރާއި ދޯޅު ނޫން ގޮތްތަކެކެވެ. އަދި އާއްމުން ބޮޑަށް ސިފަކުރަނީ ސުޕްރީމް ކޯޓުގައި އޮންނަނީ ކުރީގެ ރައީސް ޔާމީނުގެ ބާރާއި ޖޭޕީގެ ބާރު ކަމަށެވެ. މަޖުލީހުން ހަދާ ގާނޫނުތައް ހިތުހުރި ގޮތަކަށް 4-5 މީހުންތިެގެން ކޮށާމަށާލަނީ މާވަޑިޔާ ހިތަކަށް ލިބިފައި އޮންނަ ވަކަރުގަނޑު ކޮށާލާހެންނެވެ.

ޖޭއެސްސީ – ވެރިކަން ބަދަލުވެ، މަޖުލިސް އިންތިޚާބު ގެ ނަތީޖާ އައި ގޮތުން ޖޭއެސްސީގެ އަޣުލަބިއްޔަތު ބޮޑު ތަނުން ލިބެނީ ސަރުކާރު ހިންގާ (އެމްޑީޕީއަށް) ފަރާތްތަކަށެވެ. އެމީހުން އެޑެ ގޮތަށް ޖުދިޝަރީ އިސްލާހު ކުރުމަށް އަލުން ފެށިހެ ރައްޔިތުންނަށް ރޭކަލާން ފެށިއެވެ.

ޖުޑިޝަލް ކޮމިޝަން – ގާނޫނު އަސާސީން އުފެއްދި ޖުޑިޝަލް ސާވިސް ކޮމިޝަން ސުޕްރީމް ކޯޓުން އުވާލައި، އަމިއްލައަށް ވަނީ އައު ކޮމިޝަނެއް އުފައްދައިގެން ބާރު ދަމަހައްޓަން ތޮޅެނީއެވެ. އެކޮމިޝަނުގައި ތިބެނީ ސުޕްރީމް ކޯޓުން ކަނޑައޅާ ބައެކެވެ.

މަޖުލިސް ޖުޑިޝަލް ކޮމެޓީ – މަޖުލީހުގެ ސުޕަރ މެޖޯރިޓިއާއެކު މިކޮމެޓީގެ ވެސް ސުޕަރ މެޖޯރިޓީއަކީ ވެރިކަން ކުރާ އެމްޑީޕީ މެންބަރުންވެ. ނިކަން ކުރާން ތިއުޅޭ ކަން ކުރެވޭހާ ހިތްވަރު ހުރިކަން ރައްޔިތުންނަށް ދައްކަ ބަލާށެވެ.

2-2 ން އެއްވަރު ވީއެއް ނުނެވެ. ރައްޔިތުންގެ މަޖުލީހާއި ޖުދިޝަލް ސާވިސް ކޮމިޝަނާއި ސުޕްރީމް ކޯޓުގެ ބާރު ދަަމަހައްޓަން ޖެހެއެވެ. 2-1 އެެވ. ދެން އޮތީ ނެތް އެއްޗެކެވެ. ނުވަތަ ހޫހެކެވެ.

މަޖުލިސް މެމްބަރުން ބުނަމުން ދަނީ ގެއްލިފައިވާ ގައުމުގެ އަދުލު އިންސާފު އަލުން ރައްޔިތުންގެ އިތުބާރުކުރާ ތަނަކަށް ހަދަން ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެކަމަށެވެ. އެގޮތުން އިތުބާރު ގެއްލިފައިވާ ފަނޑިިޔާރުން މަގާމުން ދުރުކުރުމާއި ގާނޫނު އަސާސީއާއި ގާނޫނުުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

ސުޕްރީމް ކޯޓަށް މަޖުލީހުގެ އިޚުތިސޮސުގެތެރެއަށް އަތް ނުބޭނޭ ގޮތް ހަދާނެ ކަމަށެވެ. ގާނޫނުތައް ހަދައި އިސްލާހު ކުރާނީ މަޖުލީހުން ކަމާއި އަދުލު އިންސާފު ގާއިމުކުރަން ކޯޓުކަތުން އަމަލުކުރަން ޖެހޭނީ އެމީހުންނާއި ހަމަޔަށް ފޮނުވާ ގާނޫނީ ތަރަހައިގެ ތެރެއިން އެކަނި ކަމަށެވެ. މިގޮތަށް ރައްޔިތުން އެދޭ ދިމާލަށް އެނބުރެނެ ނުކެރޭ ފަނޑިޔާރުން ވެސް އެއްކއިރިވެ ހިމަޔާތް ހޯދުން ރަނގަޅެވެ.

5=3 މިހެން ވެސް އޯކޭ ހެއްޔެވެ؟

ގާނޫނުގައި 5 މީހުން ކުރަން ޖެހޭގޮތަށް އޮންނަ ކަންކަން 3 މީހުން ކުރަން ސުޕްރީމް ކޯޓަށް ނުނިންމޭނެ ކަމަށް މަޖުލިސް މެންބަރުން ގަބޫލުކުރެއެވެ. ގާނޫނުގައި 5 އޮވެއްޖެއިޔާ އެއީ 5 އެއީ 3 އެއް ނޫން ކަމަށެވެ. މާކުރިން ގާނޫނު ހެދިއިރު ސުޕްރީމް ކޯޓުގެ ބެންުޗުގައި 7 މީހުން ތިބެ ދުސްތޫރީ މައްސަލަތައް ބެލޭނީ 5 މީހުންނަށް ކަމަށް އޮވެފައި ފަހުން ފަނޑިޔާރުންގެ ބެންޗު 5 އަށް ދަށްވުމުން އޮޓޯމެޓިކުން ގާނޫނުން އެއަދަދު 3 އަށް ބަދަލެއް ނުވެއެވެ. ގާނޫނު އިސްލާހު ނުކުރާހާ ހިދަކު އެއީ ހަމަ 5 އެވެ.

ސުޕްރީމް ކޯޓުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށް އެކޯޓުގެ ފަނޑިޔާރުންނާއި ގުޅޭ މައްސަލަތައް އެކޯޓުން ނުބެލޭ ގޮތަށް ހަދަން ޖެހެއެވެ. އަދި ޖޭއެސްސީއަށް ފަނޑިޔާރުން ޖަވާބުދާރީ ކުރަން އޮންނަ ހިނދު ޖޭއެސްސީގެ މައްޗަށް، ސުޕްރީމް ކޯޓުން އަމުރު ކުރެވިގެން ނުވާނެއެވެ. އެއީ ފަހު ބަސް ބުނެވޭނެ ކަމެއް ނޫނެވެ.

ސޫމޯޓޯ މައްސަލަތަށް ކަމަށްބުނެ އަމިއްލައަށް މައްސަލަތައް ކޯޓަށް ވައްދައި ސިއްރުސިއްރުން އަމިއްލައަށް އަމުރު ނެރުން ހުޓުވޭނެ ގޮތެއް ވެސް ހޯދަން ޖެހެއެވެ. އަދުލު އިންސާފުގެ އެންމެ މަތީ ބާރުގެ ގޮތުން ސުޕުރީމް ކޯޓުގެ އިޚުތިސޯސްތައް އެއީ ހަމައެކަނި ދަށު ލެެވެލްގެ ކޯޓުތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރުމުގެ ފަހު މަރުހަލާ ކަމުގައި ބޭއްވިދާނެއެވެ. ފިޔަ ކޮށައިގެން ވެސް އޮޅުވަންދެން ދޫނި ގެންގުޅުން މާ ރަނގަޅެވެ.

ގާނޫނު އަސާސީގެ މަފުޙޫމުތަައް މާނަކުރަމާއި ގާނޫނީ ގޮތުން ޚިޔާލު ތަފާތުވާ މައްސަލަ ތަކުގައި ގޮތް ކަނަޑައެޅުމާއި ސޫމޯޓޯ މައްސަލަތަކުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ވަކި މުއައްސަސާއެއް ހެއްދުން ނުވަތަ އެހެން މުއައްސަސާއަކުން އެކަން ކުރުވުން ވެސް މާރަނގަޅު ކަމަށް ބެލެވެއެވެ.

ހަމަ އެގޮތަށް އަދުލުއިންސާފުގެ އިދާރީ އެންމެހާ ކަމެއް ވަކި މުއައްސަސާއެއްގެ ގޮތުގައި ޑީޖޭއޭ ސުޕްރީމް ކޯޓުން ތައްޕާހުން މިންޖު ކުރަން ޖެހެއެވެ.

ދިވެހި ރައްޔިތުން އެދެނީ އަދުލުވެރި އިތުބާރު ކުރެވޭ ފަނޑިޔާރު ގެއެކެވެ. ނަޒަހަތްތެރި ފަނޑިޔާރުން ތިބި ތަނަކަށް އެތަން ވުމަށެވެ ވުމަށެވެ. ބޮޑެތި ހުކުމް ތަކަށް އެޖޭންޓުން މެދުވެރިކޮށް ނީލަން ކިޔުން ހުއްޓުވޭނެ ގޮތެކެވެ.

ލައްކަ ގިނަ ފަހު ބަސް އަޑު އިވިއްޖެއެވެ. އެއީ 2018 ފެބްރުއަރީ 1 ފަހުބަހާއިި އެއިގެ ފަހުން ހަމައެކަމަށް ބުނި ފަހުބަސް ވެސް މެއެވެ.

އަދި 2008 ގެ އެމްޑީޕީގެ ވެރިކަން ފެށުމާއެކު ކޯޓުތަކުގެ ގާނޫނުން ބައެއް އުވާލުމަށް ބުނި ފަހު ބަހާއި ޑިޖޭއޭ އަންބޮނޑިއަށް ލުމަށް ބުނި ފަހު ބަހެވެ. ފެންވަރު ނެތް ފަނދިޔާރުން ދާއިމީ ކުރުމަސް ބުނި ފަހުބަހާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުން ހުއްޓުވުމަށް ފޮނުވި ފަހު ބަހާއި، ގާނުނީ ވަކީލުން ގެ މަސައްކަތް ހުއްޓުވުމަށް ބުނިހާ ފަހު ބަސްތަކާއި ކޮންމެ އިންތިޚާބަކާއި ގުޅިގެން ބުނެފައިހުރި ފަހު ބަސްތަކުން ދިވެހިން މިތިބީ ފޫހިވެފައެވެ. ލައްކަ ފަހު ބަސް ބުނެވިއްޖެ ތާއެވެ. ދެން ހެޔޮ…

ފަހުބަސް ބުނަން ފުރުސަތު ދެވޭނީ އިތުބާރު ކުރެވޭ ބަޔަކަށެވެ. މިހާރު އެކަމެއް ނެތެވެ. އިތުބާރަކީ، އަބުރަކީ އަދި ގަދަރަކީ ހުކުމަކުން ލިބޭ އެއްޗެއް ނޫންކަން ވަރަށް ސާފެވެ. އެއީ ތިބާގެ އަމަލަށް ބަލައި އެހެންމީހުން ކުރާ ވަޒަން ކުރުމެވެ.

މަޖުލިސް މެންބަރުންގެ ކިބައިން އެދެނީ ވާން އޮތްގޮތަކަށް މިކަން ކޮށްދޭށެވެ! އެއީ އެކަން ކުރަން ހުރަސް އަޅާ ބަޔަކު ދުރުކޮށް، ބޭރުކުރަން ޖެހޭ ބަޔަކު ބޭރު ކުރުމަށްފަހު ގައިވެސް ހެޔޮމެއެވެ. ސުޕަރ މެޖޯރިޓިއާއެކު މިއޮތީ އެކަން ކުރެވޭނެ ރާސްތާ ހޯދާ ދީފައެވެ. މަޖުލިސް މެންބަރުންނަށް ނުކުރެވެންޏާ ރައްޔިތުންނާއި ހަވާލުކުރާށެވެ. މަމެން ތައްޔާރެވެ. ފަހުބަހަށް ފަހު ފުރުސަތު ދީ ކުރުކުރީމެވެ.ކިޔުންތެރިންގެ ޚިޔާލު