އަންނަ އަހަރަށް ފުވައްމުލަކަށް އެންމެ މުހިންމު 3 ކަމަކީ ކޮބާ؟

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ). މަޖުލިސް މަޖުލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ
Share on facebook
Share on twitter
Share on google

ކުރިޔަށް އޮތް 2021 ވަނަ އަހަރު ފުވައްމުލައް ސިޓީއަށް އެންމެ ބޭނުންވާ 3 ކަމަކީ ކޮބައިކަން މިއަދު އޮތް ރައްޔިތުންގެ މަޖުލީހުގގެ ޖަލްސާގައ،ި 2021 ވަނަ އަހަރުގެ ބަޖެޓަށް ވާހަކަ ދައްކަވަމުން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ހާމަކުރައްވައިފިއެވެ.

ފުވައްމުލަކަށް އެންމެ މުހިންމު 3 ކަމެއްގެ ގޮތުގައި ބޭނުންވަނީ ފުވައްމުލަކު ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ހައްލުވުމާއި މިހާރު ކުރިޔަށްދާ މަގުހެދުމުގެ މައްސައްކަތް އެދާގޮތަށް ގޮސް ނިމުމާއި، ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ރިވެޓްމެންޓް ޖެހުން ކަމަށް މިއަދުގެ މަޖުލިސް ޖަލްސާގައި އެމްޕީ ރަޝީދު ވިދާޅުވިއެވެ.

މި 3 ޕްރޮޖެކްޓް ނޫނީ ދެންހުރި ކަންކަމަކީ ބަޖެޓް ޑެފިސިޓް ކުޑަކުރުމުގެ ގޮތުން އަންނަ އަހަރު، 2021ވަނަ އަހަރު ނުކޮށް ވެސް މަޑުޖައްސާލެވިދާނެ ކަންކަން ކަމަށް ވިދާޅުވިއެވެ.

“ފުވައްމުލައް ސިޓީގެ މެމްބަރުން، އަޅުގަނޑުމެން މިތިބީ ބަޖެޓް ޑެފިސިޓް ކުޑަކުރުމައްޓަކައި ފުވައްމުލަކަށް މުހިންމު 3 ޕްރޮޖެކްޓެއް ފިޔަފވައި ދެން ހުރި ހުރިޙާ ޕްރޮޖެކްޓެއްް ޕީއެސްއައިޕީން އުނިކޮށްދޭ ގޮތަށޭ. އެކަމަކު އެހަމާގައި ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގައި ވެސް އެކަން ކުރާނަމަ އަޅުގަނޑުމެން ވެސް އެކަމަށް އެއްބަސްވާން” ކަމަށް އެމްޕީ ރަޝީދު މަޖުލިސް ފްލޯގައި ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުގެ ބަޖެޓްގައި ފުވައްމުލަކުގައި ކުރުމަށް 23 ޕްރޮޖެޓެއްގެ މަސައްކަތަށް ފައިސާ ހިމަނާފައި ވެއެވެ. އެއިގެތެރެއިން 11 ކަމަކީ މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮޖެޓްތަކެކެވެ. އަނެއް 14 ޕްރޮޖެކްޓަކީ އެކި ސްޓޭޖުގައި މިހާރުވެސް މަސައްކަތް ކުރެވެމުން އަންނަ ޕްރޮޖެޓްތަކެއް ކަމަށް ވެއެވެ.

މީގެ އިތުރުން 2 ޕްރޮޖެކްޓެއް ކަމަށްވާ، 1500 ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި އިމާރާތްކުރި 200 ފްލެޓްގެ މަސައްކަތާއި ފުވައްމުލަކު ބަނދަރުގެ އެތެރެ ތޮށީގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ނަމަވެސް އެދެ ޕްރޮޖެޓްގެ ރިޓެންޝަން ފައިސާގެ ބައި ބަޖެޓްގައި ހިމަނާފައި ވެއެވެ.

2021 ވަނަ އަހަރަށް އަންދާޒާކޮށްފައިވާ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި %12 ލިބޭނެކަމަށް ބަލާފައިވާ ކަމަށެވެ. އަދި މިއަހަހަރު (2020) ގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި 5.2 ބިލިޔަން ރުފިޔާގެ ތެރެއިން މިހާރު ލިބޭނެ ކަމަށް ބެލިފައި ވަނީ 2.1 ބިލިޔަން ރުފިޔާ ކަމަށެވެ.

2021 ބަޖެޓް މަޖުޅިހުން ފާސްވުމުގެ ކުރީގައި

ބަޖެޓް ކޮމެޓީގެ ވެސް މެމްބަރު އެމްޕީ ރަޝީދު ވިދާޅުވީ މަޖުލިސް ފްލޯގައި މެމްބަރުން ބަޖެޓް ޑެފިސިޓާއި މެދު ކަންބޮޑުވެގެން ވާހަކަ ދެއްކަެވި ކަމުގައި ވިޔަސް ބަޖެތް ކޮމެޓީގަިއ އެދެމުން ގޮސްފައި ވަނީ އެ މެމްބަރުންގެ ދާއިރާތަކަށް ޕްރޮޖެޓްއިތުރަށް ހިމެނުމަަށް ކަމަށެވެ. މަޖުލިސް ފްލޯގައި ދައްކާވާ ވާހަކައާއި މެމްބަރުން އަމަލުކުރައްވާ ގޮތާއި ދިމާވާ އެބަޖެހޭ ކަމަށް ވިދާޅުވިއެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments