28 މެއި 2020 ( ބުރާސްފަތި )

banner

2020ގެ ބަޖެޓަށް ބަލާއިރު ފާހަގަކުރެވޭ ކަންތައްތައް

އިބްރާހިމް ރަޝީދު (ދޮންބެ) ރައްޔިތުން މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު.

(2020 ގެ ދައުލަތުގެ ބަޖެޓް އާއި ގުޅޭ) (ދެވަނަ ބައި)

މިގައުމަށް މިހާރު އެންމެ ބޮޑަށް ބޭނުންވެފައިވާ އިންސާނީ ވަސީލަތް (ހިއުމަން ރިސޯސަސް) ތަރައްގީ ކުރުމަށް އިސްކަން ދީފައިވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ސްކޯލާޝިޕާއި، ސްޓޫޑެންޓު ލޯން އަދި ފަސްޓު ޑުގްރީއަށް ހިލޭ ކިޔެވުމަށް ބަޖެޓުން ބޮޑު ޙަރަދެއް ކުރަން ހަމަޖެހިފަވެއެވެ. (އަޅުގަޑު ދެކޭ ގޮތުގާ މީހުން ބިނާކުރަން ޖެހޭނީ މިގައުމަށް ބޭނުންވާ މުހިންމު ދާއިރާތައް ފާހަގަކޮށް އެންމެ މުހިންމު ދާއިރާތަކަށް އެމިނަކަށެވެ. އަދި މިހާތަނަށް ރާއްޖެއަށް ބޭނުންވަނީ ބޭނުންވަނީ އިސްކަންދޭ ތަރުތީބަކުން އެމިނަކަށެވެ. އަދި މިހާތަނަށް ރާއްޖެއަށް ބޭނުންވަނީ ބޭނުންވަނީ ކޮންދާއިރާތަކަކުން ކިހާ މީހުނެއްކަން އެގޭކަށް ނެތެވެ.

މީގެ އިތުރުން އިގުތިސާދީ ކުރުއެރުމަށް ކުރެވޭ އިންވެސްޓުމެންޓަށް ވުރެ ވެލްފެއަރ އަށް ކުރެވޭ ޙަރަދު ބޮޑުކަން ފާހަގަ ކުރެވެއެވެ. އަދި ހަމަ އެއާއި އެކު ދިވެހި ރާއްޖޭގެ ބަޖެޓުގެ ބޮޑުބައެއް ޙަރަދު ވަނީ ތެލަށް ކަމަށް ވާއިރު، ތެލަށް ކުރާ ޙަރަދު ކުޑަކުރުމުގެ ގޮތުން ގުރީން އެނާޖީ (ސޯލާ) އަށް ކުރެވޭ އިންވެސްޓު ދަށްކަން ފާހަގަކުރެވެއެވެ. ބަޖެޓަށް ބަލާއިރު ތެލަށް ސަބުސިޑީ ދިނުމުގެ ބަދަލުގައި އެފައިސާ ސޯލާއަށް އިންވެސްޓު ކުރުން ރަގަނޅުވާނެއެވެ. އަދި ފަތުރުވެރިކަމާ އެއްފަދައިން މަސްވެރިކަމާ ދަޑުވެރިކަން، ސިނާއަތެއްގެ ގޮތުގައި ކުރިއަރުވަން ދެވިފައިވާ އިސްކަން ކުޑަކަން ފާހަގަކުރެވެއެވެ. ދައުލަތުގެ ކުންފުނިތަކުން ލިބޭ ޑިވިޑެންޑު މަދުކަން ފާހަގަ ކުރެވެއެވެ. ދައުލަތުގެ 33 ކުންފުނި އޮތްއިރު ޑިވިޑެންޑު ލިބެނީ 11 ކުންފުންޏަކުން. ކުންފުނިތަކުން ލިބޭނޭކަމަށް ލަފާކޮށްފައިވާ ޑިވިޑެންޑަށް ވުރެ ކުންފުނިތަކަށް ކެޕިޓަލް ގޮތުގާ 2020 ގެ ބަޖެޓުން ދޫކުރަން ހަމަޖެހިފައިވާ އަދަދު ބޮޑުކަން ފާހަގަކުރެވެއެވެ. ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމާ، ފައިދާނުވާ ކުންފުނިތައް ޕުރައިވެޓައިޒު ކުރަން ފެންނަވާހަކަ ފާހަގަކޮށްލަމެވެ.

ނަތީއްޖާ ނުނެރެވޭ ގިނަ މިނިވަން މުއައްސަސާތަކާއި ކޮމިޝަން ތައް ޙަރަދު ކުޑަކުރުމުގެ ގޮތުން އުވާލަންފެނެއެވެ. އަދި  ސަބުސިޑީ އާއި އާސަންދަ މިހާރު ދެވެމުންދާގޮތް ބަދަލުކޮށް ސީދާއެކަމަށް ބޭނުން ޖެހިފާވާ ފަރާއްތަކަށް ޓާގެޓު ކޮށްގެން ދެވޭނޭގޮތަކަށް އެކަންތައް ބައްޓަންކުރަން އެބަޖެހެއެވެ. ކާޑުގެ ބާވައްތަކާއި ޑީސަލުގެ ސަބުސިޑީ އާންމު ދިވެހި ރައްޔިތުންނާ އެއްހަމައެއްގައި ބޭރުމީހުންނާއި ރިސޯޓު ތަކަށް ލިބެމުން އެބަދެއެވެ. އިންކަމް ޓެކުސް ނަގަން ފެށުމާއެކު ސަބުސިޑީތައް އެންމެ ހައްގުވެރި ފަރާއްތައް ދެނެގަންނަން ފަސޭހަވެގެން ދާނެއެވެ.

ސިޔާސީ ގޮތުން ތަފާތުކުރުމެއްނެތި ހުރިހާ ދާއިރާއަކަށް އެއްހަމައެއް ގައި ޕީ.އެސް.އައި.ޕީ ޕުރޮޖެކުޓްތައް ބެހިފައިވާކަން ފާހަގަކުރެވެއެވެ. މީގެ ކުރިން އަޅުގަޑުމެންނަށް ފާހަނގަ ކުރެވުނީ ސަރުކާރުގެ މަޖިލިސް މެންބަރުން ނެތް ދާއިރާތަކަށް ޕީ.އެސް.އައި.ޕީ ޕުރޮޖެކުޓުތައް ހިމެނުމުގައި ދަތިތަކެއް ކުރިމަތިވެގެން ދިޔަތަނެވެ. ވަރަށްގިނަ ރައްޔިތުން ފާހަގަކުރޭ 2019 އަހަރަށް ބަޖެޓު ކުރެވުނު ޕީ.އެސް.އައި.ޕީ ގިނަ ޕުރޮޖެކުޓުތައް ނުހިގާކަމަށް. ސަބަބެއްކަމުގައި އަޅުގަޑު ދެކެނީ ގިނަ މަޝްރޫޢުތަކަށް އެކަށީގެންވާ އަދަދަށް ފައިސާ ހިމެނިފައި ނިވާ ކަމެވެ. 2019 އަހަރު މަޖިލިސް އިންތިޙާބަށްޓަކައި އެމެންބަރަކު ހިމެނޭ ދާއިރާގެ ގިނަ މަޝްރޫތަކެއް ބަޖެޓުގައި ޖެހިއިރު އެމަސައްކަތަށް އެކަށީގެންވާ އަދަދު ބަޖެޓު ކުރެވިފައި ނެތުމުގެ ސަބަބުން ސަރުކާރަށް މަޖުބޫރުވީ އަހަރުގެ ފަހުކޮޅަށް ޕުރޮޖެކުޓުތައް މަޑުޖައްސާލުމަށެވެ. އެއީ ޖެހިގެން އަންނަ 2020 ވަނަ އަހަރުގެ ބަޖެޓުގާ އެޕުރޮޖެކުޓުތަކަށް އިތުރަށް ބޭނުންވާ ފައިސާ ހިމަނައިގެން ކުރިއަށް ގެންދިއުމަށެވެ. 2019 ވަނަ އަހަރުގެ ކުރީކޮޅު ޕުރޮޖެކުޓުތައް ފެށިނަމަ ވަކިހިސާބަކުން ފައިސާނެތިގެން ޕުރޮޖެކުޓުތައް ހުއްޓާލަން ޖެހޭނެއެވެ. މިދެންނެވި ސަބަބުތަކާއި ހެދި 2019 ވަނަ އަހަރު ކޮންސްޓުރަކުޝަން އިންޑަސްޓުރީއަށް ބޮޑު ހީނަރުކަމެއް އައެވެ.

އިގުތިސާދީ ނަޒަރަކުން ބާލާނަމަ 2020 ގެ ބަޖެޓުން ކުރެވޭ ކެޕިޓަލް ޙަރަދުތައް ކުރެވެން ޖެހޭނީ ކުރު އަދި މެދުރާސްތާގަ ބަޖެޓަށް އާމްދަނީ ހޯދޭނެ ކަންކަމަށެވެ. ސަބަބަކީ ކުރިއަށްއޮތް 3 އަހަރު ތެރޭގައި ބޭރުގެ ދަރަނި ދެއްކުމަށް 19 ބިލިއަން ރުފިޔާ ޙަރަދު ކުރަން ޖެހިފާވުމެވެ. ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރާ މިންވަރަށް ޓީޖީއެސްޓީ އިން ލިބޭ އާމްދަނީ އިތުރުވަމުން ނުދާކަން ފާހަގަކުރެވެއެވެ. ސަބަބެއްކަމުގައި ޓެކުސް ކޮންޕުޔަންސް އިޝޫސްތަކެއް ހުރުން އެކަށީގެންވެއެވެ.

ކައުންސިލް ތަކަށް ލިބޭނޭ ކަމަށް ލަފާކުރެވޭ އާމްދަނީއާއި ޙަރަދު ކުރާނެ ގޮތުގެ ތަފުސީލާއި އެއްކޮށް، ކޮންމެ ކައުންސިލެއްގެ ބަޖެޓު ވަކިން އެގޭނެހެން ރައްޔިތުންގެ މަޖިލީހުން ފާސްކުރުން މުހިންމު ކަމުގައި ދެކެމެވެ. (ނުނިމޭ)…ކިޔުންތެރިންގެ ޚިޔާލު